Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިޚާބުގެ ގަވާއިދު 2023

އިންތިޚާބުގެ ގަވާއިދުގައި ދީނީ އިލްމުވެރިން ދޭން ބޭނުންވާ ދީނީ މައުލޫމާތު ދިނުމަށް ހުރަސް އަޅާފައިނުވާނެ: ފުއާދު

ވަކި ބަޔަކަށް ގެއްލުން ލިބޭ ގޮތަށް މައުލޫމާތު ދީ ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫން

އަމްނާ އިމާދު
އަމްނާ އިމާދު | 12 ޖޫން 2023 | ހޯމަ 07:14
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފައިވާ ރިޔާސީ އިންތިޚާބުގެ ގަވާއިދު 2023 ގެ އެއްވެސް މާއްދާއެއްގައި ދީނީ އިލްމުވެރިން ދޭން ބޭނުންވާ ދީނީ މައުލޫމާތު ދިނުމަށް ހުރަސް އަޅާފައިނުވާ ކަމަށް އެކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ގަވާއިދުގައި ކެންޑިޑޭޓުންނާއި އެ މީހުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ސުލޫކީ މިންގަނޑު ވަނީ ކަނޑައަޅާފައެވެ. އެގޮތުން ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު އެއްވެސް ވާހަކައެއް ދައްކައި އިސްލާމްދީނުގެ ހުރުމަތްކެނޑޭ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

Advertisement - newsAdvertisement

ގަވާއިދުގައި ބުނެފައިވާ ގޮތުގައި ދީނީ އެކިއެކި މުނާސަބަތުގައްޔާއ،ި ދީނީ ދަރުސްތަކުގައްޔާއި ޚުޠުބާތަކުގައި ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެއެވެ. އަދި ސްކޫލްތަކާއ،ި މަދަރުސާތަކާއ،ި ކޮލެޖުތަކާއ،ި ޔުނިވަރސިޓީތަކާއ،ި ކިޔަވައިދޭ އެހެނިހެން ތަންތަނުން ދޭ ފިލާވަޅުތައް މެދުވެރިކޮށް ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް މަސައްކަތެއް ކޮށްގެންނުވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

މިކަމާއި ގުޅިގެން އިދިކޮޅު ބައެއް ފަރާތްތަކުން ދަނީ މާނަ އޮޅޭގޮތަށް ވާހަކަތައް ދައްކަމުންނެވެ. އަދި ބައެއް ދީނީ އިލްމުވެރިން ވެސް ސޯޝަލް މީޑިއާގައި ކަންބޮޑުވުންފާޅު ކޮށްފައިވެއެވެ.

މިމައްސަލައާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ވިދާޅުވީ މި އުސޫލަކީ އައު އުސޫލެއް ނޫން ކަމަށާއި، ކޮންމެ ރިޔާސީ އިންތިޚާބެއްގެ ގަވާއިދުގައި ވެސް މި މާއްދާ ހިމަނާފައިވާ ކަމަށެވެ.

ފުއާދު ވިދާޅުވީ މިމާއްދާގައި ދީނީ އިލްމު ފެތުރުމަށާއި، ދީނީ ނަސޭހަތާއި، ދަރުސް ދިނުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި މިފަދަ ކަންކަމުގައި އިލެކްޝަން ކޮމިޝަނުން ބަސް ނުކިޔާނެ ކަމަށެވެ. ނަމަވެސް އާއްމުންނަށް ދޭ ދީނީ ނަސޭހަތްތަކާއި، މައުލޫމާތަކީ ސިޔާސީ ގޮތުން ވަކި ކެނޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދުކޮށް ކެމްޕެއިން ކުރެވޭގޮތަށް ނުވަތަ ވަކި ބަޔަކަށް ގެއްލުން ލިބޭ ގޮތަށް މައުލޫމާތު ދީ ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން ފުއާދު ވިދާޅުވީ ދީނީ އިލްމުވެރިން ވެސް އެބޭފުޅުންގެ ސިޔާސީ މަސައްކަތުގައި އަދި ސިޔާސީ ޕޯޑިއަމްތަކުގައި ސިޔާސީ ވާހަކަ ދެއްކުމަށް އީސީން މަނާނުކުރާނެ ކަމަށެވެ.

ފުއާދު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވެސް އަދި އެނޫން އިންތިޚާބެއްގައި ވެސް ވާދަކުރާ އެއްވެސް ކެނޑިޑޭޓަކަށް އެންޓި ކެމްޕޭން ކުރުމަކީ ގާނޫނުން މަނާ ކަމެއް ކަމަށެވެ. އަދި އެފުރުސަތު އިލެކްޝަން ކޮމިޝަނުން ނުދޭނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

14 ފެބުރުއަރީ 2017
ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި
12 ފެބުރުއަރީ 2017

ކައުންސިލް އިންތިޚާބުގެ ގުރުއަތުލުން ފަސްކޮށްފި

12 ފެބުރުއަރީ 2017
ކައުންސިލް އިންތިޚާބުގެ ގުރުއަތުލުން ފަސްކޮށްފި
09 ފެބުރުއަރީ 2017

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
05 ފެބުރުއަރީ 2017

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

05 ފެބުރުއަރީ 2017
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު