Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމާސްޓަރ ކުލާސް

މޯލްޑިވްސް އެކްޒިބިޝަން އެންޑް ކޮންފެރެންސް ސަރވިސްއާ ބެސްޓްބައި މޯލްޑިވްސް ގުޅިގެން މާސްޓަރ ކުލާހެއް ބާއްވައިފި

60 ރިޒޯޓަކުން 145 ބައިވެރިން މާސްޓާކްލާހުގައި ވަނީ ބައިވެރިވެފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 27 އޯގަސްޓު 2017 | އާދީއްތަ 16:21
މާސްޓަރ ކްލާސްގެ ތެރެއިން

މާސްޓަރ ކްލާސްގެ ތެރެއިން

ތައިލަންޑްގެ ކަލިނަރީ އެކަޑަމީގެ ފައުންޑާ ޗެއަރމަން ޝެފް ވިލިމެންޓް ލިއޮންގް މާސްޓާ ކްލާހެއް ހޮނިހިރު ދުވަހު ބާއްވައިފިއެވެ.

މި ކްލާސް ބާއްވައިފައިވަނީ މޯލްޑިވްސް އެކްޒިބިޝަން އެންޑް ކޮންފެރެންސް ސަރވިސް (މެކްސް) ބެސްޓްބައި މޯލްޑިވްސް (ބީބީއެމް) ގުޅިގެންނެވެ.

މި މާސްޓާ ކްލާހުގައި ކެއްކުމާއި ބެހޭ އަދި ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ބައިވެރިވުމާއި ބެހޭ މައުލޫމާތު ބައިވެރިންނާ ވަނީ ހިއްސާ ކޮށްފައެވެ. އަދި ރާއްޖޭގެ 60 ރިޒޯޓަކުން 145 ބައިވެރިން މާސްޓާކްލާހުގައި ވަނީ ބައިވެރިވެފައެވެ.

ކަލިނަރީ ޗެލެންޖް ގެ ޕްރޮޖެކްޓް ޑައިރެކްޓަރ އަދި ޗީފް ޖަޖް އަލަން ޕާމާ ވިދާޅުވީ ކެއްކުމުގެ ދާއިރާގެ އެންމެ ފަހުގެ މައުލޫމާތާއި ޓްރެންޑްތައް ރާއްޖޭގެ ޝެފުންނަށް ހިއްސާ ކުރުމަށްޓަކައި މާސްޓާ ކްލާސްތައް ބޭއްވުމަކީ މުހިންމު ކަމެއް ކަމަށާއި، މި ފަދަ އިތުރު ކްލާސްތައް ގަވައިދުން ރާވާ ހިންގަން މަސައްކަތް ކުރާނެ ކަމަށެވެ.

މާސްޓާ ކްލާސް ގެ ކޯ-ހޮސްޓް ބީބީއެމް ގެ ސީއީއޯ މުހައްމަދު މަޒްލޫމް ވިދާޅުވީ ބީބީއެމް އިން ޤަބޫލު ކުރާ ގޮތުގައި ފައިދާ ކުރަނިވި މަޢުލޫމާތު ހޮސްޕިޓަލިޓީ ސިނާޢަތަށާއި އަދި ހާއްސަކޮށް އެފް އެންޑް ބީ ދާއިރާއަށް ހިއްސާ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެފް އެންޑް ބީ ގެ ދާއިރާއިން ކުރިއަރަމުންދާ ތަފާތު އެކި ސެކްޓަރ ތަކަށް އަމާޒުކޮށް ތަކުރާރުކޮށް ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ސަމާލުކަންދޭ ކަމަށެވެ.

މަޒްލޫމް އިތުރަށް ވިދާޅުވީ ރާއްޖޭގެ ޝެފުން ތަމްރީނު ކުރުމަށް ބޭރަށް ފޮނުވުމަށް ބީބީއެމް އިން އިސްކަންދޭ ކަމަށާއި މި ފަދަ ޕްރޮގްރާމްތައް ހިންގުމުން ބައިނަލްއަޤްވާމީ ފެންވަރަށް ރާއްޖޭގެ ޝެފުން ވެސް ބައްޓަން ކުރެވޭނެ ކަމަށެވެ.

"މި އަހަރުގެ ހޮޓެލް އޭޝިޔާގައި ރިކޯޑް އަދަދެއްގެ ބައިވެރިން ފެނިގެންދާނެ. 600 ބައިވެރިންނާއި އެކީ 2،000 ބްރޭންޑް ދައްކުވާލަން 175 ސްޓޯލް ހުންނާނެ. 35 އަށް ވުރެ ގިނަ ޤައުމު ރަމްޒު ކޮށްދީގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކި އުފެއްދުންތަކާއި ޚިދުމަތްތައް ރާއްޖޭގައި ބާއްވާ މި މަހާސިންތާއިން ފެނިގެން ދާނެ" މެކްސް ގެ ޖެނެރަލް މެނޭޖަރ ހުސްނީ ރައުފް ވިދާޅުވިއެވެ.

ހޮޓެލް އޭޝިޔާ އިންޓާނޭޝަނަލް ކަލިނަރީ ޗެލެންޖަކީ 22 ކެޓަގަރީ އަކަށް ބަހާލައިގެން ކުރިއަށްދާ މުބާރާތެކެވެ.

ހޮޓެލް އޭޝިޔާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް ކުރިއަށް ދާނީ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހާއި ހަމައަށެވެ.

އިތުރަށް ކިޔާލަން

29 މެއި 2017

އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވް އަންނަ އަހަރު ރާއްޖޭގައި

29 މެއި 2017
އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވް އަންނަ އަހަރު ރާއްޖޭގައި
09 މެއި 2017

ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި

09 މެއި 2017
ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި
04 މެއި 2017

މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި

04 މެއި 2017
މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި
04 އެޕްރީލު 2017

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި

04 އެޕްރީލު 2017
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި
29 މާރިޗު 2017

ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި

29 މާރިޗު 2017
ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު