Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫތު މިނިސްޓްރީ

ކުރެންދޫ އާއި އައްޑޫ ސިޓީ ހުޅުދޫގައި ކުޅިވަރު ވަސީލަތް ޤާއިމުކުރުމަށް ހަވާލުކޮށްފި

ދެ އެއްބަސްވުމަކީ ފުޓުބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ޤާއިމުކުރުމަށް ސޮއި ކުރި އެއްބަސްވުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޖޫން 2023 | އަންގާރަ 09:30
ޔޫތު މިނިސްޓްރީގައި އޮތް ސޮއިކުރުމުގެ ތެރެއިން

ޔޫތު މިނިސްޓްރީގައި އޮތް ސޮއިކުރުމުގެ ތެރެއިން

ފާދިއްޕޮޅު ކުރެންދޫ އާއި އައްޑޫ ސިޓީ ހުޅުދޫގައި ކުޅިވަރު ވަސީލަތްތައް ޤާއިމު ކުރުމަށް ކޮންޓްރެކްޓަރުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އަންގާރަ ދުވަހު ޔޫތު މިނިސްޓްރީގައި ސޮއި ކުރި މި ދެ އެއްބަސްވުމަކީ ފުޓުބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ޤާއިމުކުރުމަށް ސޮއި ކުރި އެއްބަސްވުންތަކެކެވެ. ދެ އެއްބަސްވުމުގައި ވެސް ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައި ވަނީ ޑެޕިއުޓީ މިނިސްޓަރު އަޙުމަދު ފުއާދު އެވެ. ކުރެންދޫ ދަނޑުގައި ލައިޓް ހަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ކިލޯމީޓަރ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް ކުންފުންޏާ އެވެ. މި މަސައްކަތުގެ މުއްދަތަކީ 49 ދުވަހެވެ. މިއީ 2,634,653.90 (ދެމިލިއަން ހަލައްކަ ތިރީސް ހަތަރުހާސް ހަސަތޭކަ ފަންސާސް ތިންރުފިިޔާ ނުވަދިހަ ލާރި) ގެ މަސައްކަތެކެވެ. އެއްބަސްވުމުގައި ކުންފުނީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޢަބްދުﷲ އެވެ.

އައްޑޫ ސިޓީ ހިތަދޫ ފުޓުބޯޅަ ދަނޑުގައި ލައިޓް ހަރުކުރުމުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ އޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކުންފުންޏާ އެވެ. 45 ދުވަހުން ނިންމަން ހަވާލު ކުރި އެ މަސައްކަތުގެ ޖުމުލަ އަގަކީ 2،499،423.78 (ދެމިލިއަން ހަތަރުލައްކަ ނުވަދިހަ ނުވަހާސް ހަތަރުސަތޭކަ ތޭވީސް ރުފިޔާ ހަތްދިހަ އަށްލާރި) އެވެ. މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ މެނޭޖިން ޑިރެކްޓަރު ޖާދުﷲ ޖަމީލް އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ފުޓުބޯޅަ ދަނޑުތައް ޤާއިމު ކުރުމަށް ސަރުކާރުން އަންނަނީ ޚާއްސަ ސަމާލުކަމެއް ދެމުންނެވެ. ދަނޑުތައް ޤާއިމު ކުރުމަށް ފަހު، އެ ތަންތަނުގައި ލައިޓް ހަރުކުރުމާއި، ރޮސްޓްރޮމް ޤާއިމު ކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
18 ޖެނުއަރީ 2017

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017
އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު