Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކުދިން ދިރި ތިއްބާ ފެނުން

ބޯޓު ވެއްޓުނުތާ 40 ދުވަސް ފަހުން ހަތަރު ކުދިން ދިރިތިއްބާ ފެނިއްޖެ

ކުދިން ސަލާމަތްވެފައިވަނީ ޖަންގައްޔަކުން ކެވޭ އަދި ނުކެވޭނެ މޭވާއާއި އެހެންވެސް ބާވަތްތަކުގެ މައުލޫމާތު އެނގިހުރުމުގެ ސަބަބުން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 11 ޖޫން 2023 | އާދީއްތަ 06:14
ކޮލޮމްބިޔާގެ ޖަންގަލި ތެރޭން ފެނުނު ކުދިންނަށް ސިފައިން ކާންދީ ހަދަނީ

ކޮލޮމްބިޔާގެ ޖަންގަލި ތެރޭން ފެނުނު ކުދިންނަށް ސިފައިން ކާންދީ ހަދަނީ

ކޮލޮމްބިޔާގެ ޖަންގަލި ތެރެއަށް ވެއްޓުނު ކުޑަ މަތިންދާ ބޯޓަކުން ދަތުރު ކުރި ހަތަރު ކުޑަކުދިން، ބޯޓުވެއްޓުނުތާ 40 ދުވަސް ފަހުން ދިރި ތިއްބާ ފެނިއްޖެއެވެ.

އުމުރުން ތޭރަ އަހަރާއި ނުވަ އަހަރު، ހަތަރުއަހަރާ އަދި އެއް އަހަރުގެ ހަތަރު ކުދިންނަކީ އެއް އާއިލާއަށް ނިސްބަތްވާ ހަތަރު ކުދިންނެވެ. މެއި އެއް ވަނަ ދުވަހު ހިނގި މި ބޯޓު ވެއްޓުމުގެ ހާދިސާގައި ކުދިންގެ މަންމަ އާއި ދެ ޕައިލެޓުން ވަނީ މަރުވެފައެވެ. ބޯޓު ވެއްޓުނު ތަނުން ކުދިން ފެނިފައިނުވުމުން ސިފައިންނާއި އެހެންވެސް އެހީ ފޯރުކޮށްދޭ ޓީމުތަކުން ވަނީ ސަރޗް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ.

ކޮލޮމްބިޔާގެ ބޯ ޖަންގަލިތެރޭން ހަތަރު ކުދިން އެކުގައި ތިއްބާ ފެނުންވީ އެންމެނަށް ވެސް ވަރަށް ސިހުން ލިބުނު ކަމަކަށެވެ. ކޮލޮމްބިޔާގެ ރައީސް ގުސްތާވޯ ޕެޑްރޯ ވިދާޅުވީ އެ ކުދިން ތަހައްމަލް ކުރީ ސަރވައިވަލް، ނުވަތަ ދިރިތިބުމަށްޓަކައި އަމިއްލައަށް ކުރެވޭނެ ކަންތައްތަކުގެ ނަމޫނާ ތަޖުރިބާއެއް ކަމަށާއި ތާރީޚްގައި ވެސް މިކަން ލިޔެވިގެން ދާނެ ކަމަށެވެ. ރައީސް ޕެޓްރޯ ވަނީ ކުދިން ފެނުމަށް ފަހު ސިފައިން އެ ކުދިންނަށް ކާންދީ، ފެންދީ ހަދާތަން ފެންނަ ވީޑިއޯއެއް ހިއްސާކުރައްވާފައެވެ. އެންމެ ކުޑަކުއްޖާއަށް ފުޅިއަކުން ދޭއިރު، ދެން ހުރި ކުއްޖާއަށް ޖޯޑަކަށް އަޅައި ސަމުސަލަކުން ކޮންމެ ވެސް ބުއިމެއް ދެމުން ދާތަން ފެނެއެވެ.

އަދި ފަހުން ކޮލޮމްބިޔާގެ ޑިފެންސް މިނިސްޓްރީން ވަނީ ޖަންގަލީގެ ދިގު، ބިޔަ ގަސްތަކުތެގެރޭން ކުދިން ނަގައި ހެލިކޮޕްޓަރަށް އަރުވާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުކޮށްފައެވެ. ހެލިކޮޕްޓަރުގައި ކުދިން ފުރަތަމަ ގެންދެވުނީ ވެރިރަށް ބޮގޮޓާއަށެވެ. އެއަށްފަހު ހޮސްޕިޓަލަށް ގެންގޮސް ސިއްހީ ފަރުވާދީ ޓެސްޓުތައް ހަދާފައި ވެއެވެ.

ކުދިން ފެނުމާގުޅިގެން ކުދިންގެ މާމަ ފާތިމާ ވެލެންސިޔާ ބުނެފައިވަނީ އޭނަ ވަރަށް އުފާވާކަމަށާއި މިކަމަށްޓަކައި ހެއްދެވި ފަރާތަށް ޝުކުރުވެރިވާކަމުގައެވެ. މާމަ ބުނީ ހަތަރު ބެއިންގެ ތެރެއިން އެންމެ ދޮށީ ކުއްޖާ ހުރީ ކުދިންގެ މަންމަ އޮފީހަށް ދިއުމުން އެހެން ކުދިންނަށް އަޅާލައި ކުދިން ގޮވައިގެން އުޅުމަށް އާދަވެފަ ކަމަށާއި ކުދިން ސަލާމަތްވީ މިކަމުގެ ސަބަބުން ކަމުގައެވެ.

ބޯޓު ވެއްޓުމުން އެތަން ދޫކޮށް ކުދިން ދުރަށް ގޮސްފައިވަނީ އެހީއެއް ވާނެ ފަރާތެއް ފެނޭތޯ ބެލެވޭކަމަށް ރިޕޯޓްތައް ބުނެއެވެ. ކުދިން ހޯދުމަށް ކުރި މަސައްކަތުން ސިފައިނަށްވަނީ ޖަންގަލި ތެރެއިން ކުދިންގެ ބައެއް ތަކެތި ފެނިފައެވެ. އަދި ކުދިންގެ ފިޔަވަޅުތަކެއް ވެސް ފެނިފައިވުމުން ކުދިން ދިރި އެބަތިބިކަން އެނގުނު ކަމަށް ވެއެވެ. މުއުޖިޒާތެއްފަދަ ގޮތަކަށް ކުޑަ ހަތަރު ކުދިން ސަލާމަތްވެފައި މިވަނީ މިނިކާ ޖަނަވާރެއް ކަމަށްވާ ޖަގުއާ އާއި ހަރުފަ އަދި އެނޫން ވެސް ނުރައްކާތެރި ޖަނަވާރުތައް ގިނަ ޖަންގައްޔަކުންނެވެ.

ކުދިން ނިސްބަތްވަނީ އިންޑިޖީނަސް ނޫނީ ޖަންގަލީގެ އާދަތަކަށް ފަރިތަ، އެފަދަ މާހައުލުތަކުގައި އުޅޭ ދަރިކޮޅަކުން އައިސްފައިވާ އާއިލާއަކަށެވެ. އެހެންކަމުން ކުދިން ސަލާމަތް ވެފައިވަނީ ޖަންގައްޔަކުން ކެވޭ އަދި ނުކެވޭނެ މޭވާއާއި އެހެން ވެސް ބާވަތްތަކުގެ މައުލޫމާތު އެނގިހުރުމުގެ ސަބަބުން ކަމަށް ވެއެވެ.

ކުދިންގެ ބެލެނިވެރިކަން ހޯދުމަށް ކުދިންގެ އެއް ފަރާތުގެ ކާފަ ވެސް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އޭނާ ވަނީ ކުދިން އޭނާ އަށް ދޫކުރުމަށް އެ ޤައުމުގެ ސަރުކާރުގައި އެދިފައެވެ.      

ކޮމެންޓް

އިތުރަށް ކިޔާލަން

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ޖަރުމަނުގައި ކުދިން މަރާ މީހާ ހައްޔަރުކޮށްފި

ޖަރުމަނުގައި ކުދިން މަރާ މީހާ ހައްޔަރުކޮށްފި

10 މާރިޗު 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
މުގާބޭގެ 93 ވަނަ އުފަންދުވަސް ފާހަގަކޮށްފި

މުގާބޭގެ 93 ވަނަ އުފަންދުވަސް ފާހަގަކޮށްފި

27 ފެބުރުއަރީ 2017
ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ

ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު