Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތެރަޕީގެ ހަރަދު

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތެރަޕީއަށް ސަރުކާރުން ދޭ ރުފިޔާ މަހުން މަހަށް ނުދީ ދަނީ ހިފަހައްޓަމުން: މެންބަރު ޒިޔާދު

އެ މަސައްކަތް ކުރަމުންދިޔައީ އާސަންދަ އަދި އެންސްޕާ މެދުވެރިކޮށް

އަމްނާ އިމާދު
އަމްނާ އިމާދު | 1 އޯގަސްޓު 2024 | ބުރާސްފަތި 06:58
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތެރަޕީއަށް ސަރުކާރުން ދޭ ފައިސާ މަހުން މަހަށް ނުދީ ހިފަހައްޓަމުންދާ ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު ޒިޔާދު ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތެރެޕީއަށް ފައިސާ ދޭން ކުރީ ސަރުކާރުން ނިންމާފައިވާ ކަމަށާއި، އެ މަސައްކަތް ކުރަމުންދިޔައީ އާސަންދަ އަދި އެންސްޕާ މެދުވެރިކޮށް ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަންނަވާ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެކުދިންގެ ތެރަޕީއަށް ދޭންޖެހޭ ފައިސާ ވެސް މަހުން މަހަށް ނުދޭ ކަމަށް މެންބަރު ޒިޔާދު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންނަކީ ފައިސާ ހޯދަން މަގުމައްޗަށް ނުކުންނާނެ ބައެއް ނޫންކަން ފާހަގަކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ ޖޫން، ޖުލައިގެ ތެރަޕީގެ ރުފިޔާ ދީފައިވަނީ ޖުލައި 31 ގައި ކަމަށެވެ. އެހެންކަމުން އެކުދިންގެ ތެރަޕީ ސެޝަންތައް ނުނެގި ލަސްވެފައިވާ ކަމަށާއި، ނަމަވެސް މިއީ އެކުދިންނާ ބެލެނިވެރިންނަށް ދެވޭ ވަރަށް ބޮޑު ދެރައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މެންބަރު ޒިޔާދު ވިދާޅުވީ ސަރުކާރު ހަރަދު ކުޑަ ކުރަން ބޭނުންވާނަމަ އެކަން ކުރެވޭނެ އެހެން ދިމަދިމާވެސް އެބަހުރި ކަމަށެވެ. ސިޔާސީ މަގާމުތައް އިންތިހާއަށް ގިނައިރު، އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ފައިދާއެއް ނެތް ކަމަށާއި، ގައުމު ހިންގާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެމަންޒަރު ނުފެންނަ ކަމަށް މެމްބަރު ޒިޔާދު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

21 މާރިޗު 2017

މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަން ގެނެސްދިނުމަށް މެޑަމް އަރިހުން އެދިއްޖެ

21 މާރިޗު 2017
މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަން ގެނެސްދިނުމަށް މެޑަމް އަރިހުން އެދިއްޖެ
21 މާރިޗު 2017

މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި

21 މާރިޗު 2017
މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި
02 މާރިޗު 2017

ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ

02 މާރިޗު 2017
ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ
28 ފެބުރުއަރީ 2017

ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

28 ފެބުރުއަރީ 2017
ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު