Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ނޭޝަންސް ލީގު

އިޓަލީ ބަލިކުރެވުމުން ސްޕެއިން އަށް ލިބުނީ އިތުރު ހިތްވަރެއް: ފުއެންޓޭ

މިވަގުތު ސްޕެއިން ޓީމުގައި އޮތް ރޫހާ މެދު ހިތްހަމަ ޖެހޭކަން ފާހަގަކޮށް އޭނާ ބުނީ، ތަށި ނޫން އެހެން އެއްޗެއް ޓީމުގެ ވިސްނުމުގައި ނެތް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 ޖޫން 2023 | ހޮނިހިރު 02:23
ސްޕެއިންގެ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ

ސްޕެއިންގެ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ

ޔުއެފާ ނޭޝަންސް ލީގުގެ ދެ ވަނަ ސެމީ ފައިނަލްގައި އިޓަލީ ބަލިކޮށް، ފައިނަލަށް ދިޔުމަކީ ސްޕެއިން އަށް ލިބުނު އިތުރު ހިތްވަރެއް ކަމަށް އެ ޓީމުގެ ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ ބުނެފި އެވެ.

އިޓަލީ މެޗަށްފަހު ވާހަކަ ދައްކަމުން ފުއެންޓޭ ބުނީ، ސްޕެއިން އިން ކުޅުނީ މަތީ ފަންތީގެ މެޗެއް ކަމަށާއި، އެ މެޗުގައި ކުޅުންތެރިން ކުރި މަސައްކަތާއި، ލިބުނު ނަތީޖާއާމެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. އޭނާ ބުނީ ޤައުމީ ޓީމާ ހަވާލުވީ ދުވަހުން ފެށިގެން ވެސް މިއަދާ ހަމައަށް، އޭނާ ދެމުން އަންނަ އިރުޝާދަށް ކުޅުންތެރިން ވަރަށް ބޮޑަށް ސަމާލުކަން ދޭ ކަމަށެވެ. އޭނާ ބުނީ ފައިނަލް ކުޅެން ޖެހުމަކީ ލިބޭ އުފަލެއް ކަމަށާއި، އެހެން ނަމަވެސް އިދިކޮޅުގައި އޮތް ކްރޮއޭޝިއާ އަކީ ވަރަށް ވަރުގަދަ ޓީމެއްކަން ދަންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް މިވަގުތު ސްޕެއިން ޓީމުގައި އޮތް ރޫހާ މެދު ހިތްހަމަ ޖެހޭކަން ފާހަގަކޮށް އޭނާ ބުނީ، ތަށި ނޫން އެހެން އެއްޗެއް ޓީމުގެ ވިސްނުމުގައި ނެތް ކަމަށެވެ.

ސްޕެއިންއާ ފުއެންޓޭ ހަވާލުވެ ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމު ވަނީ ސްކޮޓްލެންޑު އަތުން ބަލިވެފަ އެވެ. އެކަމާ ގުޅިގެން އޭނާ ބުނީ، ކޮންމެ މީހަކަށް ވެސް، އަދި ކޯޗަކަށް ވެސް އެކަށީގެންވާ މިންވަރަށް ވަގުތު ލިބެންވާނެ ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ކުރަމުން އަންނަ މަސައްކަތުގައި ރަނގަޅު ނަތީޖާ ފެނި، ކުރިއަރައިގެން ދިޔުމަށް ވަގުތު ނަގާނެ އެވެ. އެކަން ފާހަގަކޮށް އޭނާ ބުނީ، އިޓަލީއާ ދެކޮޅަށް ކުޅުނީ ވެސް ހަމަ ކުރީގެ ޓީމު ކަމަށެވެ. ނަމަވެސް ތަފާތަކީ މިހާރު ޓީމުގެ ފެންވަރު އޭރަށްވުރެ ރަނގަޅުވެފައި، ތަޖުރިބާ އިތުރުވުން ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި އިތުރު ތަމްރީނުތަކާއި، މެޗުތައް ކުޅެމުންދާ ވަރަކަށް ޓީމަށް ބަދަލު އަންނާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ސްޕެއިންގެ ކޯޗަކަށް ފުއެންޓޭ ހަމަޖެއްސީ މިދިޔަ އަހަރު ޤަތަރުގައި ނިމުނު ފީފާ ވޯލްޑް ކަޕަށްފަހު، ކުރީގެ ކޯޗު ލުއިސް އެންރީކޭ ވަކި ކުރުމަށް ފަހު އެވެ. ފުއެންޓޭ އަކީ މީގެ ކުރިން ޒުވާން އުމުރު ފުރައިގެ ކޯޗިންގައި މަސައްކަތް ކޮށްފައިވާ މީހެކެވެ.

ސްޕެއިން އާއި ކްރޮއޭޝިއާ ވާދަކުރާ ފައިނަލް އޮންނާނީ އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 11:45 ގައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެއާއެކު އިތުރު ތިން ގައުމު

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެއާއެކު އިތުރު ތިން ގައުމު

04 މާރިޗު 2017
ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

23 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

06 ފެބުރުއަރީ 2017
ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

03 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު