Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާޖެންޓީނާ ޤައުމީ ޓީމު

ވޯލްޑް ކަޕުން ނުފެންނާނެ ކަމަށް މެސީ ބުނުން، ސްކަލޯނީ ބުނަނީ އެއީ "ވިސްނުންތެރި" ނިންމުމެއް ކަމަށް

ސްކަލޯނީ ބުނީ ދެން އޮތް ވޯލްޑް ކަޕާ ދެމެދު ވެސް ވަަރަށް ދުވަސް އޮތް ކަމަށާއި މިހާ ކުރިން އެކަމާ ވިސްނަން ފެށުމަކީ ބުއްދި ޤަބޫލު ކުރާ ކަމެއް ނޫން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 ޖޫން 2023 | ބުރާސްފަތި 02:18
އާޖެންޓީނާގެ ކެޕްޓަން މެސީ އަދި ކޯޗު ސްކަލޯނީ

އާޖެންޓީނާގެ ކެޕްޓަން މެސީ އަދި ކޯޗު ސްކަލޯނީ

2026 ވަނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަޕްގަައި ނުފެންނާނެ ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނި ބުނުމަކީ، ވަރަށް ވިސްނުންތެރި ނިންމުމެއް ކަމަށް އެ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފި އެވެ.

މެސީ ވަނީ ކުރިއަށް އޮތް ވޯލްޑް ކަޕުން އޭނާ ފެނުމުގެ ފުރުސަތު ކުޑަ ކަމަށް ބުނެފަ އެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސްކަލޯނީ ބުނީ އެއީ ވިސްނުންތެރި ނިންމުމެއް ކަމަށެވެ. އޭނާ ބުނީ މެސީ އަކީ އެއްވެސް އިރެއްގައި ކަންކަން އޮޅުވާލައި، ދޮގު ހަދަން މަސައްކަތް ކުރާ ކުޅުންތެރިޔެއް ނޫން ކަމަށެވެ. އޭނާ ބުނީ އެކަމާ މެދު މެސީ ގޮތެއް ނިންމާނީ އޭނާ ހުރި ހާލަތުގެ މައްޗަށް ބެލުމަށް ފަހު ކަމަށެވެ. އެކަން ފާހަގަކޮށް ސްކަލޯނީ ބުނީ، ދެން އޮތް ވޯލްޑް ކަޕާ ދެމެދު ވެސް ވަަރަށް ދުވަސް އޮތް ކަމަށާއި، މިހާ ކުރިން އެކަމާ ވިސްނަން ފެށުމަކީ ބުއްދި ޤަބޫލު ކުރާ ކަމެއް ނޫން ކަމަށެވެ. އަދި އެއްވެސް ކުޅުންތެރިޔަކަށް ކުޅެވޭނީ އެކަމަށް އޭނާ އެންމެ ފުރިހަމަ އަށް ފިޓުވުމުން ކަމަށާއި، އެކަމާ މެދު ގޮތެއް ނިންމުމުގެ ފުރިހަމަ އިޚްތިޔާރު އޮންނާނީ މެސީގެ އަތް މަތީގައި ކަމަށެވެ.

ޔޫރަޕުގެ ފުޓުބޯޅަ ދޫކޮށް މެސީ އެމެރިކާ ލީގުގެ އިންޓަ މިއާމީ އަށް ބަދަލުވާން ނިންމި ނިންމުމާ ގުޅޭ ގޮތުން ސްކަލޯނީ ބުނީ، އެމެރިކާގައި މެސީ އަށް އެންމެ އެކަށީގެންވާ މާހައުލު ލިބޭނެ ކަމަށެވެ. ސްކަލޯނީ ދެކޭ ގޮތުގައި މެސީ އެމެރިކާ ލީގަށް ބަދަލުވުމަކީ ފުޓުބޯޅަ އިތުރަށް ވާދަވެރިވާނެ ކަމެކެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވެސް މެސީ އަންނާނީ އޭނާގެ އެންމެ މޮޅު ކުޅުމުގައި ކުޅެމުން ކަމަށް ސްކަލޯނީ ވަނީ ބުނެފަ އެވެ. ސްކަލޯނީ ދެކޭ ގޮތުގައި މިހާތަނަށް ވެސް މެސީ އަކީ އާޖެންޓީނާ ޤައުމީ ޓީމަށް އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ.

ޤައުމީ ޓީމާއެކު ބައިނަލްއަޤުވާމީ ބޮޑު މުބާރާތެއް މެސީ އަށް ކާމިޔާބު ކުރެވުނީ ވަރަށް ފަހުންނެވެ. އެންމެ ފަހުން ބޭއްވި ކޮޕަ އެމެރިކާ މުބާރާތް ކާމިޔާބު ކުރީ އާޖެންޓީނާ އިންނެވެ. އެއަށްފަހު އެ ޓީމުން ވަނީ މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް

ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް

26 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި

ވޯލްޑްކަޕް ކޮލިފައިން: އިޓަލީ އަދި ސްޕެއިން މޮޅުވެ މަގާމު ދަމަހައްޓައިފި

25 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

25 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު