Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފަތުރުވެރިކަން

އަހަރު ދެބައިވެއްޖެ، ފަތުރުވެރިކަމުގެ ނަންބަރުތައް ރަނގަޅު!

އަހަރުގެ މިހާތަނަށް 8 ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 13 ޖޫން 2023 | އަންގާރަ 12:54
ފަތުރުވެރިން

ފަތުރުވެރިން

ދިވެހިންގެ ދިރިއުޅުމާ އެންމެ ބޮޑަށް ގުޅިފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތްކަމީ މިއަދު ސާފުކޮށް ފެންނާން އޮތް ކަމެކެވެ. ދިވެހިންގެ ދިރިއުޅުން ބިނާވެފައިވަނީ ރާއްޖޭގެ ރީތިކަމާއި ހިތްގައިމުކަމުގެ މައްޗަށް ކަމަށްވާއިރު، މި ސިނާއަތް އަރިއަޅާލައިގެން ދާކަމަށް އަހަރުމެން އެއްވެސް މީހަކު ނޭދޭނެއެވެ. މިއަދުގެ ހާލަތަށް ބަލާލާއިރު ފަތުރުވެރިކަމުގެ ސިނާއަތަކީ އެންމެ ގިނަ އަދަދެއްގެ ދިވެހި ޒުވާނުން ވަޒީފާ އަދާކުރަމުންދާ ސިނާއަތްވެސް މެއެވެ. އެހެންކަމުން މި ސިނާއަތުގެ މުހިންމުކަން އިންތިހާއަށް ބޮޑުވެއެވެ.

ކޮވިޑް-19ގެ ހާލަތުގައި ފަތުރުވެރިކަން ކޮންމެވެސްވަރެއްގެ އަޑިގުޑަންގަނޑަކަށް ވެއްޓުނުނަމަވެސް މިއަދު ހާލަތު ދަނީ ބަދަލުވަމުންނެވެ. 3 އަހަރު ފަހުން މިއަދު ފަތުރުވެރިން އަންނަ މިންވަރު ވަނީ އިތުރުވެފައެވެ. އިންޑަސްޓްރީ ޕާޓްނަރުންގެ މިންނެތް މަސައްކަތާއެކު މިއަދު ފަތުރުވެރިން އަންނަ މިންވަރު ކޮވިޑް-19ގެ ކުރީގެ އަދަދުތަކާ ދަނީ އެއްހަމަަކުރަމުންނެވެ. ދާދި އަވަހަށް މިކަންވެސް ވެދާނެއެވެ.

މި ހުރިހާ ކަމަކުންވެސް ފެންނަނީ އިންޑަސްޓްރީ ޕާޓްނަރުންގެ މަސައްކަތުގެ ނަތީޖާއެވެ. އަޑިގުޑަންގަނޑަކާ ދިމާވުމުން އުންމީދުކަނޑާނުލައި ކުރިއެރުމަށް ކުރި މަސައްކަތުގެ ނަތީޖާއެވެ. ކޮންމެ ހާލަތެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންނަށް މަރުހަބާ ކިޔާނެ ތަނެއްކަން ދައްކައިދިނެވެ. އެންމެ އުނދަގޫ ދަނޑިވަޅުގައިވެސް ރިސްކެއް ނަގައި ބޯޑަރު ހުޅުވާލިއެވެ. އަދި މާލީގޮތުން ދަތި ދަނޑިވަޅެއްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިމަގު ބައްޓަންކުރާ މާސްޓަރޕްލޭން އެކުލަވާލުމުގެ މަސައްކަތް ފެށިއެވެ.

ކުރިންވެސް ފާހަގަކުރިގޮތަށް ނަތީޖާ ވަރަށް ފޮންޏެވެ. ހަމައެކަނި މިއަހަރުގެ އަދަދުތަކަށް ބަލާލިއަސް އަހަރު ދެބައިވީއިރު އުންމީދުކުރިވަރުގެ ނަތީޖާއެއް ދަނީ ފެންނަމުންނެވެ. އަހަރުގެ މިހާތަނަށް އައިއިރު ފަތުރުވެރިންގެ އަދަދާ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި ފަތުރުވެރިންގެ އަދަދާ އަޅައިބަލާއިރު ލައްކައެއްގެ ތަފާތު އުޅެއެވެ. ހަމަގައިމުވެސް ކުރީގައި އޮތީ 2023އެވެ. މިއަހަރު ޖުމްލަ 854،409 ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މިދިޔަ އަހަރުގެ އަދަދުތަކާ އަޅައިކިޔާނަމަ މިއީ 14.4 އިންސައްތައިގެ ކުރިއެރުމެކެވެ.

ދެން އޮތީ ފަތުރުވެރިން ރާއްޖޭގެ ރޭކުރާ މިންވަރެވެ. އަހަރު ފެށުނުއިރު އެވަރޭޖުކޮށް 8 ރޭ ވަންދެން މަޑުކުރިއެވެ. އެހެންނަމަވެސް މިހާރު އެވްރެޖްކޮށް ފަތުރުވެރިން މަޑުކުރަނީ 7 ރެއެވެ. މިއީ ކޮންމެވެސް ވަރެއްގެ ދަށްވުމެއް ނަމަވެސް ކުރިއަށް އޮތީ ހޫނު މޫސުން ކަމަށްވުމާއެކު އިންޑަސްޓްރީ ޕާޓްނަރުންގެ އުންމީދު ބޮޑެވެ.

ފަތުރުވެރިކަމުގެ 5 ވަނަ މާސްޓަރޕްލޭންވެސް ލޯންޗުކޮށްފައިވާއިރު، މި މާސްޓަރޕްލޭންގައި ޚާއްސަކަމެއް ދީފައިވަނީ ފަތުރުވެރިން ރާއްޖޭގައި ރޭކުރާ އަދަދު އިތުރުކުރުމަށެވެ. މިކަން ހާސިލްކުރުމަށް ފަތުރުވެރިކަމުގެ އިތުރު ޕްރޮޑަކްޓުތައް ތައާރަފުކޮށް ރާއްޖެއަކީ ފަތުރުވެރިން އައިސް ގިނަ ދުވަހު މަޑުކުރަން ބޭނުންވާފަދަ ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ހިމަނާފައިވެއެވެ. މި ޕްލޭނަކީ ފަތުރުވެރިކަމުން ލިބޭ އާމްދަނީވެސް އިިތުރުކުރުމަށް ގިނަ ކަންކަމެއް ހިމަނާފައިވާ ޕްލޭނަކަށް ވާއިރު މި ޕްލޭނާ އެއްގޮތަށް މަސައްކަތްކުރެވިއްޖެނަމަ ފަތުރުވެރިކަމުގެ ކުރިމަގު ވަރަށްވެސް އުޖާލާވާނެކަމާމެދު ޝައްކެއް ނެތެވެ.

އިތުރަށް ކިޔާލަން

25 ޖޫން 2017

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!
06 ޖޫން 2017

ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

06 ޖޫން 2017
ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!
20 މެއި 2017

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟
30 މާރިޗު 2017

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017
ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟
19 ފެބުރުއަރީ 2017

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު