Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސައުދީ އެމްބަސީއަށް ދިން ހަމަލާ

ސޫދާންގައި ހުންނަ ސައުދީ އެމްބަސީއަށް ވަދެ ހަމަނުޖެހުން ހިންގުން ރާއްޖެއިން ކުށްވެރިކޮށްފި

މުވައްޒަފުންނަށް އަމާޒުކޮށް ހިންގާ ހުރިހާ ބާވަތެއްގެ ހަމަނުޖެހުންތައް ހުއްޓުވަން ޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 ޖޫން 2023 | ހުކުރު 16:53
ސޫދާންގައި ހުންނަ ސައުދީ އެމްބަސީ

ސޫދާންގައި ހުންނަ ސައުދީ އެމްބަސީ

ސޫދާންގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީއަށް ވަދެ ހަމަނުޖެހުން ހިންގުން ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސޫދާންގެ ޚަރްތޫމްގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީއަށް ވަދެ ގެއްލުން ދިނުމުގެ އިތުރުން އެމްބަސީގައި މަސައްކަތްކުރާ ސައޫދީ މުވައްޒަފުންގެ ގެތަކަށް ގެއްލުންދީ ޑިޕްލޮމެޓިކް މިޝަންތަކުގެ މައި މަރުކަޒާއި އެ ތަންތަނުގެ މުވައްޒަފުންގެ ކަރާމާތާއި ރައްކާތެރިކަމަށް އުނިކަން އަންނަ ފަދަ އަމަލުތައް ދިވެހި ސަރުކާރުން ކުށްވެރިކުރާ ކަމަށެވެ.

Advertisement - newsAdvertisement

ދިވެހި ސަރުކާރުން ވަނީ ޑިޕްލޮމެޓިކް ހެޑްކުއާޓާސް އާއި އެ ތަންތަން ހިމާޔަތް ކުރުމުގެ މުހިންމުކަމާއި، ބައިނަލްއަގްވާމީ ގާނޫނުތަކާއި ޑިޕްލޮމެޓިކް މިންގަނޑުތަކާ ވަރަށް ބޮޑަށް ހިލާފަށް އެ ތަންތަނުގެ މުވައްޒަފުންނަށް އަމާޒުކޮށް ހިންގާ ހުރިހާ ބާވަތެއްގެ ހަމަނުޖެހުންތައް ހުއްޓުވަން ޖެހޭ ކަމަށް ބުނެފައެވެ. މިފަދަ ޙަމަލާތަކުގެ ސަބަބުން ސަޢޫދީ ޢަރަބިއްޔާއާއި ބައިނަލްއަޤްވާމީ މުޖުތަމަޢުއާއި ކަމާބެހޭ ފަރާތްތަކުން ހަމަނުޖެހުންތަކަށް ސުލްހަވެރި ޙައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތަށް ބުރޫއަރާކަމަށް ބުނެފައި ވެއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރާއި، ރައްޔިތުންނާ އެކު ރާއްޖެ އޮތްކަން ހާމަކޮށް ފޮރިން މިނިސްޓްރީން ބުނީ، ސަރަޙައްދުގެ ހަމަޖެހުމާއި ސުލްހަމަސަލަސްކަން ޤާއިމުކުރުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާނެކަމަށެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު