Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޗްއާރްސީއެމް

ޕީޕީއެމް/ޕީއެންސީގެ މެމްބަރުންނާ ހެދި އެޗްއާރްސީއެމްގެ އޮފީސް ބަންދުނުކުރެވި، މުވައްޒަފުން ތާށިވެފައި

14 ޖޫން 2023 | ބުދަ 13:11

12:45 ގައި ވަޑައިގެންނެވި ގޮތަށް އެބޭފުޅުން އެޗްއާރްސީއެމްގެ އޮފީހުން ނުނިކުމެ އެތަނުގައި އެބަތިބި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 14 ޖޫން 2023 | ބުދަ 13:11
އިދިކޮޅު ކޯލިޝަންގެ މެމްބަރުން އެޗްއާރްސީއެމްގެ އޮފީސް ތެރޭގައި

އިދިކޮޅު ކޯލިޝަންގެ މެމްބަރުން އެޗްއާރްސީއެމްގެ އޮފީސް ތެރޭގައި

އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕިއެންސީގެ މެމްބަރުން ހިއުމަން ރައިޓްސް ކޮމިޝަންގެ އޮފީހަށް ގަދަކަމުން ވަދެ ތިބުމުން، އެތަނުގެ މުވައްޒަފުން އޮފީހުގައި ތާށިވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެޗްއާރްސީއެމްގެ ރައީސް މަރްޔަމް މުނާ ވިދާޅުވީ އިދިކޮޅު ކޯލިޝަން މެމްބަރުން ބައްދަލުކުރަން އެދިވަޑައިގަތުމުން، ބުދަ ދުވަހުގެ 11:15ށް ބައްދަލުވުން ހަމަޖައްސަވައިދެއްވި ކަމަށެވެ. ނަމަވެސް 12:30 ވިއިރުވެސް އެބޭފުޅުން ބައްދަލުވުމަށް ވަޑައިނުގަންނަވާ ކަމަށާއި ކުއްލިއަކަށް 12:45ށް ބައްދަލުވުން ފަސްކުރަން އެދިވަޑައިގެންނެވި ކަމަށެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް ފުލުފުލުގައި އެކި ބައްދަލުވުންތަކާއި އިވެންޓްތައް ހުރުމުން ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 ޖަހާއިރަށް ވަޑައިގަތުމަށް އެބޭފުޅުންނަށް ގަޑި ދެއްވި ކަމަށާއި 12:45 ގައި ވަޑައިގެންނެވި ގޮތަށް އެބޭފުޅުން އެޗްއާރްސީއެމްގެ އޮފީހުން ނުނިކުމެ އެތަނުގައި ތިބި ކަމަށް މުނާ ވިދާޅުވިއެވެ.

އޮފީސް ތިނެއް ޖަހާއިރު ބަންދުކުރާ ކަމަށާއި ނަމަވެސް އެބޭފުޅުން އެތަނުގައި ތިއްބެވުމުން، މުވައްޒަފުން އޮފީސް ތަޅުނުލެވި ތަނުގައި ތާށިވެފައި ތިބެން ޖެހުމުން އޮފީސް އޮތީ ބިރުވެރިކަމެއްގެ ތެރޭގައިކަން މުނާ ފާހަގަކުރެއްވިއެވެ. އެ ކޮމިޝަނަކީ އެކި ޤާނޫނުތަކުގެ ދަށުން ތަހުޤީޤު ކުރާ އިދާރާއަކަށްވާއިރު އެބޭފުޅުން އަޑުގަދަކުރުމުން މަސައްކަތަށް ބުރޫ އެރި ކަމަށާއި އެގޮތުން ތަހުޤީޤު ބަޔާންތަކުގެ މަސައްކަތް ވެސް ކުރިއަށް ނުގެންދެވުނު ކަމަށް މުނާ ވިދާޅުވިއެވެ.

މުނާ ވިދާޅުވީ ތަން ބަންދުނުކުރެވިގެން ފުލުހުންގެ އެހީތެރިކަމަށް އެދުނު ކަމަށާއި މިހާރު ފުލުހުން ތަނުގައި ތިބި ކަމަށެވެ. އިދިކޮޅު ކޯލިޝަންގެ ބޭފުޅުން އެގޮތަށް އަޑުގަދަކޮށް ތަނުގައި ގަދަކަމުން ތިއްބެވުމުން މުވައްޒަފުން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި އެއީ ވަރަށް ދެރަކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

މުނާ އިތުރަށް ވިދާޅުވީ ޕީޕީއެމުން ބައްދަލުކުރަން އެދެފިނަމަ ޚާއްސަ އިސްކަމެއް ދީގެން އެބޭފުޅުންނާ ބައްދަލުކުރައްވާ ކަމަށާއި މިހާތަނަށް ވެސް އެބޭފުޅުންނަށް އެއްބާރުލުން ދީފައިވާނެ ކަމަށެވެ. ކޮމިޝަނާއި ގުޅިގެން ހަޤީޤަތް ނެތް ވާހަކަތައް ދައްކަމުންދާ ކަމަށާއި މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް މުނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

27 މާރިޗު 2017

ވަކިވަކި މެމްބަރުންނާ ސުވާލު ކޮށްގެން ވޯޓް ނެގުމަށް ޕީޕީއެމް ޕީޖީ ލީޑަރު ހުށަހަޅުއްވައިފި

27 މާރިޗު 2017
ވަކިވަކި މެމްބަރުންނާ ސުވާލު ކޮށްގެން ވޯޓް ނެގުމަށް ޕީޕީއެމް ޕީޖީ ލީޑަރު ހުށަހަޅުއްވައިފި
20 މާރިޗު 2017

ޕީޕީއެމް-އެމްޑީއޭގެ މަޖިލިސް މެމްބަރުންނާ ރައީސް ޔާމީން ބައްދަލުކުރައްވައިފި

20 މާރިޗު 2017
ޕީޕީއެމް-އެމްޑީއޭގެ މަޖިލިސް މެމްބަރުންނާ ރައީސް ޔާމީން ބައްދަލުކުރައްވައިފި
16 މާރިޗު 2017

އެޗްވަންއެންވަން ރޯގާއާ ގުޅިގެން އެޗްއާރްސީއެމްގެ މުވައްޒަފުންނަށް ލުއިތަކެއް ހަމަޖައްސައިދީފި

16 މާރިޗު 2017
އެޗްވަންއެންވަން ރޯގާއާ ގުޅިގެން އެޗްއާރްސީއެމްގެ މުވައްޒަފުންނަށް ލުއިތަކެއް ހަމަޖައްސައިދީފި
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް