Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕީއެސްޖީ

ނާގަލްސްމަނާ ޕީއެސްޖީގެ މަޝްވަރާތައް ހުއްޓި، ކުލަބުން އެހެން ގޮތެއް ހޯދަނީ

މަޝްވަރާތައް ހުއްޓާލަން ޖެހުނީ، ނާގަލްސްމަންގެ ފަރާތުން އައި ހުށެހެޅުންތަކަށް ޕީއެސްޖީ އަށް އެއްބަސް ނުވެވޭތީ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 ޖޫން 2023 | ހޮނިހިރު 02:17
ބަޔާން މިއުނިކްގެ ކޯޗަކަަށް ހުރި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން

ބަޔާން މިއުނިކްގެ ކޯޗަކަަށް ހުރި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން

ފްރާންސްގެ ގަދަބާރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ކޯޗަކަށް ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ހަމަޖެއްސުމަށް ކުރަމުން އައި މަޝްވަރާތައް ހުއްޓިއްޖެ އެވެ.

ޕީއެސްޖީން ވަނީ މި ސީޒަނަށް ފަހު އެ ޓީމުގެ ކޯޗުކަމުގައި ހުރި ކްރިސްޓޮފާ ގަލްޓިއޭ ވަކި ކުރުމަށް ނިންމައިފަ އެވެ. ސަބަބަކީ ޕީއެސްޖީން ބޭނުންވާ ޓާގެޓަށް ހާސިލްވެވިފައި ނުވާތީ އެވެ. ޚާއްސަކޮށް ވަރުގަދަ ސްކޮޑެއް އޮވެމެ، އެ ޓީމަށް ނިމުނު ސީޒަނުގައި ކާމިޔާބު ކުރެވުނީ އެންމެ ތައްޓެކެވެ. އެހެންކަމުން ގަލްޓިއޭ ވަކި ކުރުމަށް ފަހު، އެ މަގާމަށް ނާގަލްސްމަން ގެނައުމަށް ޕީއެސްޖީން މަޝްވަރާތައް ފެށި އެވެ. މަޝްވަރާތަކުގައި ވަކި ގޮތެއް ނުނިމެނީ ވެސް، މަޝްވަރާތައް ވަނީ ހުއްޓާލަން ޖެހިފައި ކަމަށް ފްރާންސްގެ މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. އެހެންކަމުން ޕީއެސްޖީގެ ކޯޗަކަށް ނާގަލްސްމަން ހަމަޖެއްސުމަށް ކުރަމުން އަންނަ މަސައްކަތް ކާމިޔާބެއް ނުވާނެ އެވެ. އެހެންވެ، މިހާރު ޕީއެސްޖީން ވަނީ އެހެން ގޮތްތަކެއް ބަލަން ފަށާފައި ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން މަޝްވަރާތައް ހުއްޓާލަން ޖެހުނީ، ނާގަލްސްމަންގެ ފަރާތުން އައި ހުށެހެޅުންތަކަށް ޕީއެސްޖީ އަށް އެއްބަސް ނުވެވޭތީ އެވެ. ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް ރިޕޯޓުކޮށްފައެއް ނެތެވެ.

ނާގަލްސްމަން އެންމެ ފަހުން ހުރީ ޖަރުމަނުގެ ބަޔާން މިއުނިކްގެ ކޯޗުކަމުގެ މަގާމުގަ އެވެ. ނަމަވެސް ސީޒަންގެ ވަކި ހިސާބަކުން ޖަރުމަނު ލީގުގައި ބަޔާނުން ނެރެމުން އައި ނަތީޖާގެ ސަބަބުން ނާގަލްސްމަން ވަނީ މަގާމުން ވަކިކޮށްފަ އެވެ. ބަޔާންގެ ކޯޗުކަމުން ވަކި ކުރި ފަހުން ނާގަލްސްމަން ހުރީ ރަސްމީ އެއްވެސް ވަޒީފާއެއްގައެއް ނޫނެވެ. ނަމަވެސް އޭގެ ފަހުން ގިނަ ކުލަބުތަކުން ވަނީ އޭނާ ހޯދުމަށް މަޝްވަރާކޮށްފަ އެވެ. އެކަމުގެ ތެރެއިން ޕީއެސްޖީ އަކީ ތިން ވަނަ ކުލަބެވެ. ޕީއެސްޖީގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީ އާއި ޓޮޓެންހަމުން ވަނީ އޭނާ ހޯދުމަށް މަޝްވަރާކޮށްފަ އެވެ. ނަމަވެސް އެފަހަރު ވެސް މަޝްވަރާތަކުން އަލި މަގެއް ނުފެނުނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޑިބާލާ ގެންދިޔުމަށް މަސައްކަތެއް ނުކުރަން: ޕީއެސްޖީގެ ޗެއާމަން

ޑިބާލާ ގެންދިޔުމަށް މަސައްކަތެއް ނުކުރަން: ޕީއެސްޖީގެ ޗެއާމަން

09 ޖެނުއަރީ 2018
ގާޑިއޯލާގެ ކޮންޓްރެކްޓް އައު ކުރުމުގެ މަޝްވަރާތައް ފަށަނީ

ގާޑިއޯލާގެ ކޮންޓްރެކްޓް އައު ކުރުމުގެ މަޝްވަރާތައް ފަށަނީ

18 ޑިސެމްބަރު 2017
ކިމިޗްގެ ކޮންޓްރެކްޓް އައު ކުރުމުގެ މަޝްވަރާތައް ފަށައިފި

ކިމިޗްގެ ކޮންޓްރެކްޓް އައު ކުރުމުގެ މަޝްވަރާތައް ފަށައިފި

23 ނޮވެމްބަރު 2017
ޔުނައިޓެޑް ދޫކޮށްލުމަށް ފަހު، މޮރީނިއޯ ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވަނީ!

ޔުނައިޓެޑް ދޫކޮށްލުމަށް ފަހު، މޮރީނިއޯ ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވަނީ!

10 ނޮވެމްބަރު 2017
ޕީއެސްޖީގެ ޗެއާމަންގެ މައްޗަށް ސްވިޓްޒަލެންޑްގައި ޖިނާއީ ތަހުގީގެއް ހިންގަނީ

ޕީއެސްޖީގެ ޗެއާމަންގެ މައްޗަށް ސްވިޓްޒަލެންޑްގައި ޖިނާއީ ތަހުގީގެއް ހިންގަނީ

13 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު