Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ފެތުންތެރިޔާ އަލްޔަސާ

މޫދާއި ކަނޑަށް ބިރުގަންނަ އަލްޔަސާ، ޤައުމީ ޓީމާއެކު ފަތާ ފެންގަނޑަކަށް!

ޅަ ޢުމުރެއްގައި އޭނާ އެންމެ ފުރަތަމަ ފަށަން ފެށި އިރު، ޕްރޮފެޝަނަލް ފެންވަރުގެ ފެތުންތެރިއަކަށް ވެދާނެ ކަމަކަށް ޢުއްމީދެއް ނުކުރޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 14 ޖޫން 2023 | ބުދަ 12:34
އަލްޔަސާ ޙާރިކް؛ ލުބްނާންގެ ޚާއްޞަ އެތުލީޓް

އަލްޔަސާ ޙާރިކް؛ ލުބްނާންގެ ޚާއްޞަ އެތުލީޓް

ފެތުމަށް އިންތިހާ ހިތު ލޯބި ޖެހިފައިވާ، ލުބްނާންގެ ޒުވާން އެތުލީޓު، އަލްޔަސާ ޙަރީކު ވަރުބަލި ކަމެއް ނެތި ފަރިތަ ކުރަމުން އެ ދަނީ، ޖަރުމަނުވިލާތުގެ ވެރިރަށް، ބަރލިންގައި އޮންނަ 2023 ސްޕެޝަލް އޮލިމްޕިކްސް ވަރލްޑް ސަމަރ ގޭމްސްއަށެވެ.

ޢުމުރުން 29 އަހަރުގެ މި ޒުވާން ފެތުންތެރިޔާއަކީ ޑެންޑި-ވޯކަރ ސިންޑްރޯމްގެ ތަކުލީފުތައް އުފުލަމުންދާ ޒުވާނެކެވެ. ޑެންޑި-ވޯކަރ ސިންޑްރޯމްއަކީ މައިމީހާގެ ބަނޑުގައި ދަރިފުޅު ހެދި ބޮޑުވަމުން އަންނައިރު، ސިކުނޑީގެ ސެރެބިލަމްއޭ ކިޔާ ބައި، އެންމެ ފުރިހަމައަށް އުފެދިފައި ނެތުމުގެ ސަބަބުން މެދުވެރިވާ ހާލަތެކެވެ. ސެރެބިލިއަމްއަކީ، ސިކުނޑިން، ބޮލުގެ ފަހަތަށް ވާ ގޮތަށް އޮންނަ ބައެވެ. ނުވަތަ ސްޕައިނަލް ކޯޑާއި ސިކުނޑި ގުޅާލަދޭ ބައެވެ.

އަލްޔަސާ ބުނި ގޮތުގައި ޅަ ޢުމުރެއްގައި އޭނާ އެންމެ ފުރަތަމަ ފަތަން ފެށި އިރު، ޕްރޮފެޝަނަލް ފެންވަރުގެ ފެތުންތެރިއަކަށް ވެދާނެ ކަމަކަށް ޢުއްމީދެއް ނުކުރެއެވެ. އަދި ސްޕެޝަލް އޮލިމްޕިކްސްގައި ލުބްނާން ތަމްސީލު ކުރާނެ ކަމަކަށް، އޭނާގެ ޚިޔާލަށްވެސް އައިސްފައެއް ނުވެއެވެ. ފޮޓޯގްރަފީގެ ރޮނގުން ކިޔަވައިގެން ހުރި އަލްޔަސާ ބުނާ ގޮތުގައި، ފެތުމުގެ ތެރެއަށް އޭނާއަށް ވަދެވުނީ "އިއްތިފާޤަކުން"ނެވެ.

ފެތުމުގެ ރޮނގުން އަލްޔަސާއަށް އެންމެ ފުރަތަމަ ރަން މެޑަލްއެއް ލިބުނީ 2013 ވަނަ އަހަރުއެވެ. އެއީ ޚާއްޞަ އެހީއަށް ބޭނުން ވާ މީހުންނަށް އަމާޒު ކޮށްގެން ލުބްނާންގައި ކުރިއަށް ގެންދިޔަ މުބާރާތަކުންނެވެ. 2014 ވަނަ އަހަރު މިޞްރުގައި ކުރިއަށް ގެންދިޔަ ސްޕެޝަލް އޮލިމްޕިކްސް މިނާ ގޭމްސްގައިވެސް އަލްޔަސާ ވާދަކޮށް، ރަން މެޑަލް ހޯދިއެވެ.

އެމެރިކާގެ ލޮސް އެންޖަލީސްގައި ކުރިއަށް ގެންދިޔަ 2015 ސްޕެޝަލް އޮލިމްޕިކްސް ވަރލްޑް ސަމަރ ގޭމްސްގެ 5 ވަނަ އެތުލީޓުގެ މަޤާމުގައި އަލްޔަސާ ރޭންކު ކުރެވިގެން ދިޔައިރު، 2018 ވަނަ އަހަރު އަބޫދާބީގައި އޮތް ސްޕެޝަލް އޮލިމްޕިކްސް މިނާ ގޭމްސްގައި އަލްޔަސާ ހޯދީ 1 ވަނަ ރޭންކިންގްއެވެ. އަލްޔަސާގެ މެޑަލް ހަރުގަނޑަށް އެންމެ ފަހުން ރަން މެޑަލްއެއް އިތުރުވީ 2019 ވަނަ އަހަރު، ހަމަ އަބޫދާބީގައި ކުރިއަށް ދިޔަ ސްޕެޝަލް އޮލިމްޕިކްސް ވަރލްޑް ސަމަރ ގޭމްސްއިންނެވެ. ލެވުނު ހާ ބާރެއް ހަށިގަނޑަށް ލަމުން، އަލްޔަސާ މިހާރު ތަމްރީނު ވަމުން އެ ދަނީ ކުރިއަށް އޮތް ސްޕެޝަލް އޮލިމްޕިކްސްއަށެވެ.

ޢުމުރުން އެންމެ 1 އަހަރުގަ، އަލްޔަސާ ގޮވައިގެން އޭނާގެ މަންމަ، ސުވިމިންގް ޕޫލަށް ގޮސް ހޭދަ ކުރި މަޖާ ވަޤުތުތަކުގެ ހަނދާން، އޭނާ އަދިވެސް ހުރެއެވެ. އަލްޔަސާގެ މެނޭޖަރެއްގެ މަޤާމުގައި މިއަދުވެސް ހުރީ ހަމަ އެ މަންމައެވެ. މޫދާ ކަނޑު ދެކެ އިންތިހާއަށް ބިރު ގަންނަ އަލްޔަސާ ބުނާ ގޮތުގައި، ޕޫލަކަށް ފުންމާލާ ހިސާބުން އެ ބިރު ހަނދާން ނެތިގެންދެއެވެ.

އާންމު ތަންތަނަށް ނުކުމެ އުޅޭ އިރު، އޭނާއަކީ ކާކުކަން މީހުންނަށް އެނގުމުން އަލްޔަސާ އިންތިހާއަށް އުފާވެއެވެ. އޭނާގެ ޢުއްމީދަކީ، މުޅި ދުނިޔެއަށްވެސް މަޝްހޫރު މީހަކަށް ވުމެވެ. ޚާއްޞަ އެހީއަށް ބޭނުން ވާ މީހުންނަށް ފަތަން ދަސްކޮށްދިނުމުގެ މަސައްކަތް ކުރުމަކީވެސް އަލްޔަސާ ކުރަމުން ދާ ފޮނި ޢުއްމީދެކެވެ.

އަލްޔަސާގެ ޢާއިލާއަކީ މިއަދު އޭނާއަށް އޮތް އެންމެ ބޮޑު ހިތްވަރެވެ. މައިންބަފައިންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމުގެ އިތުރުން، އޭނައަށް ދައްތަ ކިޔާ، އެއްމާބަނޑު ދެ ކޮއްކޮ، ރީތާއާއި މާރިއާގެ ފަރާތުންވެސް އަލްޔަސާއަށް އެހީތެރިކަން ލިބެއެވެ. އެ ކޮއްކޮމެންވެސް ދައްތައާ މެދު ފަޚްރުވެރިއެވެ. 

ޑޭންޑީ-ވޯކަރ ސިންޑްރޯމްގެ ސަބަބުން، އެންމެ ތުއްތު ކުދިންނަށްވެސް ހެލިފެލިވެ އުޅުމާއި ހަރަކާތްތައް ކޮންޓްރޯލްކޮށް ހެދުމަށް ދަތިތަކާ ކުރިމަތިވެއެވެ. ބޮޑުވަމުން އަންނައިރުވެސް ސިކުނޑީގެ ނާށިގަނޑަށް ޕްރެޝަރު ބޮޑުވުމާއި، ހޮޑުލެވުމުގެ އިތުރުން، ލޮލުގެ އާދަޔާ ޚިލާފު ހަރަކާތް ކުރުންތަކުގެ ސަބަބުން އިތުރު ތަކުލީފުތަކާ ކުރިމަތިލާން ޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އަމާޒަކީ ކޮޅަށް ތެދުވުން": ޤައުމީ ޚިދުމަތުގައި 2 ފައި ބުރިވިއެއް ކަމަކު ޢަޒުމު ފިސާރި ވަރުގަދަ!

"އަމާޒަކީ ކޮޅަށް ތެދުވުން": ޤައުމީ ޚިދުމަތުގައި 2 ފައި ބުރިވިއެއް ކަމަކު ޢަޒުމު ފިސާރި ވަރުގަދަ!

25 ޑިސެމްބަރު 2023
ގުނަވަންތައް ބުރިބުރިވިޔަސް ޤައުމީ ޚިދުމަތުގައި!

ގުނަވަންތައް ބުރިބުރިވިޔަސް ޤައުމީ ޚިދުމަތުގައި!

30 އޮކްޓޯބަރު 2023
ޖަރުމަނު ޤައުމީ ރާޒުވާ ޓީމުގެ އެންމެ ހަގު ކުޅުންތެރިޔަކީ ސޫރިޔާއަށް އުފަން، 11 އަހަރުގެ ރެފިއުޖީއެއް!

ޖަރުމަނު ޤައުމީ ރާޒުވާ ޓީމުގެ އެންމެ ހަގު ކުޅުންތެރިޔަކީ ސޫރިޔާއަށް އުފަން، 11 އަހަރުގެ ރެފިއުޖީއެއް!

07 އެޕްރީލު 2023
ބޯބޮޑު ވެލާތައް މެޑިޓަރޭނިއަން ކަނޑަށް ދަނީ ކީއްވެކަން އެނގޭތަ؟

ބޯބޮޑު ވެލާތައް މެޑިޓަރޭނިއަން ކަނޑަށް ދަނީ ކީއްވެކަން އެނގޭތަ؟

06 އެޕްރީލު 2023
ވޯލްޑްކަޕްގައި ޤައުމީ ޓީމުން ދެއްކި ގަދަ ކުޅުމާއެކު މޮރޮކޯގެ ޒަމާންވީ އޮޑިވެރިންނަށް އުފާ ފާގަތިކަން

ވޯލްޑްކަޕްގައި ޤައުމީ ޓީމުން ދެއްކި ގަދަ ކުޅުމާއެކު މޮރޮކޯގެ ޒަމާންވީ އޮޑިވެރިންނަށް އުފާ ފާގަތިކަން

27 ޑިސެމްބަރު 2022

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު