Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަފްސާނީ ފުރަތަމަ އެހީ

މިހާރު ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދެވެނީ 27 އިންސައްތަ ސްކޫލުން: މިނިސްޓަރު

13 ޖޫން 2023 | އަންގާރަ 13:54

އިޖްތިމާއީ ހާލަތްތަކުގައި މުއާމަލާތުކުރުމާއި ގުޅުންތައް ގާއިމްކުރުމުގައި ދަރިވަރުންނަށް ދަތިތަކާ ކުރިމަތިވޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 13 ޖޫން 2023 | އަންގާރަ 13:54
އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ

މިހާރު ރާއްޖޭގައު ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދެވެނީ އެންމެ 27 އިންސައްތަ ސްކޫލުން ކަމަށް, އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމުގެ ހެލްޕްލައިން އިފްތިތާހުކުރުމަށް އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިސްނަގައިގެން، ޑަބްލިއުއެޗްއޯ އަދި ޔުނިސެފްގެ އެހީގައި ގާއިމްކުރާ މި ހެލްޕްލައިނަކީ ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށްޓަކައި ގާއިމްކުރެވޭ ހެލްޕްލައިނެއްކަން ފާހަގަކުރައްވައި، މިއީ މިފަދަ ފުރަތަމަ ހެލްޕްލައިންކަން ވެސް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވިގޮތުގައި، ކޮވިޑް-19ގެ ތެރޭގައި ސްކޫލްތައް ބަންދުވެ ދަރިވަރުން ގޭގައި ތިބެން ޖެހުމާއި، އޮންލައިންކޮށް ކިޔެވުމުގެ ކަންތައް ތަރުތީބުކުރަން ޖެހުމުގެ ސަބަބުން ނަފްސާނީގޮތުން ދަރިވަރުންނަށް އޭގެ އަސަރު ކުރިއެވެ. އެދުވަސްވަރުވެސް މުދައްރިސުން ނަފްސާނީ ފުރަތަމަ އެހީ ދިނުމަށް ތައްޔާރުކޮށް ދަރިވަރުންނަށް ބޭނުންވާ ނަފްސާނީ އެހީ ފޯރުކޮށްދެވޭތޯ ގިނަ މަސައްކަތްތަކެއް ކުރެވުނުނަމަވެސް، އިޖްތިމާއީ ހާލަތްތަކުގައި މުއާމަލާތުކުރުމާއި ގުޅުންތައް ގާއިމްކުރުމުގައި ދަރިވަރުންނަށް ދަތިތަކާ ކުރިމަތިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ތަފާސްހިސާބުން ދައްކާގޮތުގައި ބައެއް ދަރިވަރުންނަށް ކުރި ނަފްސާނީ އަސަރު ދާއިމީ ބައްޔަކަށް ބަދަލުވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ މިކަންކަމުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މުހިއްމުކަން ހާމަވެގެންދާކަމަށެވެ.

މި ހެލްޕްލައިނުގެ ސަބަބުން، ދަރިވަރުންނަށް ދިމާވާ ކަންބޮޑުވުންތަކާ ގުޅިގެން ދިމާވެދާނެ ނަފްސާނީ ހާސްކަމަކުން އަރައިގަތުމަށް ކައުންސެލަރުން މެދުވެރިކޮށް އެހީ ފޯރުކޮށްދިނުމާއި، ދަރިވަރުންނަށް އަރލީ އިންޓަވެންޝަންދިނުމާއި، ސްކޫލް ކައުންސެލިންގ ހިދުމަތް އިތުރަށް ހަރުދަނާކުރުން ހިމެނޭކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ދަރިވަރުންނަށް ބޭނުންވާ ނަފްސާނީ އެހީ، އެކަމަށް ބޭނުންވާ ވަގުތު ދަރިވަރުންނަށް ލިބިގެން ދިއުމަކީ މި ހެލްޕްލައިން ތައާރަފުކުރުމުގެ މަގުސަދެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށް ދިނުމަށް ގާއިމްކުރި މި ހެލްޕްލައިން 1484ގެ ހިދުމަތް، ހުކުރު ދުވަސްފިޔަވައި ކޮންމެ ދުވަހަކު މެންދުރުފަހު 3:00ން ރޭގަނޑު 9:00ށް ލިބޭނެއެވެ. މި ހެލްޕްލައިންގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ މި ހިނގާ ޖޫންމަހުގެ 18ވަނަ ދުވަހުން ފެށިގެންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އެހީދޭ ހަ މީހަކު މަރާލުމާ ގުޅިގެން އަފްޣާންގައި ރެޑް ކްރޮސެންޓްގެ މަސައްކަތް ހުއްޓާލައިފި

09 ފެބުރުއަރީ 2017
އެހީދޭ ހަ މީހަކު މަރާލުމާ ގުޅިގެން އަފްޣާންގައި ރެޑް ކްރޮސެންޓްގެ މަސައްކަތް ހުއްޓާލައިފި
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
21 ޖެނުއަރީ 2017

ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި

21 ޖެނުއަރީ 2017
ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް