Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެމްބަރު ނަޝީދު

ކޯޓަކުން މެމްބަރުންގެ ގޮނޑި ގެއްލުވައި ނުލެވޭނެ: މެމްބަރުން ނަޝީދު

11 ޖުލައި 2017 | އަންގާރަ 21:14

ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވައި މަޖިލިހަށް ފޮނުވާފައިވާ މެންބަރުންތަކެއްގެ ގޮނޑި ގެއްލޭ އާ ސަބަބެއް ނުފެނޭ

ހުސެން ފިޔާޒް
ހުސެން ފިޔާޒް | 11 ޖުލައި 2017 | އަންގާރަ 21:14
މެމްބަރު މުޙައްމަދު ނަޝީދު

މެމްބަރު މުޙައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވާލަން ކޯޓަކުން ގޮތެއް ކަނޑަނޭޅޭނެ ކަމަށް މަޝްހޫރު ގާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސިޔާސީ މަޝްރަހުގައި ހިނގާ ކަންކަމަށް ބަސްފުޅެއް ވިދާޅުނުވެ ހިމޭނުން ހުންނަވާތާ ގިނަ ދުވަސްތަކެއް ވުމަށްފަހު، ނަޝީދު އޭނާގެ އަމިއްލަ ބްލޮގްގައި ވިދާޅުވެފައި ވަނީ ދައުރެއްގެ މެދުތެރެއިން، ވޯޓެއްގެ ނޯޓިސް ހިނގަހިނގާ އޮއްވައި، ކޯޓަކުން ނެރެން އެދޭ ޙުކުމަކުން، ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވައި މަޖިލިހަށް ފޮނުވާފައިވާ މެންބަރުންތަކެއްގެ ގޮނޑި ގެއްލޭ އާ ސަބަބެއް ނުވަތަ ޙާލަތެއް އުފަންކުރުވިދާނެ ކަމަކަށް ހަމައެއްގޮތަކަށްވެސް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

Advertisement - newsAdvertisement

"އެކަން ކުރެވިދާނެ ހަމައެކަނި ގޮތަކީ ޤާނޫނުއަސާސީގައި އެކަން ކުރެވޭނެގޮތް ބަޔާންކުރުމެވެ. އަދި އެ މާއްދާތައް ދެން އަންނަ އިންތިޚާބަކުން ހިނގާގޮތަށް ހެދުމެވެ. އަދި ދައުރުގެ ތެރޭގައި ގޮނޑި ބަދަލުކޮށްފިނަމަ، އޭނާގެ އިންތިޚާބީ ހައިސިއްޔަތު ދައުރުގެ ބާކީއޮތް މުއްދަތަށް ދަމަހައްޓަން ފެނޭތޯ އޭނާގެ ދާއިރާގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ. ރިކޯލް ވޯޓެއްގެ ފުރުޞަތު ރައްޔިތުންނަށް ދިނުމެވެ. އެނޫން ގޮތަކަށް މިކަން ކުރެވޭނެ ކަމަކަށް ނުފެނެއެވެ. މެޗު ކުޅެމުންދަނިކޮށް ޤަވާއިދު ބަދަލުކުރުމަކީ ކުރެވިދާނެ ކަމަކަށް އަމުދުން ނުދެކެމެވެ." ދައުރު ހަމަވުމުގެ ކުރިން މެމްބަރުކަން ގެއްލޭނެ ގޮތެއް އަލަށް އުސޫލުތައް އުފަން ނުކުރެވޭނެކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވެފައިވެއެވެ.

އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ސިޔާސީ ޕާޓީއަކުން އިންތިޚާބް ވުމަށްފަހު އެ ޕާޓީން ވަކިވުމާއި، ޕާޓީ ބަދަލަކުރުމާއި އަދި ޕާޓީން ވަކިކުރާ ހާލަތްތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ބަންޑާރަނައިބު ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައި ވަނިކޮށެވެ.

ރާއްޖޭގައި އޮންނަނީ ރިޔާސީ ނިޒާމެއްކަމަށް ސުޕްރީމް ކޯޓުގެ ހުކުމެއްގައިވެސް ބަޔާންކޮށްފައިވާއިރު، ނަޝީދު ވިދާޅުވީ ރާއްޖޭގެ ޤާނޫނުއަސާސީގައި ސިޔާސީ ޕާޓީގެ ދައުރު މާބޮޑަށް ނެތް ކަމަށެވެ. އެކަން ހަމައެކަނި އޮންނަނީ، ނަޝީދު ވިދާޅުވި ގޮތުގައި އަސާސީ ޙައްޤެއްގެ ގޮތުގައި، ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގައެވެ.

އަސާސީ ޙައްޤެއްގެ ގޮތުގައި ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގައި ބުނަނީ، ރައްޔިތުން މިނިވަންކަމާއެކު އިޚްތިޔާރުކުރާ މެންބަރުން މެދުވެރިކޮށް ރައްޔިތުންގެ ކަންކަން ހިންގަން ބައިވެރިވެވޭނެ ކަމަށާއި، ކޮންމެ މީހަކަށްވެސް އިންތިޚާބުތަކަށް ކުރިމަތިލުމުގެ ޙައްޤު ލިބިގެންވާކަމަށެވެ. އަދި އެއަށް އިތުރު ބާރެއް ދީ، ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގައިވެސް ބުނަނީ، ޤައުމީ މަސްލަޙަތާއި ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަންދީގެން މަސައްކަތްކުރަންޖެހޭނެ ކަމަށެވެ. އަދި، މެންބަރުންގެ އިންތިޚާބީ ދާއިރާތައް ތަމްސީލުކުރުމުގައި، މުޅި ޤައުމާއި ހުރިހާ ރައްޔިތުންގެ ލާބައާއި މަންފާއަށް ރިޢާޔަތްކުރަންވާނެކަމަށްވެސް އެ މާއްދާގައި ބުނެއެވެ.

"މިއީ ޕާޓީގެ ފިކުރާއި ޕާޓީ ލައިން ހިފަހައްޓަން ލާޒިމުވާ ނަމަ، ކުރެވޭނެކަމެއް ނޫނެވެ." ނަޝީދު ލިޔުއްވާފައިވެއެވެ.

މަޖިލިހުގެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ޙާލަތްތައް ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި 4 ޙާލަތެއް ކަނޑައެޅިގެން ބަޔާންކޮށްފައިވަނިކޮށް، އޭގެތެރެއަށް އެހެން ޙާލަތެއް، ޤާނޫނުއަސާސީގެ އެ މާއްދާއަށް ބަދަލެއްނުގެނެސް، އިތުރުކުރެވިދާނެ ގޮތެއް ވިސްނުވަޑައިނުގަންނަވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މިފަދަ ގޮތަކަށް ހުކުމެއް ނެރުމަށް އެޓާނީ ޖެނެރަލް އެދިވަޑައިގަތީ، މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމް-އެންޑީއޭގެ ކޯލިޝަނަށް ގެއްލިގެންދިއުމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

30 މާރިޗު 2017

ޕީޕީއެމްގެ ގިނަ މެމްބަރުންގެ ތާއީދު ލިބިއްޖެ، ދެން ވަންނާނީ ހުރިހާ ކަމަކަށް ތައްޔާރުވެގެން: އިބޫ

30 މާރިޗު 2017
ޕީޕީއެމްގެ ގިނަ މެމްބަރުންގެ ތާއީދު ލިބިއްޖެ، ދެން ވަންނާނީ ހުރިހާ ކަމަކަށް ތައްޔާރުވެގެން: އިބޫ
25 މާރިޗު 2017

ފާރިސްގެ ހިތްވަރު އެލުވައެއް ނުލެވޭނެ، އެ ހުންނެވީ ސާބިތުކަމާއެކު: މުސްތަފާ

25 މާރިޗު 2017
 ފާރިސްގެ ހިތްވަރު އެލުވައެއް ނުލެވޭނެ، އެ ހުންނެވީ ސާބިތުކަމާއެކު: މުސްތަފާ
24 މާރިޗު 2017

ޕީޕީއެމް މެމްބަރުންގެ އޯޑިއޯއެއް:"މަސީހަށް ކޮރަޕްޝަންގެ ތުހުމަތު، މަގާމުން ދުރުކުރަން ޖެހޭ"

24 މާރިޗު 2017
ޕީޕީއެމް މެމްބަރުންގެ އޯޑިއޯއެއް:"މަސީހަށް ކޮރަޕްޝަންގެ ތުހުމަތު، މަގާމުން ދުރުކުރަން ޖެހޭ"
09 މާރިޗު 2017

އައްޑޫ ސިޓީގެ ހަތް ގޮނޑި ހޯދާނަން:ސޯބެ

09 މާރިޗު 2017
އައްޑޫ ސިޓީގެ ހަތް ގޮނޑި ހޯދާނަން:ސޯބެ
09 މާރިޗު 2017

ރައީސް މައުމޫނަށް ދެއްވާ ސެކިއުރިޓީ ހުއްޓައެއް ނުލެވޭނެ: އަބްދުﷲ ރިޔާޒް

09 މާރިޗު 2017
ރައީސް މައުމޫނަށް ދެއްވާ ސެކިއުރިޓީ ހުއްޓައެއް ނުލެވޭނެ: އަބްދުﷲ ރިޔާޒް
28 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!

28 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް