Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑް

ރެއާލް މެޑްރިޑުން ބެލިންހަމް އާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

14 ޖޫން 2023 | ބުދަ 15:19

ބުރާސްފަތި ދުވަހު ރެއާލް މެޑްރިޑުގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ދައްކާލާނެ

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 14 ޖޫން 2023 | ބުދަ 15:19
ޖޫޑް ބެލިންހަމް

ޖޫޑް ބެލިންހަމް

ޑޯޓްމަންޑަށް ކުޅެމުން އަންނަ އިންގްލެންޑްގެ މިޑްފީލްޑަރު ޖޫޑް ބެލިންހަމް ގެނައުމުގެ މަސައްކަތް ރެއާލް މެޑްރިޑުން ނިންމާ، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އުމުރުން 19 އަހަރުގެ ބެލިންހަމް، ރެއާލް މެޑްރިޑާއެކު ހަ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، ބުރާސްފަތި ދުވަހު ރެއާލް މެޑްރިޑުގެ ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ދައްކާލާނެއެވެ.

މި މަހުގެ ކުރީކޮޅު ޑޯޓްމަންޑުން ވަނީ ސްޕެނިޝް ލީގުގެ ރެއާލް މެޑްރިޑުން ބެލިންހަމް ގެނައުމަށް 103 މިލިއަން ޔޫރޯގެ އެއްބަސްވުމެއް ހަދާފައިވާކަން ކަށަވަރުކޮށްދީފަ އެވެ. ފާއިތުވި ތިން އަހަރުގެ ހުރިހާ ކަމަކަށް ޑޯޓްމަންޑުގެ ހުރިހާ އިސްވެރިންނަށާ ސަޕޯޓަރުންނަށް ބެލިންހަމް ވަނީ ޝުކުރު އަދާކޮށްފައެވެ. އޭނާ ބުނީ ބޮޑެތި އަދި ކުދި ވަގުތުތަކުގައި މިހާ ގިނަ ފަހަރަށް ޖާޒީ ލާން ލިބުމަކީ ލިބުނު ޝަރަފެއް ކަމަށެވެ. އަދި އޭނާ އަލަށް ގުޅޭ ކުލަބާ ދޭތެރޭ ވިސްނި ނަމަވެސް، ޑޯޓްމަންޑު މަތިން ހަނދާން ނުނެތޭނެކަމަށް އޭނާ ބުންޏެވެ.

ކާލޯ އަންޗެލޮޓީގެ ޓީމުން ޔޫރަޕްގެ ފުޓްބޯޅައިގެ އެންމެ ބާރަށް ކުރިއަރަމުންދާ އެއް ކުޅުންތެރިޔާ ހޯދާފައިވަނީ މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް އިންވެސް އޭނާ ހޯދުމަށް މަސައްކަތްކުރި ދަނޑިވަޅެއްގައެވެ.

ޖަރުމަނުގައި ހޭދަކުރި ތިން އަހަރުގެ ތެރޭގައި ބެލިންހަމް ވެގެން ދިޔައީ ޖަރުމަނު ލީގުގެ އެންމެ މޮޅު އެއް ކުޅުންތެރިޔާއަށެވެ. މި ސީޒަނުގައި އޭނާ ވަނީ 31 މެޗު ކުޅެ، އަށް ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ ޓީމުގެ ކެޕްޓަންކަން ވެސް ކޮށްފައެވެ.

ބެލިންހަމް އަކީ ރެއާލް މެޑްރިޑުން 100 މިލިއަން ޔޫރޯ އަށް ނުވަތަ އެޔަށްވުރެ ބޮޑު އަގެއްގައި ގެނައި ތިން ވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން އެ ޓީމުން ވަނީ 2013 ވަނަ އަހަރު ގެރެތު ބޭލް އަދި 2019 ވަނަ އަހަރު އެޑެން ހަޒާޑް ބޮޑު އަގެއްގައި ގެނެސްފައެވެ.

ބެލިންހަމް އަކީ އިންގްލެންޑުގެ ގައުމީ ޓީމުގެވެސް މުހިންމު ކުޅުންތެރިއެކެވެ. އަނިޔާގެ ސަބަބުން ކުރިޔަށް އޮތް ޔޫރޯ ކޮލިފައިން ދެ މެޗުގައި ނުކުޅެވުނު ނަމަވެސް އޭނާ ވަނީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އިންގްލެންޑް ކުޅުނު ފަސް މެޗުގައިވެސް ކުޅެފައެވެ.

މެޑްރިޑުން ފަހަކަށް އައިސް ކުރިއަރަމުން އަންނަ ހުނަރުވެރި ކުޅުންތެރިން ގެނައުމުގެ ސިޔާސަތެއް ގެންގުޅެމުން އަންނައިރު، ވިނިޝިއަސް ޖޫނިއާ، ރޮޑްރިގޯ ގޯސް، ފެޑެރިކޯ ވަލްވާޑޭ އަދި ކަމަވިންގާ އަކީ ފުރަތަމަ ޓީމުގެ މުހިންމު ކުޅުންތެރިން ތަކެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް