Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ މާލީ އެހީ

މެއި މަހުގެ ނިޔަލަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ މާލީ އެހީގެ ގޮތުގައި 111 މިލިއަން ރުފިޔާ ހޭދަކޮށްފައިވޭ

މިއަހަރުގެ މެއި މަހުގެ ނިޔަލަށް މި އެލަވަންސް ލިބޭ މީހުންގެ އަދަދަކީ 11،371

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 15 ޖޫން 2023 | ބުރާސްފަތި 14:22
ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އާސަންދައިގެ މެނޭޖިންގ ޑިރެކްޓަރު އައްޒާމް ވަޖީހު ވާހަކަފުޅުދައްކަވަނީ

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އާސަންދައިގެ މެނޭޖިންގ ޑިރެކްޓަރު އައްޒާމް ވަޖީހު ވާހަކަފުޅުދައްކަވަނީ

މެއި މަހުގެ ނިޔަލަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ މާލީ އެހީގެ ގޮތުގައި 111 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް އާސަންދައިން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މެއި މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ މާލީ އެހީއަށް ހިނގާ ޚަރަދުގެ ތަފްސީލްތައް ހިއްސާކުރައްވާފައިވަނީ އާސަންދައިގެ މެނޭޖިންގ ޑިރެކްޓަރު، އައްޒާމް ވަޖީހުއެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ މިއަހަރުގެ މެއި މަހުގެ ނިޔަލަށް މި އެލަވަންސް ލިބޭ މީހުންގެ އަދަދަކީ 11،371 ކަމަށެވެ. އެންމެ ފުރަތަމަ މި އެލަވަންސް ދޭން ފަށާފައިވަނީ 2011 ވަނަ އަހަރުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެ އަހަރު އެލަވަންސް ލިބޭ މީހުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ވަނީ 3،560 މީހުންކަމަށެވެ. އޭރު އެ މީހުންނަށް ދޭ މާލީ އެހީގެ ގޮތުގައި ހަރަދުކުރީ 79.3 މިލިއަން ރުފިޔާ ކަމަށްވެސް އައްޒާމް ވިދާޅުވިއެވެ. 2022 ވަނަ އަހަރާ ހަމައަށް އެ އަދަދުތައް ހުރިގޮތަށް ބަލާއިރު، 2022 ވަނަ އަހަރު ނިމުނުއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 10،701 މީހުން ރަޖިސްޓްރީ ކުރެވިފައި ވާކަމަށްވެސް އައްޒާމް ވިދާޅުވިއެެވެ. އަދި އެހީގެ ގޮތުގައި އެ އަހަރު 244.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޖެނުއަރީ 2023ން މެއި 2023ށް، ނުކުޅުދުންތެރިކަން ހުރި މީހުންގެ ގޮތުގައި އަލަށް 644 މީހުން ވަނީ ރަޖިސްޓްރީ ކުރެވިފައެވެ.

އަދި މިހާރު، ނުކުޅެދުންތެރިކަން ހުރި މީހުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ވަނީ 11،371 މީހުންނެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ގިންތިތަކުގެ ތަފްސީލްތައްވެސް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން އެންމެ ގިނައިން ނުކުޅެދުންތެރިކަން ހުންނަ މީހުން ގިންތިކުރެވިފައި ވަނީ (3،045 މީހުން ހިމެނޭހެން) ޖިސްމާނީ ނުކުޅެދުންތެރިކަމުގައެވެ. އަދި ވިސްނުމުގެ ނުކުޅެދުންތެރިކަން ހުރި 2،461 މީހުން، އޯޓިޒަމް ހުރި 628 މީހުން، އެއް ނުކުޅެދުންތެރިކަމަށްވުރެ ގިނަ ނުކުޅެދުންތެރިކަން ހުރި 1،986 މީހުން ރަޖިސްޓްރީކޮށްފައިވެއެވެ.

ނުކުޅެދުންތެރިކަން ރަޖިސްޓްރީކޮށްފައިވާ އިތުރު ގިންތިތަކުގެ ތަފްސީލަށް ބަލާއިރު، އަޑުއެހުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން ހުރި 1،517 މީހުން، އުނގެނުމުގެ ނުކުޅެދުންތެރިކަން ހުރި 63 މީހުން، ފެނުމުގެ ނުކުޅެދުންތެރިކަން ހުރި 876 މީހުން އަދި ނަފްސާނީ ނުކުޅެދުންތެރިކަން ހުރި 125 މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލެވަންސް 6،000 ރުފިޔާއާ ހަމައަށް ބޮޑުކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު