Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެއާއި ސޭޝެލްސްގެ އެއްބަސްވުންތައް

ވިސާއާ ނުލައި ދަތުރުކުރެވޭ ގޮތަށް ރާއްޖެއާއި ސޭޝެލްސްގެ މެދުގައި މުހިންމު އެއްބަސްވުންތަކެއް ބަދަލުކޮށްފި

12 ޖޫން 2023 | ހޯމަ 08:55

މި ވެވުނު އެއްބަސްވުންތަކުގެ ސަބަބުން އިތުރަށް ގުޅުން ބަދަހިވެގެންދާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 12 ޖޫން 2023 | ހޯމަ 08:55
އެއްބަސްވުންތަކުގައި ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން

އެއްބަސްވުންތަކުގައި ސޮއިކުރެއްވި ރަސްމިއްޔާތުގެ ތެރެއިން

ދިވެހިރާއްޖެއާއި ރިޕަބްލިކް އޮފް ސޭޝެލްސްއާ ދެމެދު ގުޅުން ބަދަހިވަމުންދާކަން ހާމަވެގެންދާ ހަތަރު އެއްބަސްވުމެއް ދެގައުމުގެ މެދުގައި ބަދަލުކުރައްވައިފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއެކުރެއްވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި، ސޭޝެލްސްގެ ރައީސް، ވޭވަލް ރާމްކަލާވަން ބައިވެރިވެވަޑައިގެންނެވިއެވެ. ހޯމަ ދުވަހު ރައީސް އޮފީހުގައި ވަނީ ދެ ރައީސުންގެ މުހިންމު މަޝްވަރާ ބައްދަލުވުމެއް ވެސް ކުރިއަށް ގެންގެންގޮސްފައެވެ.

Advertisement - newsAdvertisement

ދެ ރައީސުންގެ މި ބައްދަލުކުރެއްވުމުގައި ދެގައުމުގެ ސަރަހައްދީ އަދި ބައިނަލްއަގްވާމީ ގޮތުން ދޭން ޖެހޭ އެއްބާރުލުންތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައިވެއެވެ. އަދި ދެގައުމުގެ މަސްލަހަތު އޮންނަ ދާއިރާތަކުގައި ދެގައުމުގެ އެއްބާރުލުން ހަރުދަނާ ކުރުމާއި އެއްބާރުލުން ދިނުމުގެ ފުރުސަތުތައް ދެނެގަތުމާއި ގުޅޭގޮތުން ވެސް ވާހަކަފުޅު ދެއްކެވިއެވެ.

މި މަޝްވަރާ ބައްދަލުކުރެއްވުމަށްފަހު މުހިންމު 4 އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައެވެ. އެއީ އެގްރީމެންޓް ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް ސޭޝެލްސް އޮން ޝޯޓް ސްޓޭ ވިސާ ވެއިވަރ އެވެ. މިއެއްބަސްވުމުގެ ދަށުން، ދެގައުމުގެ ރައްޔިތުންނަށް ވިސާއާ ނުލައި، 30 ދުވަހުގެ މުއްދަތަށް ދަތުރުކުރެވޭނެ ގޮތް ހަމަޖެހި ދަތުރުފަތުރުކުރުމަށް ފަސޭހަތައް ލިބިގެންދާނެއެވެ. އަދި މިއެއްބަސްވުމާއެކު ދެ ގައުމުގެ އިޖްތިމާއީ އިގްތިސާދީ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެއެވެ.

ދެވަނަ އަށް ސޮއިކުރެއްވީ އެގްރީމެންޓް ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް ސީޝެލްސް ކޮންސަރނިންގ އެއަރ ސަރވިސަސް އެވެ. މި އެއްބަސްވުމުގެ ދަށުން ދެގައުމުގެ މެދުގައި ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުކުރުމަށް މަގުފަހިވެ، އިގްތިސާދަށް ކުރިއެރުން ލިބި، ރައްކާތެރި ހަރުދަނާގޮތެއްގައި ވައިގެ ދަތުރުފަތުރުތައް ކުރިއަށް ގެންދެވޭނެއެވެ.

ތިން ވަނައަށް ސޮއިކުރީ ޕްރޮޓޮކޯލް ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް ސޭޝެލްސް އޮންދަ ކޯޕަރޭޝަން ޓު ކޮމްބެޓް ޓްރާންސިޝަނަލް އޯގަނައިޒްޑް ކްރައިމް އެންޑް އަދަރ މެރިޓައިމް ސެކިއުރިޓީ އެންޑް ސޭފްޓީ ތްރެޓްސް އެއްބަސްވުމުގައެވެ. މި ޕްރޮޓޮކޯލްގެ މަގުސަދަކީ، ކަނޑުފޭރުން ފަދަ ކަނޑު ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާތައް ހުއްޓުވުމުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމެވެ. އަދި މިޕްރޮޓޮކޯލްގެ ސަބަބުން ކަނޑުމަތީގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެއެވެ.

މިތިން އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އަބްދުﷲ ޝާހިދެވެ. ސޭޝެލްސްގެ ފަރާތުން ސޮއެކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޓޫރިޒަމް ސިލްވެސްތް ރަޑެގޮންޑެއެވެ. 

މީގެ އިތުރުން މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ ފޮރ ޔޫތު ޑިވެލޮޕްމަންޓް ކޯޕަރޭޝަން ބިޓްވީން ދަ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ފެމިލީ އޮފް ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް ސޭޝެލްސް އެންޑް ދަ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އޮފް ދަ އޮފް ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސްގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ.

މި މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގެ މަގުސަދަކީ ރާއްޖެއާއި ސޭޝެލްސްއާ ދެމެދުގައި އިލްމާއި ތަޖުރިބާ އާއި ވަސީލަތްތައް ހިއްސާކޮށް، ގާބިލްކަން އިތުރުކޮށް އަދި ޔޫތު އެކްސްޗޭންޖް ޕްރޮގްރާމް ފަދަ ތަފާތު ދާއިރާތަކުން ދެގައުމުގެ ދެމެދުގައި ދިގު މުއްދަތަށް އެއްބާރުލުން ގާއިމްކުރުމެވެ.

މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއެކުރެއްވީ، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހުލޫފެވެ. ސީޝެލްސްގެ ފަރާތުން ސޮއެކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޓޫރިޒަމް ސިލްވެސްތް ރަޑެގޮންޑެއެވެ.

މި އެއްބަސްވުމުގެ ބައްދަލުކުރެއްވުމަށްފަހު ދެގައުމުގެ ރައީސުން ވެސް ވަނީ މީޑިއާތަކަށް ބަޔާނެއް ދެއްވާފައެވެ. މި ބަޔާނުގައި ދެގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި، މި ވެވުނު އެއްބަސްވުންތަކުގެ ސަބަބުން އިތުރަށް ގުޅުން ބަދަހިވެގެންދާނެކަން ފާހަގަކުރެއްވިއެވެ. އަދި އެކި ދާއިރާތަކުގައި އެކުގައި މަސައްކަތް ކުރުމުން މިހާރަށް ވުރެ ބޮޑަށް ރަނގަޅު ނާތީޖާއެއް ފެންނާނެ ކަމަށް ވިދާޅުވެފައިވެއެވެ.

މިރަސްމިއްޔާތުގައި ނާއިބު ރައީސް ފައިސަލް ނަސީމާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން ސަރުކާރުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ސޭޝެލްސް ސަރުކާރުގެ އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
06 ފެބުރުއަރީ 2017

އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!

06 ފެބުރުއަރީ 2017
އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!
05 ފެބުރުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި
27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް