Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލީހުގެ މަސައްކަތްތައް

މުހިންމު މަސައްކަތްތައް ނުނިންމާ މަޖިލީސް ޗުއްޓީ އަށް ދިއުމުގެ ވިސްނުމެއް ނެތް - ނިޔާޒް

13 ޖޫން 2023 | އަންގާރަ 03:56

ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި އެއްބާރުން އަނެއް ބާރު ހިނގުމާއި މެދު ގޮތް ނިންމުމަކީ އެމްޑީޕީން އެންމެ ބޭނުންވާ ގޮތް ނޫން ކަމަށް ނިޔާޒް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 13 ޖޫން 2023 | އަންގާރަ 03:56
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް

މުހިންމު މަސައްކަތްތައް ނުނިންމާ މަޖިލީސް ޗުއްޓީ އަށް ދިއުމުގެ ވިސްނުމެއް އެމްޑީޕީގެ މެންބަރުންގެ ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ނިޔާޒް އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަރުސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ ކޮމިޓީތައް ހުއްޓިފައި ހުރުމުގެ ސަބަބުން ވަރަށް ގިނަ މަސައްކަތްތައް މަޑުޖެހިފައިވާ ކަމަށެވެ. އެގޮތުން މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައި އެކަނި ވެސް މުހިންމު އެތައް މަސައްކަތްތަކެއް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ކޮމިޝަންތަކާއި ގުޅުން ހުރި މުހިންމު މަސައްކަތްތަކާއި އިދާރާތަކާއި ގުޅުން ހުރި ކަންކަން ހުރުމުން، މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކީ އެ އިދާރާތަކާއި ކޮމިޝަންތަކުގެ މަސައްކަތަށް ވެސް ހުރަސް އެޅޭނެ ކަމެއް ކަމަށް ނިޔާޒް ވިދާޅުވިއެވެ. މީގެއިތުރުން އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު ޢައްޔަނުކުރުމަށް މިނިވަން މުޢައްސަސާތަކާބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލަ ވެސް އޭނާ ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ޚާއްސަ ގޮތެއްގައި އިންތިޚާބާއި ގުޅުން ހުރި ކަންކަން ހުއްޓިފައި ހުންނަން ފުރުސަތު ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މަސައްކަތްތެރިންގެ ރައްކާތެރިކަމުގެ ބިލަކީ ވެސް ކުރިއަށް ނުގޮސް އޮތް މުހިންމު ބިލެއް ކަމަށާއި ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ އިސްލާހު ވެސް ކުރިއަށް ނުގޮސް އޮތީ މަޖިލީހުގެ މަސައްކަތްތައް ކުރާނެ ޖާގަ ނުދިނުމުން ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ މަޖިލީހުގެ މަސައްކަތް ނުކުރެވި އިދާރާތަކުގެ މަސައްކަތް ހުއްޓުމަކަށް އަންނަން ފުރުސަތު ނުދެއްވާނެ ކަމަށެވެ. މީގެ އިތުރުން ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ފާސްކުރުމަށް އެޖެންޑާނުކޮށް ވަނީ އެމްޑީޕީން ދޫ ނުދީގެން ކަމަށް ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަން ހޯމަ ދުވަހު މަޖިލީހުގެ އަމީން އާއްމާއި މަޖިލީހުގެ ކައުންސެލް ޖެނެރަލް އާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަތަކުން އެނގިފައިވާ ކަމަށެވެ. ނިޔާޒް ވިދާޅުވީ އެމްޑީޕީ ފިޔަވައި ދެން ހުރި ޕާޓީތަކާއި މިނިވަން މެންބަރުންނާމެދު އެއްބަސްނުވެވޭ ކަންކަން އެބަހުރި ކަމަށެވެ. އަދި ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތާއި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގެންގޮސް ދިގުދަންމާލަނީ ޑިމޮކްރެޓްސް ޕާޓީ އުފެދެން ދެން ކަމަށް ނިޔާޒް ތުހުމަތުކުރެއްވިއެވެ. ސަބަބަކީ އެމްޑީޕީން ވަކިވި 12 މެންބަރުންނާއި ވަކިކޮށްފައިވާ މެންބަރުން މިވަގުތު ތިއްބެވީ މިނިވަން މެންބަރުންގެ ގޮތުގައި ކަމަށް ވުމާއި ޕާޓީއެއްގެ ތެރެއިން އެ މެންބަރުން ވަކާލާތުކުރެއްވުމަކީ މަޖިލީހުގައި އިތުރު ވަގުތާއި ފުރުސަތުތަކަށް ވުން ކަމަށް މެންބަރު ނިޔާޒް ވިދާޅުވެފައެވެ.

ނިޔާޒް އިތުރަށް ވިދާޅުވީ މަޖިލީސް ކުރިއަށް ނުގޮސް ހުއްޓިފައި އޮތް ކަމަށް ދެއްކުމަށް މަސައްކަތް ކުރަނީ އިދިކޮޅު ފަރާތްތަކުން ކަމަށާއި އެއީ އެމްޑީޕީން ޤަބޫލުކުރާ ގޮތެއް ނޫން ކަމަށެވެ. އަދި އެމްޑީޕީން ގަބޫލުކުރާ ގޮތުގައި ގާނޫނީ ގޮތުން ހައްލު ލިބިފައި ނެތް މައްސަލައެއް މިހާރު ދިމާވެފައި ނެތް ކަމަށެވެ. އެހެންނަމަވެސް މާނަކުރުމުގައި ތަފާތުތަކެއް ހުރި ކަމަށް ވާނަމަ އެކަމަށް ހައްލު ހޯދުމަކީ އެމްޑީޕީން ކުރާނެ ކަމެއް ކަމަށް ނިޔާޒް ވިދާޅުވިއެވެ.

މަޝްވަރާކޮށްގެން ހައްލެއް ނުލިބިއްޖެ ނަމަ އިސްތިޝާރީ ލަފަޔަކަށް ސުޕްރީމް ކޯޓުގައި އެދުމަކީ ކުރައްވާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި އެއްބާރުން އަނެއް ބާރު ހިނގުމާމެދު ގޮތް ނިންމުމަކީ އެމްޑީޕީން އެންމެ ބޭނުންވާ ގޮތް ނޫން ކަމަށް ވެސް ނިޔާޒް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

16 މާރިޗު 2017

ސިވިލް ސަރވިސްގައި މަސައްކަތްކުރާ މާބަނޑު މީހުންނަށް މުއްދަތެއް ނެތް ގޮތަށް ޗުއްޓީ ދީފި

16 މާރިޗު 2017
ސިވިލް ސަރވިސްގައި މަސައްކަތްކުރާ މާބަނޑު މީހުންނަށް މުއްދަތެއް ނެތް ގޮތަށް ޗުއްޓީ ދީފި
14 މާރިޗު 2017

އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ

14 މާރިޗު 2017
އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ
09 މާރިޗު 2017

މަޖިލީސް ވާވެފައިވާ ތަނަކަށް ހެދީ މަސީހު، އޭނާ ބޭރުކުރާނަން: ގަފޫރު

09 މާރިޗު 2017
މަޖިލީސް ވާވެފައިވާ ތަނަކަށް ހެދީ މަސީހު، އޭނާ ބޭރުކުރާނަން: ގަފޫރު
02 މާރިޗު 2017

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

02 މާރިޗު 2017
ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!
24 ފެބުރުއަރީ 2017

ދިވެހި ކަނބަލުންގެ މަސައްކަތްތައް ފުޅާ ދައިރާއެއްގައި ހިންގުމަށް ވިޔަފާރީގެ ރަގަޅު މާހައުލެއް ގާއިމްކުރަންޖެހޭ:ރައީސް

24 ފެބުރުއަރީ 2017
ދިވެހި ކަނބަލުންގެ މަސައްކަތްތައް ފުޅާ ދައިރާއެއްގައި ހިންގުމަށް ވިޔަފާރީގެ ރަގަޅު މާހައުލެއް ގާއިމްކުރަންޖެހޭ:ރައީސް
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
28 ޖެނުއަރީ 2017

ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު

28 ޖެނުއަރީ 2017
ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް