Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގާސިމަށް ނަޝީދު މަރުޚަބާ ވިދާޅުވުން

ރިޔާސީ ޓިކެޓާއެކު ނަޝީދުގެ މަރުހަބާ ގާސިމަށް

10 ޖޫން 2023 | ހޮނިހިރު 16:35

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް މަގުފަހިކުރުމަކީ އެންމެންގެވެސް ވާޖިބެއްކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 10 ޖޫން 2023 | ހޮނިހިރު 16:35
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަދި ޖޭޕީގެ ލީޑަރ ގާސިމް އިބްރާހީމް

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަދި ޖޭޕީގެ ލީޑަރ ގާސިމް އިބްރާހީމް

ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް އެޕާޓީގެ ލީޑަރ ގާސިމް އިބްރާހީމަށް އެރުވުމާއެކު އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގާސިމަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ގާސިމަށް މަރުހަބާ ވިދާޅުވެ ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް މަގުފަހިކުރުމަކީ އެންމެންގެވެސް ވާޖިބެއްކަމަށެވެ.

Advertisement - newsAdvertisement

ނަޝީދު މިމޭރުމުން ގާސިމަށް މަރުހަބާ ވިދާޅުވެ ޓްވީޓް ކުރައްވާފައިވާއިރު ދަ ޑިމޮކްރަޓްސް އުފެއްދުމުގެ ކުރިން އެމްޑީޕީގެ ތެރޭގައި ހަރަކާތްތެރިވި "ފިކުރެއްގެ ދިރުން" ހަރަކާތުން ވަނީ ޖުމްހޫރީ ޕާޓީއާއެކު ރިޔާސީ އިންތިޚާބުގައި އެކުގައި މަސައްކަތްކުރުމާއި ގުޅޭގޮތުން މަޝްވަރާތައް ކުރިޔަށްގެންގޮސްފައެވެ. އެހެންނަމަވެސް އެވާހަކަތަކުން ނަތީޖާއެއް ނެރެވިފައެއްނުވެއެވެ.

އޭގެފަހުން ވީޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި ގާސިމް ވަނީ ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ. އެގޮތުން ގާސިމް ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީން ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބީ އާއެކު، ގާސިމަށް ވެރިކަން ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ، ވާހަކަފުޅު ދެއްކެވި ކަމަށެވެ. އަދި އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވި ކަމަށް ގާސިމް ވިދާޅުވިއެވެ. ނަމަވެސް ނަޝީދަކީ ކޮން ބޭފުޅެއްކަން ސިޔާސީ ދާއިރާގައި މަސައްކަތް ކުރާ ކޮންމެ މީހަކަށް ވެސް އެނގޭނެ ކަމަށާއި، އެބޭފުޅާ ނޫން މީހަކު ރާއްޖޭގެ ވެރިކަމުގައި ހުންނަން ނަޝީދު ބޭނުންފުޅުނުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އެހެން މީހަކަށް އެފުރުސަތު ދީގެން އެމަނިކުފާނަށް ކެތް ނުވާނެ ކަމަށް ގާސިމް ވިދާޅުވެފައިވެއެވެ.

ގާސިމް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމެވީ ޕާޓީގެ މެމްބަރުންގެ އެދުމުގެ މަތިން ކަމަށާއި، އެގޮތަށް ޕާޓީގެ ކޮންގްރެސް އަދި ކައުންސިލުން ނިންމެވުމުން ކަމަށެވެ. ނަމަވެސް ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅުއްވި އެއްބަސްވުމުގައިވާ ގޮތުން އެމަނިކުފާނަކީ ނަޝީދު ވެރިކަމަށް ގެނައުމަށް މަގުކޮށައިދޭނެ ބޭފުޅަކަށް ވާންޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެއާ އެއްގޮތަށް އަމަލުކުރާނަމަ ގާސިމް ވާނީ ނަޝީދުގެ ސްޓެޕިންގ ސްޓޯންއަކަށް ކަމަށެވެ.

ގާސިމް ވިދާޅުވީ ނަޝީދާއެކު މަސައްކަތް ނުކުރާނެ ކަމަށާއި، މީހަކު ދައްކާހާ ވާހަކައަކަށް ޖަހާހާ ބެރަކަށް ގުބޯލެއްހެން ނުނަށާނެ ކަމަށެވެ. އަދި ވިދާޅުވީ ބަސްނުވިކޭ އޮޑިއެއްގެ ދިރުބާކޮޅަށް ނާރާނެ ކަމަށެވެ.

ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ޖޭޕީއަށް ދައުވަތު ދެއްވާފައިވަނިކޮށް ޖޭޕީގެ ކޮންގްރެސް އާއި ކައުންސިލުން ވަނީ އެޕާޓީގެ ކެންޑިޑޭޓެއް މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ފާސްކޮށްފައެވެ. އަދި އެ ދައުވަތަށް ޖަވާބު ދެއްވަމުން ގާސިމް ރައީސަށް ފޮނުއްވި ސިޓީގައި ވަނީ ޖޭޕީގެ ކައުންސިލުގެ ނިންމުން ތަންފީޒުކުރުމުގައި ސާބިތުވެ ހުންނެވި ކަމަށެވެ.

އޭގެފަހުން ގާސިމަށް ރިޔާސީ ޓިކެޓް އެރުވުމަށް ހުކުރު ދުވަހުގެ ރޭ ޖަލްސާ ބާއްވާފައިވާއިރު އެޖަލްސާއަށް ހާޒިރުވި ސަޕޯޓަރުން މަދުވުމުގެ ސަބަބުން 8:30ގައި ފެށުމަށް ހަމަޖެހިފައިވާ ޖަލްސާ ފަށާފައިވަނީ 10 ޖަހަން ކައިރިވެފައިވަނިކޮށް، ޖަހާފައިވާ ބައެއް ގޮނޑިތައް ނެގުމަށްފަހުއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް