Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓީޗަރުން ތަމްރީން ކުރުން

އިންޑިއާގެ އެހީގައި ކުރިއަށްގެންދިޔަ ޓީޗަރުންގެ ކެޕޭސިޓީ ބިލްޑިންގ ޓްރެއިނިންގ ނިންމާލައިފި

14 ޖޫން 2023 | ބުދަ 06:24

3 ސްކޫލަކުން 21 ޓީޗަރުން މި ޕްރޮގްރާމުގައި ބައިވެރިވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 14 ޖޫން 2023 | ބުދަ 06:24
ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރި ޓީޗަރުންތަކެއް

ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރި ޓީޗަރުންތަކެއް

އިންޑިއަން ގްރާންޓް އެސިސްޓެންސް ސްކީމް ޕްރޮޖެކްޓުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަން (ޑީއޯއައިއީ) އިން ޓީޗަރުންގެ ކެޕޭސިޓީ ބިލްޑިންގ ޓްރެއިނިންގ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އިންޑިއާގެ ބެންގަލޫރުގައި 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި ހއ.އަތޮޅު ތައުލީމީ މަރުކަޒާއި ލ. އިހައްދޫ ސްކޫލާއި ގދ. ތިނަދޫ އަބޫބަކުރު ސްކޫލްގެ 21 ޓީޗަރުން ވަނީ ބައިވެރިވެފައެވެ. މިއީ އުނގެނުމުގައި ދަތިތައް ހުންނަ ދަރިވަރުންނަށް ކިޔަވާދިނުން ހަރުދަނާކޮށް، އެފަދަ ސްޓްރެޓެޖީތަކަށް މުދައްރިސުން އަހުލުވެރިކުރުވުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

މި ތަމްރީނުތަކުގައި ޑީއޯއައިއީގެ ޑިރެކްޓަރ ޖެނެރަލް އާއި އެސިސްޓެންޓް ޑިރެކްޓަރުގެ އިތުރުން ސީނިއާ އިންކްލޫސިވް އެނަލިސްޓުން ވެސް ބައިވެރިވެލެއްވިއެވެ.

ޑިއޯއައިއީ އިން ބުނި ގޮތުގައި މި ޕްރޮގްރާމުގައި ބައިވެރިން ވަނީ ތަފާތު އެކި މައުޟޫއުތައް ހިމެނޭ ގޮތަށް ތަފާތު ސެޝަންތަކުގައި ބައިވެރިވެފައެވެ. އެގޮތުން އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ ހުންނަ ދަރިވަރުންނަށް އިންކްލޫސިވް އެޕްރޯޗްތަކެއް ގެނައުމުގެ މަގު ފަހިކޮށްދޭނެ ގޮތްތަކާއި، ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭ އަދި ޝާމިލުކުރަނިވި އުނގެނުމުގެ މާހައުލެއް ފަހިކޮށްދިނުމަށް މުދައްރިސުންގެ ވިސްނުން ބައްޓަންކުރަންވީ ގޮތްތައް މި ޕްރޮގްރާމުގެ ތެރެއިން ވަނީ ކިޔައިދީފައެވެ. އަދި މި ތަމްރީނުތަކުގައި އުނގެނުމުގައި އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވާދޭން އިންކްލޫސިވް ޓީޗިންގ ސްޓްރެޓެޖީތަކާއި، އިންޓަރވެންޝަން ޓެކްނިކްތަކާއި "ޔުނިވަރސަލް ޑިޒައިން ފޮ ލަރނިންގ"ގެ އުސޫލުތަކުގެ މައްޗަށް ބިނާކޮށް އިންކްލޫސިވް ލެސަން ޕްލޭންތައް އެކުލަވާލުމަށްވަނީ ތަމްރީނުކޮށްފައެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންގެ ބިހޭވިއަރަލް މޮޑިފިކޭޝަން ސްޓްރެޓެޖީތައް ވެސް މި ތަމްރީނުތަކުގައި ބަލާފައިވާއިރު މުދައްރިސުންނަށް ހައްލު ހޯދުމުގެ ހަރުދަނާ ވަސީލަތްތަކާއި ޓެކްނޮލޮޖީތައް ފޯރުކޮށްދީ، ހުރިހާ ދަރިވަރުންނަށްވެސް އުނގެނުމަށް ފަހި މާހައުލެއް ޤާއިމުކޮށްދޭނެ ގޮތްތަކަށްވަނީ އަލިއަޅުވާލާފައެވެ. އަދި ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އެކްސެސިބިލިޓީ ކުރިއެރުވުމާއި ތައުލީމީ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވުމަށް ބާރުއެޅުމުގެ ގޮތުން ވެސް މި ޕްރޮގްރާމްގައި ވަނީ ސެޝަންތައް ކުރިއަށްގެންގޮސްފައެވެ.

މި ތަމްރީން ޕްރޮގްރާމުގެ ބައިވެރިން ވަނީ އިންޑިއާގެ ކެމްޕަސްތަކަށް ޒިޔާރަތްކޮށް، ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުން މެއިންސްޓްރީމް ސެޓިންގައި އޮބްޒާވްކޮށްފައެވެ.

ޑީއޯއައިއީ އިން ބުނީ މި ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމުމަކީ ރާއްޖޭގައި އިންކްލޫސިވް އެޑިއުކޭޝަނަށް ކުރާ ދަތުރުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި ތަމްރީނުތައް ހަރުދަނާ ގޮތެއްގައި ތަންފީޒުކުރެވި، ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ދިރިއުޅުމަށް ހެޔޮ އަސަރުކޮށް، ރާއްޖޭގައި މިހާރަށްވުރެ އެއްބައިވަންތަ މުޖުތަމައެއް ބިނާކުރެވިގެންދާނެ ކަމަށް ވެސް އެ ޑިޕާޓްމަންޓުން ބުންޏެވެ.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް

05 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް
01 އެޕްރީލު 2017

އިންޑިއާގެ ޔަތީމު ޚާނާއަށް ލީ ދިވެހި ކުދިންގެ މައްސަލަ ޑޮކިއުމެންޓްރީއަށް ފަހު ސަމާލު ކަމަށް

01 އެޕްރީލު 2017
އިންޑިއާގެ ޔަތީމު ޚާނާއަށް ލީ ދިވެހި ކުދިންގެ މައްސަލަ ޑޮކިއުމެންޓްރީއަށް ފަހު ސަމާލު ކަމަށް
17 މާރިޗު 2017

ފެނަކައިގެ ބިޒަނަސް ޕްލޭން ހަދަން 8.7 މިލިއަން ރުފިޔާ އަށް އިންޑިއާގެ ކުންފުންޏަކަށް

17 މާރިޗު 2017
ފެނަކައިގެ ބިޒަނަސް ޕްލޭން ހަދަން 8.7 މިލިއަން ރުފިޔާ އަށް އިންޑިއާގެ ކުންފުންޏަކަށް
27 ފެބުރުއަރީ 2017

ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި

27 ފެބުރުއަރީ 2017
ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި
26 ފެބުރުއަރީ 2017

ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ

26 ފެބުރުއަރީ 2017
ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ
23 ފެބުރުއަރީ 2017

ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

23 ފެބުރުއަރީ 2017
ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި
21 ފެބުރުއަރީ 2017

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

21 ފެބުރުއަރީ 2017
އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް