Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިއާ ކަނޑުގެ ސަލާމަތް

އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އަލަށް ފެތުރެމުން އަންނަ ސަލާމަތީ މައްސަލަތަކަށް ހައްލު ހޯދުމަށް މަޝްވަރާ ކުރެވިފައިވޭ: ރައީސް

12 ޖޫން 2023 | ހޯމަ 09:53

ދެ ޤައުމުން ކުރެވުނު މަޝްވަރާތަކާމެދު ހިތްހަމަޖެހިވަޑައިގަންނަވާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 ޖޫން 2023 | ހޯމަ 09:53
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު

އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އަލަށް ފެތުރެމުން އަންނަ ސަލާމަތީ މައްސަލަތަކަށް ހައްލު ހޯދުމަށް މަޝްވަރާ ކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެއާއި ރިޕަބްލިކް އޮފް ސޭޝެލްސްއާ ދެމެދު އެއްބަސްވުންތައް ވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދި ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓްގައި، ވަނީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަކީ، ދިވެހިރާއްޖެއާއި ސޭޝެލްސްގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅި ލާމެހިފައިވާ ކަމެއްކަމަށް ފާހަގަ ކުރައްވާފައެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، ދެ ޤައުމަށްވެސް ކުރިމަތިވާ ނުރައްކާތަކުން ރައްކާތެރިވުމަށާއި، ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި މިހާރަށްވުރެ ބޮޑަށް ދިވެހިރާއްޖެއާއި ސޭޝެލްސްފަދަ ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއްކަމާމެދު އެއްވެސް ޝައްކެއްނެތްކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އަލަށް ފެތުރެމުން އަންނަ ސަލާމަތީ މައްސަލަތައް ކަމަށްވާ ކަނޑުފޭރުމާއި، މަސްތުވާތަކެތީގެ ވަގުފާރިއާއި، ނިރުބަވެރިކަމާއި، ޤާނޫނާ ޚިލާފަށް، ގަވާއިދުތަކުގެ ބޭރުން ޑޮކިއުމަންޓް ނުކުރެވޭ ގޮތަށް، މި ސަރަޙައްދުގައި ކުރެވޭ މަސްވެރިކަންފަދަ ސަލާމަތީ މައްސަލަތަކަށް ޙައްލު ހޯދުމަށް ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށް މަޝްވަރާކޮށްފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި ސޮއިކުރި "ޕްރޮޓޮކޯލް އޮން ކޯޕަރޭޝަން ޓު ކޮމްބެޓް ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމް އެންޑް އަދަރ މެރިޓައިމް ސެކިއުރިޓީ އެންޑް ސޭފްޓީ ތްރެޓްސް" އަކީ، ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަސައްކަތް ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

އޭގެ އިތުރުން، ދެ ޤައުމުން ކުރެވުނު މަޝްވަރާތަކާމެދު ހިތްހަމަޖެހިވަޑައިގަންނަވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ކުރިއަށް އޮތް ތާނގައި ދެ ޤައުމުގެ އޮފިޝަލުން މަޝްވަރާތައް ކުރިއަށް ގެންގޮސް، ރާއްޖެއާއި ސޭޝެލްސްއާ ދެމެދު މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހިވެ، ބައިނަލްއަޤްވާމީ މައިދާނުގައިވެސް ގުޅިގެން ކުރާ މަސައްކަތްތައް އިތުރުކުރެވޭނެކަމާމެދު އެމަނިކުފާނަށް ޔަޤީންކަން އެބައޮތް ކަމަށެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

އީރާނުން ނަތަންޔާހޫ "ނަރަކައަށް" ފޮނުވާލާނެ: އީރާނުގެ ސަލާމަތީ އިސްވެރިޔާ

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ

26 ފެބުރުއަރީ 2017
ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ
23 ފެބުރުއަރީ 2017

ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

23 ފެބުރުއަރީ 2017
ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި
21 ފެބުރުއަރީ 2017

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

21 ފެބުރުއަރީ 2017
އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
21 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި
20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
20 ފެބުރުއަރީ 2017

ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު

20 ފެބުރުއަރީ 2017
ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް