Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލީހުގައި މަރުތަޅު އެޅުވުން

އަސްލު މައްސަލައަކީ ނަޝީދާއި އީވާވެސް ރިޔާސަތާ ދުރަށް ވަޑައިގަންނަވަން ބޭނުންފުޅުނުވުން: ރީކޯ މޫސަ

މޫސަ ވިދާޅުވީ، މަޖިލިސް ހުއްޓުވާލައިގެން އުޅުއްވަނީ މަޖިލީހުގެ މިހާރުގެ ރިޔާސަތުންކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 ޖޫން 2023 | ހޮނިހިރު 08:34
ހޮނިހިރު ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި މޫސަ ވާހަކަފުޅުދައްކަވަނީ

ހޮނިހިރު ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި މޫސަ ވާހަކަފުޅުދައްކަވަނީ

މިހާރު ދިމާވެގެން މި އުޅޭ ހަގީގީ މައްސަލައަކީ މަޖިލީހުގެ ރައީސް ނަޝީދާއި، ނައިބުރައީސް އީވާ އަބްދުﷲ ވެެސް މަޖިލީހުގެ ރިޔާސަތާ ދުރަށް ވަޑައިގަންނަވަން ބޭނުންފުޅުނުވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބުރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވީ ހޮނިހިރު ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ގާނޫނުއަސާސީގައި ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވާކަން ފާހަގަކުރައްވައި މޫސަ ވިދާޅުވީ، މިހާރު މަޖިލިސް ހުއްޓުވާލައްވައިގެން އުޅުއްވަނީ މަޖިލީހުގެ މިހާރުގެ ރިޔާސަތުން ކަމަށެވެ.

މަޖިލީހުގެ ރައީސް ނަޝީދާއި، ނައިބުރައީސް އީވާ އަބްދުﷲ ވެެސް މަޖިލީހުގެ ރިޔާސަތާ ދުރަށް ވަޑައިގަންނަވަން ބޭނުންފުޅުނުވާކަމަށް މޫސަ ވިދާޅުވިއެވެ. ނަމަވެސް އެއީ ހުދުމުޚުތާރުވުންކަން އެބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވަން ޖެހޭނެކަން މޫސަ ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، މަޖިލީހުގެ ރައީސާއި ނައިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވުމަކީ މުހިއްމު މަސައްކަތްތައް މެދުކަނޑާލައި މަޖިލީހުގައި މަރުތަޅު އަޅުވަންޖެހޭ ސަބަބެއް ނޫންކަން ފާހަގަކުރައްވައި މޫސަ ވިދާޅުވީ، ދެން އެހިސާބުން ކަންކަން ކުރަންޖެހޭ ގޮތްވެސް ގާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާކަމަށެވެ.

ރައްޔިތުންގެ މަޖިލީހަކީ ނުހަނު ގިނަ ބާރުތަކެއް ލިބިގެންވާ މުއައްސަސާއަކަށް ވާއިރު، ގައުމުގެ މުހިންމު މަސައްކަތްތައް މަޑުޖެހުމެއްނެތި އެތަނުގައި ހިނގަންޖެހޭނެ ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ، ކޮމިޓީ ބާއްވަން ބޭނުންވާކަމަށް ވިދާޅުވެ އާންމު ކޮމިޓީގެ 3 މެމްބަރަކު މަޖިލީހަށް ސިޓީ ހުށަހެޅުއްވުމުން، އެ ކޮމިޓީއެއް ބާއްވައިދިނުމަކީ މަޖިލީހުގެ އަމީންއާންމު ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެއް ކަމަށެވެ. އެހާހިސާބުން އާންމު ކޮމިޓީއަށް އަނެއްކާވެސް ކޮމިޓީތަކުގެ ކޮމްޕޮޒިޝަން އެކުލަވާލެވިގެން ދާނެކަމަށް މޫސަ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މަޖިލިސް ހިސޯރުކުރައްވާފައި ވަނީ އަމީންއާންމު ފާތިމަތު ނިއުޝާގެ އެއްބާރުލުމާއެކުގައި ކަމަށް ވަނީ ތުހުމަތު ކުރެވެންފަށާފައެވެ.  

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2017

ފަލަސްތީނުގެ މައްސަލައަކީ މުޅި އުއްމަތުގެ މައްސަލައެއް: ޚުތުބާ

08 ޑިސެމްބަރު 2017
ފަލަސްތީނުގެ މައްސަލައަކީ މުޅި އުއްމަތުގެ މައްސަލައެއް: ޚުތުބާ
20 ނޮވެމްބަރު 2017

ކުރިނބީގައި ފުޓްސަލް ދަނޑު އަޅާނެ، މައްސަލައަކީ އެމްޑީޕީ މީހުންނަށް ހަޖަމް ނުވުން: ކައުންސިލް

20 ނޮވެމްބަރު 2017
ކުރިނބީގައި ފުޓްސަލް ދަނޑު އަޅާނެ، މައްސަލައަކީ އެމްޑީޕީ މީހުންނަށް ހަޖަމް ނުވުން: ކައުންސިލް
16 އޮކްޓޯބަރު 2017

ރައީސް ނަޝީދާއި ނާޒިމްގެ މައްސަލައިގައި އަދީބު ފޮނުވި ސިޓީތަކާ ގުޅޭ ގޮތުން އެއްޗެއް ބުނެވޭކަށް ނެތް: ސުޕްރީމް ކޯޓް

16 އޮކްޓޯބަރު 2017
ރައީސް ނަޝީދާއި ނާޒިމްގެ މައްސަލައިގައި އަދީބު ފޮނުވި ސިޓީތަކާ ގުޅޭ ގޮތުން އެއްޗެއް ބުނެވޭކަށް ނެތް: ސުޕްރީމް ކޯޓް
16 ސެޕްޓެމްބަރު 2017

ރައީސް ނަޝީދާއި ނާޒިމަށް ޝަރީއަތްކޮށް ހުކުމް ކުރީ ބައިނަލްއަގްވާމީ ހަމަތަކުގެ މަތިން: ރާއްޖެ

16 ސެޕްޓެމްބަރު 2017
ރައީސް ނަޝީދާއި ނާޒިމަށް ޝަރީއަތްކޮށް ހުކުމް ކުރީ ބައިނަލްއަގްވާމީ ހަމަތަކުގެ މަތިން: ރާއްޖެ
03 އޯގަސްޓު 2017

މެންބަރުން ހާޒިރު ކުރަނީ އޮންނަ އުސޫލުން، އަސްލު އޮޅޭގޮތަށް ޚަބަރު ނުފެތުރުމަށް ގޮވާލަން: ކަރެކްޝަންސް

03 އޯގަސްޓު 2017
މެންބަރުން ހާޒިރު ކުރަނީ އޮންނަ އުސޫލުން، އަސްލު އޮޅޭގޮތަށް ޚަބަރު ނުފެތުރުމަށް ގޮވާލަން: ކަރެކްޝަންސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު