Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމާލޭގައި އައު ރެސްޓޯރެންޓެއް ހުޅުވުން

މޫވެންޕިކާއި ޑޯނަރ ކަބާބް ގުޅިގެން މާލޭގައި ރެސްޓޯރެންޓެއް ހުޅުވައިފި

10 ޖޫން 2023 | ހޮނިހިރު 05:46

މިއީ ރާއްޖޭގައި ޑުއަލް ކޮންސެޕްޓަކަށް ހުޅުވި ފުރަތަމަ ރެސްޓޯރެންޓް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 10 ޖޫން 2023 | ހޮނިހިރު 05:46
މޫވެންޕިކާއި ޑޯނަރ ކަބާބް ގުޅިގެން ހުޅުވި ރެސްޓޯރެންޓު

މޫވެންޕިކާއި ޑޯނަރ ކަބާބް ގުޅިގެން ހުޅުވި ރެސްޓޯރެންޓު

ރާއްޖޭގައި މަގުބޫލުކަން ހޯދާފައިވާ ބައިނަލްއަގުވާމީ ދެ ބްރޭންޑެއް ކަމަށްވާ "ޑޯނަރ ކަބާބް މޯލްޑިވްސް" އާއި "މޫވެންޕިކް" ގުޅިގެން މާލޭގައި ރެސްޓޯރެންޓެއް ހުޅުވައިފިއެވެ.

ލޮނުޒިޔާރަތްމަގުގައި ހުންނަ މި ރެސްޓޯރެންޓް ހުޅުވާފައިވަނީ ހުކުރު ދުވަހު ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. މި ރެސްޓޯރެންޓް ހުޅުވައިދިނީ މޫވެންޕިކްގެ ސައުތު އޭޝިއާ ބްރޭންޑް އެމްބެސެޑަރ، އޭވީއެމް ރައޯއާއި މޫވެންޕިކްގެ ރާއްޖޭގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު އަޝްފާއެވެ.

މިއީ ރާއްޖޭގައި ޑުއަލް ކޮންސެޕްޓަކަށް ރެސްޓޯރެންޓެއް ހުޅުވި ފުރަތަމަ ފަހަރެވެ. މި ރެސްޓޯރެންޓް ޑޯނަރ ކަބާބާއި މޫވެންޕިކުން ހުޅުވާފައިވަނީ ވާލީ އިންޓަނޭޝަނަލްގެ އެފް އެންޑް ބީއާ ވެސް ގުޅިގެންނެވެ.

މި ރެސްޓޯރެންޓުން ޑޯނަރ ކަބާބުގެ ރަހަތަކާއި މޫވެންޕިކް އައިސްކްރީމްގެ ތަފާތު ރަހަތައް ކަސްޓަމަރުންނަށް ތަޖުރިބާ ކުރެވޭނެ ކަމަށް އެ ރެސްޓޯރެންޓުން ބުނެއެވެ. އަދި މިއީ ކާން ތިބެލަން ވަރަށް ހިތްގައިމު ތަނަކަށް ވާނެކަމަށްވެސް ވަނީ ބުނެފައެވެ.

ރެސްޓޯރެންޓް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު މީޑިއާތަކަށް މައުލޫމާތުދެމުން، މޫވެންޕިކްގެ ސައުތު އޭޝިއާ ބްރޭންޑް އެމްބެސެޑަރ އޭވީއެމް ރައޯ ވިދާޅުވީ، ޑުއަލް ކޮންސެޕްޓަކަށް ރެސްޓޯރެންޓެއް ހުޅުވުމުގެ ބޭނުމަކީ ތަފާތު ރަހަތައް އެއްތަނަކުން ތަޖުރިބާ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އަދި މޫވެންޕިކަކީ ކުރިން ސްޓޭންޑިންގ އައުޓްލެޓުތައް ހުރި ބްރޭންޑަކަށްވެފައި އެ ފަދަ ބްރޭންޑެއްގެ އައިސްކްރީމްގެ ތަފާތު ރަހަތައް ރެސްޓޯރެންޓެއްގެ ޒަރީއާއިން އާއްމުންނާ ހިސާބަށް ފޯރުކޮށްދެވުމަކީ ލިބޭ އުފަލެއް ކަމަށްވެސް އޭނާ ބުންޏެވެ.

މި ރެސްޓޯރެންޓާ ގުޅޭގޮތުން ވާހަކަދައްކަމުން ޑޯނަރ ކަބާބް މޯލްޑިވްސްގެ އޮޕަރޭޝަންސް މެނޭޖަރ މުހައްމަދު އިބްރާހީމް ބުނީ، ޔޫރަޕްގެ މަޝްހޫރު ދެ ބްރޭންޑެއް ރާއްޖެއަށް ގެނެސް ޑުއަލް ކޮންސެޕްޓަށް ތައާރަފުކުރުމުގެ ކުރިން މާކެޓް ދިރާސާއެއް ހެދިކަމަށެވެ. އެ ދިރާސާއިން، ތަރުހީބު އޮތްކަން އެނގުނުކަމަށާއި މިއީ ވަރަށް ރަނގަޅު ކޮންސެޕްޓަކަށް ވާނެކަމަށް އޭނާ ބުންޏެވެ.

ސްވިޒަލެންޑުގެ މަގުބޫލު މޫވެންޕިކް ރާއްޖޭގައި ތައާރަފުކުރިތާ 21 އަހަރު ވެފައިވާއިރު، އެ ބްރޭންޑަކީ ދިވެހިންގެ މަގުބޫލުކަން ލިބިފައިވާ ބްރޭންޑެކެވެ. މި ބްރޭންޑުގެ އައިސްކްރީމް ވިއްކާ އައުޓްލެޓްތައް މާލެއާއި ކްރޮސް ރޯޑްސްގައި ވަނީ ހުޅުވާފައެވެ.

ޔޫރަޕުގެ ރަހަތަކާއެކު ޑޯނާ ކަބާބު ރާއްޖެއަށް ތައާރަފުކުރިތާ އެއް އަހަރު ވެފައިވާއިރު، އެ ބްރޭންޑުން މިހާތަނަށް ރާއްޖޭގައި ދެމުން އައީ ޓޭކްއަޥޭގެ ހިދުމަތެވެ. މި ބްރޭންޑަށްވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ވަނީ ލިބިފައެވެ.

އިތުރަށް ކިޔާލަން

31 އޯގަސްޓު 2017

ޕިރަމިޑް "ހޯލް ސޭލް" ޕްރޮމޯޝަންގެ ދަށުން ހުޅުމާލޭގައި ހާއްސަ އިވެންޓެއް!

31 އޯގަސްޓު 2017
ޕިރަމިޑް "ހޯލް ސޭލް" ޕްރޮމޯޝަންގެ ދަށުން ހުޅުމާލޭގައި ހާއްސަ އިވެންޓެއް!
27 އޯގަސްޓު 2017

މޯލްޑިވްސް އެކްޒިބިޝަން އެންޑް ކޮންފެރެންސް ސަރވިސްއާ ބެސްޓްބައި މޯލްޑިވްސް ގުޅިގެން މާސްޓަރ ކުލާހެއް ބާއްވައިފި

27 އޯގަސްޓު 2017
މޯލްޑިވްސް އެކްޒިބިޝަން އެންޑް ކޮންފެރެންސް ސަރވިސްއާ ބެސްޓްބައި މޯލްޑިވްސް ގުޅިގެން މާސްޓަރ ކުލާހެއް ބާއްވައިފި
09 ޖޫން 2017

ލެޓްސް ކޫލްގެ އާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

09 ޖޫން 2017
ލެޓްސް ކޫލްގެ އާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި
12 މެއި 2017

ހުޅުމާލޭގައި ބީއެމްއެލްގެ އިންވެސްޓްމަންޓްތައް ފުޅާކުރަނީ

12 މެއި 2017
ހުޅުމާލޭގައި ބީއެމްއެލްގެ އިންވެސްޓްމަންޓްތައް ފުޅާކުރަނީ
27 އެޕްރީލު 2017

ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި

27 އެޕްރީލު 2017
ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި
19 އެޕްރީލު 2017

ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި

19 އެޕްރީލު 2017
ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި
12 އެޕްރީލު 2017

އަރްޔަންވެދާ ހާރބަލް ކޮސްމެޓިކްސްގެ ޝޯރޫމެއް މާލޭގައި ހުޅުވައިފި

12 އެޕްރީލު 2017
އަރްޔަންވެދާ ހާރބަލް ކޮސްމެޓިކްސްގެ ޝޯރޫމެއް މާލޭގައި ހުޅުވައިފި
24 މާރިޗު 2017

އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ

24 މާރިޗު 2017
އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ
08 މާރިޗު 2017

އަންހެނުންގެ ދުވަހާ ގުޅިގެން ނަޝީ ކޭކްސް އިން ހިލޭ ކޭކް ބަހަނީ

08 މާރިޗު 2017
އަންހެނުންގެ ދުވަހާ ގުޅިގެން ނަޝީ ކޭކްސް އިން ހިލޭ ކޭކް ބަހަނީ
01 ފެބުރުއަރީ 2017

އެއްލައިދޫ މަނިކުއާ ގުޅިގެން އެެމެރިކާ ކުންފުންޏަކުން ދެ ރިސޯޓެއް ހުޅުވަނީ

01 ފެބުރުއަރީ 2017
އެއްލައިދޫ މަނިކުއާ ގުޅިގެން އެެމެރިކާ ކުންފުންޏަކުން ދެ ރިސޯޓެއް ހުޅުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް