Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް ހަލަބޮލިކުރުން

މަޖިލީސް ހަލަބޮލިކޮށް ޖަލްސާ ހުއްޓުވީ، އެކަމަށް މަޖިލީހުގެ ރިޔާސަތުން ފުރުސަތު ދިނުމުން - އެމްޑީޕީ ޕީޖީ

14 ޖޫން 2023 | ބުދަ 11:21

މަޖިލިސް ކުރިއަށް ގެންދެވޭނެ މަގު މަޖިލީހުގެ އިދާރާއިންނާއި މެމްބަރުން ފަހިކޮށްދިނުމށް ޕީޖީ ގްރޫޕުން ވަނީ އިލްތިމާސްކޮށްފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 14 ޖޫން 2023 | ބުދަ 11:21
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ބުދަ ދުވަހު އިދިކޮޅު މެމްބަރުން މަޖިލީސް ހަލަބޮލިކޮށް ޖަލްސާ ހުއްޓުވީ، އެކަމަށް މަޖިލީހުގެ ރިޔާސަތުން ފުރުސަތު ދިނުމުން ކަމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުން ބުނެފިއެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ)ގައި ވާގޮތުން ރައްޔިތުންގެ މަޖިލީހުގެ އިތުރު އެއްވެސް ކަމަކާއި މެދު ގޮތް ނިންމޭނީ ނުވަތަ ބަހުސް ކުރެވޭނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އަށް ގޮތެއް ނިންމުމަށް ފަހުގައި ކަމަށް ޤަބޫލުކުރާ ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދުގެ 106 ވަނަ މާއްދާގެ (ހ) އާއި 149 ވަނަ މާއްދާ އަށް ރިއާޔަތްކުރާ އިރު މަޖިލީހުގެ ދާއިމީ ކޮމިޓީތަކަކީ ދެމިއޮންނަ ކޮމިޓީތައް ކަމަށް އެ ބަޔާނުގައިވެއެވެ.

Advertisement - newsAdvertisement

މަޖިލީހުން އެހެން ގޮތަކަށް ފާސްނުކުރާހާ ހިނދަކު މަޖިލީހުގެ ގަވާއިދު ބުނާގޮތުގެ މަތިން ކޮމިޓީތަކުގެ ތިބި މެމްބަރުން އެ ކޮމިޓީގައި ދެމި ތިބޭނެކަމަށް ގަވާއިދުގައި ބުނާކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. ކަންމިހެން އޮތް ނަމަވެސް، މިއަދު އޮތް 2023 ވަނަ އަހަރުގެ 2 ވަނަ ދައުރުގެ 12 ވަނަ ޖަލްސާ ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ފުރިހަމަ އެއްބާރުލުން ދިނީ މިއަދުގެ ޖަލްސާގެ އެޖެންޑާގައި ކޮމިތީތައް އެކުލަވާލުމުގެ މައްސަލަ އާއި އިތުރު މުހިންމު މަސައްކަތްތައް އެޖެންޑާކޮށްފައި އޮތުމުންނެވެ.

މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ތާވަލްކުރެވިފައި ވަނިކޮށް މަޖިލީސް ކުރިއަށް ގެންދިއުން ހުއްޓުވާފއިވާ ކަމީ އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް ވެސް ވަނީ ބުނެފައެވެ. ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލުމުގެ މަސއްކަތް ކުރުމަކީ މަޖިލީސް ކުރިއަށް ގެންދަން ކުރަން ޖެހޭ މުހިބންމު މަސައްކަތްތަކެއް ކަމަށާއި އެ މަސައްކަތް އެޖެންޑާކުރީ ހުރިހާ ސިޔާސީ ޕާޓީތަކާއި މަޝްވަރާކުރުމަށް ފަހުގައި ކަމަށް އެ ބަޔާނުގައިވެއެވެ. ނަމަވެސް އެ މައްސަލައިގެ ބަހުސް އަށް ފުރުސަތު ނުދީ ބުދަ ދުވަހުގެ ޖަލްސާ ފެށުމާއި އެކު މަޖިލީސް ހަލަބޮލިކުރަން ފުރުސަތު ދިނީ ރިޔާސަތުން ކަމަށް އެ ބަޔާނުގައިވެއެވެ. އަދި ޤަވާއިދާއި އެއްގޮތަށް އަމަލުކުރަން ރިޔާސަތުން ފަސް ޖެހި، ޖަލްސާ ނިންމާލިކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން މަޖިލީހުގައި މުހިންމު މަސައްކަތް ހުއްޓާ، މަޖިލީހުގެ ނިޒާމް ނަގާލާ މަޖިލިސް ހުއްޓުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން ހުއްޓިފައިވާ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ މަގު މަޖިލީހުގެ އިދާރާއިންނާއި މެމްބަރުން ފަހިކޮށްދިނުމށް ޕީޖީ ގްރޫޕުން ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
06 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި

06 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި
05 ފެބުރުއަރީ 2017

ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

05 ފެބުރުއަރީ 2017
ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް