Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނިހާނަށް ކުރާ ދައުވާ

ނިހާނަށް ކުރާ ދައުވާ: ޝަރީއަތް ފެށުމުގެ ކުރިން ތަހުގީގު ލޮގްތައް ބަލަން ފުރުސަތު ދީފި

11 ޖޫން 2023 | އާދީއްތަ 06:22

ދެން މި މައްސަލައިގައި އޮންނާނީ ދެފަރާތުން އިފްތިތާޙީ ބަޔާން އިއްވުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 ޖޫން 2023 | އާދީއްތަ 06:22
ވިލިލާމެ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަޙުމަދު ނިހާން ޙުސައިން މަނިކު

ވިލިލާމެ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަޙުމަދު ނިހާން ޙުސައިން މަނިކު

ރައްޔިތުންގެ މަޖިލީހުގެ ވިލިލާމެ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ ކުރީގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ނިހާނަށް ކުރާ ދައުވާއާއި ގުޅިގެން އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމަކީ މި މައްސަލައިގައި ދެފަރާތުން އިފްތިތާޙީ ބަޔާން ހުށައެޅުމަށް ބޭއްވި އަޑުއެހުމެކެވެ.

އެހެންނަމަވެސް މި އަޑުއެހުމުގައި ނިހާންގެ ވަކީލު ވަނީ އޭގެ ކުރިން ބައެއް ކަންކަން ފާހަޖަކޮށްލެއްވުމުގެ ފުރުސަތަކަށް އެދިލައްވާފައެވެ.

ފުރަތަމަ ކަމެއްގެ ގޮތުން ދިފާއީ ވަކީލު ވަނީ ދާދި ފަހުން ސުޕްރީމް ކޯޓުގައި ކުރިއަަށްދިޔަ ކުރީގެ ރައީސް އަބްދުلله ޔާމީނުގެ މައްސަލައިގައި ނިންމާފައިވާ ނިންމުމަަށް އަލިއަޅުވާލައްވައި، މި މައްސަލައިގެ ތަހުގީގު ލޮގްތައް ދިފާއަށް ދޫކުރުމަށް އެދިލައްވާފައެވެ.

ދެވަނަ ކަމެއްގެ ގޮތުން އެދިލައްވާފައިވަނީ ހެއްކާބެހޭ ޤާނޫނާ ޙަވާލާދީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 145 ވަނަ މާއްދާގެ (ރ) ގެ ދަށުން ހުށައެޅުންތައް ހުށައެޅުމުގެ ފުރުސަތަކަށެވެ. މ

އެކަމާ ގުޅޭގޮތުން ދެފަރާތުން ފާހަގަ ކުރެއްވި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމެވީ، ދިފާއުން އެދިފައިވާ ގޮތަށް ތަހުގީގު ލޮގްތައް ދޫކުރުމަށް ހުރަހެއް ނެތް ކަމަށެވެ.

އެހެންނަމަވެސް، ހެއްކާބެހޭ ޤާނޫނު ރަޖުއީކޮށް ތަތުބީޤު ކުރުމެއް ނެތްކަމަށް ގާޒީ ވިދާޅުވިއެވެ. ވުމާއެކު، ހެއްކާބެހޭ ޤާނޫނާ ޙަވާލާދީ އަލުން ހުށައެޅުންތައް ހުށައެޅުމުގެ ފުރުސަތު ނުދެއްވުމަށް ގާޒީ ނިންމެވިއެވެ.

ގާޒީ ވިދާޅުވީ، ޝަރީއަތުގެ މަރުޙަލާ ފެށުމުން، ހެއްކާބެހޭ ގޮތުން ވާހަކަ ދައްކައި ޚުލާސާ ބަޔާން އިއްވާއިރު، ހެއްކާބެހޭ ޤާނޫނާ ޙަވާލާދީ ވާހަކަ ދެއްކިދާނެ ކަމަށެވެ.

ދެން މި މައްސަލައިގައި އޮންނާނީ ދެފަރާތުން އިފްތިތާޙީ ބަޔާން އިއްވުމެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް