Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެސްޓަން ވިލާ

ޓިލެމަންސް އެސްޓަން ވިލާއަށް ބަދަލުވެއްޖެ

އޭނާ އެސްޓަން ވިލާއާ ގުޅޭނީ ޖުލައި މަހުގެ އެއްވަނަ ދުވަހު

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 10 ޖޫން 2023 | ހޮނިހިރު 19:44
ޔޫރީ ޓިލެމަންސް

ޔޫރީ ޓިލެމަންސް

ލެސްޓާގެ މިޑްފީލްޑަރު ޔޫރީ ޓިލެމަންސް އާއެކު އެސްޓަން ވިލާއިން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އުމުރުން 26 އަހަރުގެ ބެލްޖިއަމް ގައުމީ ޓީމުގެ ކުޅުންތެރިޔާ އެސްޓަން ވިލާއާ ގުޅޭނީ ލެސްޓާގެ ކޮންޓްރެކްޓް ހަމަވުމުން، ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ.

ޕްރިމިއާ ލީގުން ލެސްޓާ ރެލިގޭޓްވުމާ ގުޅިގެން އާސެނަލް، މެންޗެސްޓާ ޔުނައިޓެޑް އަދި ރޯމާ އިން ޓިލެމަންސް އަށް ޝައުގުވެރިވާ ކަމަށް އަޑު ފެތުރިފައިވެއެވެ. މި ހޫނު މޫސުމުގައި ވިލާއަށް ގެނައި ފުރަތަމަ ކުޅުންތެރިޔާ 2019 ވަނަ އަހަރު ލެސްޓާއާ ގުޅުނުއިރު، އޭނާ ވަނީ 2021 ވަނަ އަހަރު ލެސްޓާއަށް އެފްއޭ ކަޕް ކާމިޔާބުކޮށްދީފައެވެ. ފައިނަލް މެޗުގައި ޗެލްސީ އަތުން 1-0 އިން ލެސްޓާ މޮޅުވި މެޗުގެ ހަމައެކަނި ލަނޑު ޖަހައިދީފައިވަނީ ޓިލެމަންސްއެވެ. ހުރިހާ މުބާރާތެއް ހިމެނޭހެން ކުޅުނު 195 މެޗުގައި އޭނާ ވަނީ ލެސްޓާއަށް 28 ލަނޑު ޖަހައިދީފައެވެ.

ޓިލެމަންސް ފުރަތަމަ ލޯނެއްގެ ދަށުން މޮނާކޯއިން ލެސްޓާއާ ގުޅުނީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. އޭގެފަހުން އޭނާ ވަނީ އޭރުގެ ކްލަބުގެ ރެކޯޑް 40 މިލިއަން ޕައުންޑްގެ އެއްބަސްވުމެއްގައި އެ އަހަރުގެ ޖުލައިގައި ސޮއިކޮށްފައެވެ.

އޭނާ ވަނީ 2018 އަދި 2022 ގެ ވޯލްޑް ކަޕުގެ އިތުރުން 2020 ވަނަ އަހަރުގެ ޔޫރޯގައިވެސް ކުޅެފައެވެ.

އެސްޓަން ވިލާ ސީޒަން ނިންމާލީ ތާވަލުގެ ހަތް ވަނަ ހޯދައި، ކޮންފަރެންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމަށްފަހުއެވެ. މެއި މަހު ޓިލެމަންސް ވަނީ އިންސްޓަގްރާމްގައި ލެސްޓާގެ ސަޕޯޓަރުންނަށް ވަދާއީ ވީޑިއޯ މެސެޖަކުން ޝުކުރު އަދާކޮށްފައެވެ.

އިތުރަށް ކިޔާލަން

22 އޯގަސްޓު 2017

ސާމިރު ނަސްރީ ތުރުކީގެ އަންޓަލަޔަސްޕޯއަށް ބަދަލުވެއްޖެ

22 އޯގަސްޓު 2017
ސާމިރު ނަސްރީ ތުރުކީގެ އަންޓަލަޔަސްޕޯއަށް ބަދަލުވެއްޖެ
16 އޯގަސްޓު 2017

ކާލޮސް ބެކާ ވިއަރެއާލް އަށް ބަދަލުވެއްޖެ

16 އޯގަސްޓު 2017
ކާލޮސް ބެކާ ވިއަރެއާލް އަށް ބަދަލުވެއްޖެ
14 ޖުލައި 2017

އެންމެން ހައިރާންކޮށްލުމަށްފަހު، ބޮނޫޗީ އޭސީ މިލާނަށް ބަދަލުވެއްޖެ

14 ޖުލައި 2017
އެންމެން ހައިރާންކޮށްލުމަށްފަހު، ބޮނޫޗީ އޭސީ މިލާނަށް ބަދަލުވެއްޖެ
05 ޖުލައި 2017

ރެއާލް ދޫކޮށްލުމަށް ފަހު ޕެޕޭ ބެސިކްޓަސްއަށް ބަދަލުވެއްޖެ

05 ޖުލައި 2017
ރެއާލް ދޫކޮށްލުމަށް ފަހު ޕެޕޭ ބެސިކްޓަސްއަށް ބަދަލުވެއްޖެ
04 ޖުލައި 2017

ޖޯން ޓެރީ އެސްޓަން ވިލާއަށް ސޮއިކޮށްފި

04 ޖުލައި 2017
ޖޯން ޓެރީ އެސްޓަން ވިލާއަށް ސޮއިކޮށްފި
31 މެއި 2017

ޗެލްސީގެ ކީޕަރު ބެގޮވިޗް އޭއެފްސީ ބޯންމައުތްއަށް ބަދަލުވެއްޖެ

31 މެއި 2017
ޗެލްސީގެ ކީޕަރު ބެގޮވިޗް އޭއެފްސީ ބޯންމައުތްއަށް ބަދަލުވެއްޖެ
21 މާރިޗު 2017

ޔުނައިޓެޑް ދޫކޮށްލުމަށް ފަހު ސްވައިންސްޓައިގާ ޗިކާގޯ އަށް ބަދަލުވެއްޖެ

21 މާރިޗު 2017
ޔުނައިޓެޑް ދޫކޮށްލުމަށް ފަހު ސްވައިންސްޓައިގާ ޗިކާގޯ އަށް ބަދަލުވެއްޖެ
01 ފެބުރުއަރީ 2017

ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

01 ފެބުރުއަރީ 2017
 ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ
26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު