Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހުސް އަންހެނުންގެ ފްލައިޓެއް ސައޫދީ އަށް

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

9 ޖޫން 2023 | ހުކުރު 17:25

މި ފްލައިޓް މުހިންމުވާ އަނެއް ސަބަބަކީ ފްލައިޓުން ދަތުރު ކުރި އެއްވެސް އަންހެން ހައްޖުވެރިއަކާއެކީ މަހްރަމެއް ދަތުރުކޮށްފައި ނުވާކަން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 9 ޖޫން 2023 | ހުކުރު 17:25
އިންޑިޔާއިން ހުސްއަންހެނުންނާއެކު ދަތުުރު ކުރި ފްލައިޓްގެ ފަސިންޖަރުންނާ ކްރޫ

އިންޑިޔާއިން ހުސްއަންހެނުންނާއެކު ދަތުުރު ކުރި ފްލައިޓްގެ ފަސިންޖަރުންނާ ކްރޫ

ޕައިލެޓުންނާއި ކްރޫ އަދި ފަސިންޖަރުންނަކީ ވެސް ހުސްއަންހެނުންގެ ގޮތުގައި ހިމެނިގެން އިންޑިޔާއިން ސައޫދީ އަރަބިއްޔާއަށް ދަތުރު ކުރި ފުރަތަމަ ފްލައިޓް ބުރާސްފަތިދުވަހު ވަނީ ބާއްވާފައެވެ.

މި ފްލައިޓުން ދަތުރު ކުރީ އިންޑިޔާއިން ހައްޖަށް ދިޔަ 145 އަންހެން ހައްޖާޖީންނެވެ. އެއާއިންޑިޔާ އެކްސްޕްރެސްގެ ބޯޓު ދެކުނު އިންޑިޔާގެ ކެރެލާ އިން ނައްޓާލާފައިވަނީ ބުރާސްފަތި ދުވަހު ހެދުނު 6:45ގައެވެ. އަދި ސައޫދީ އަރަބިއްޔާގެ ޖިއްދާއަށް ޖައްސާފައިވަނީ އެތާގަޑިން 10:45 ގައެވެ. ބޯޓު ޖެއްސުމާއެކު އިންޑިޔާއިން ސައޫދީ އަށް ކަނޑައަޅާފައި ހުންނަވާ ކޮންސުލޭޓް ޖެނެރަލް ވަނީ ފްލައިޓުން ދަތުރު ކުރި ފަރާތްތަކަށް މަރުހަބާ ވިދާޅުވެފައެވެ.

މިއީ ތާރީޚުގައި ވެސް ފަރަތަމަ ފަހަރަށް އިންޑިޔާއިން ހުސް އަންހެނުންނާއެކު ހައްޖު ފްލައިޓެއް ސައޫދީ އަށް ދަތުރު ކުރި ފުރަތަމަ ފަހަރެވެ. ބޯޓުގެ ދެ ޕައިލެޓުންނާ ފްލައިޓް އެޓެންޑަންޓުންނަކީ ވެސް އަންހެނުންނެވެ.

މި ފްލައިޓް މުހިންމުވާ އަނެއް ސަބަބަކީ ފްލައިޓުން ދަތުރު ކުރި އެއްވެސް އަންހެން ހައްޖުވެރިއަކާއެކީ މަހްރަމެއް ދަތުރުކޮށްފައި ނުވާކަމެވެ. އަދި ބޯޓުގެ އެތެރޭގައި ދަތުރުކުރި މީހުންގެ އިތުރުން ބިންމަތީގައި، ޑިސްޕެޗްގައި ވެސް މަސައްކަތް ކޮށްފަވަނީ ހުސްއަންހެނުންނެވެ. މިގޮތުން ފްލައިޓް އޮޕަރޭޝަން، ލޯޑިން، އެންޖިނިއަރިންގ، ގްރައުންޑް ސަރވިސް، ބޯޓު ސާފު ކުރުމާއި އެހެން ހުރިހާކަމެއްގައި ވެސް އުޅެފައިވަނީ ހުސް އަންހެނުން ކަމަށް ވެއެވެ.  

އިންޑިޔާގެ މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން ހޯމަ ދުވަހާ ހަމަޔަށް މިފަދަ 11 ފްލައިޓް ބޭއްވުމަށް ވަނީ އިންތިޒާމްކުރެވިފައެވެ. ހުސް އަންހެން ހައްޖާޖީންނަށް ޚާއްސަ މި އެގާރަ ފްލައިޓްގައި 1،595 އަންހެން ހައްޖުވެރިން ދަތުރު ކުރާނެއެވެ. މި އެންމެންނަކީ ވެސް މަހްރަމަކާނުލާ ދަތުރު ކުރާ މީހުންނެވެ.

މިއަހަރު އިންޑިޔާއިން މުޅި ޖުމްލަ 2،733 އަންހެން ހައްޖުވެރިން މަހުރަމުންނާ ނުލާ ދަތުރު ކުރާނެއެވެ.  

އިންޑިޔާގެ ޔޫނިއަން މިނިސްޓަރު ބާލާ ވިދާޅުވި ގޮތުގައި މިއީ އިންޑިޔާގައި އަންހެނުން ބާރުވެރި ކުރުވުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. އަދި ގައުމުގެ ރައްކާތެރިކަމާއި ކުރިއެރުމަށް އެދި ހައްޖުވެރިން ދުއާކޮށް ދިނުމަށް މިނިސްޓަރު އެދިވަޑައިގެންފައިވެއެވެ. މީގެ އިތުރުން ސްޓޭޓް ހައްޖު ކޮމިޓީން ހައްޖުވެރިންނަށްޓަކައި އެފަދަ ފުރިހަމަ އިންތިޒާމްތަކެއް ހަމަޖައްސާދީފައިވާތީ ޝުކުރު އަދާކުރައްވާފައިވެއެވެ.

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

26 އެޕްރީލު 2017

ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި

26 އެޕްރީލު 2017
ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި
20 އެޕްރީލު 2017

ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރަށްފަހު އަނެއްކާވެސް މުސްލިމެއް

20 އެޕްރީލު 2017
ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރަށްފަހު އަނެއްކާވެސް މުސްލިމެއް
16 އެޕްރީލު 2017

ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ

16 އެޕްރީލު 2017
ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ
15 އެޕްރީލު 2017

އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރު ގަސްދުގައި މަރުވީ ކަމަށް ބެލެވޭ: ފުލުހުން

15 އެޕްރީލު 2017
އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރު ގަސްދުގައި މަރުވީ ކަމަށް ބެލެވޭ: ފުލުހުން
25 މާރިޗު 2017

މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

25 މާރިޗު 2017
މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް
25 ފެބުރުއަރީ 2017

އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި

25 ފެބުރުއަރީ 2017
އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި
21 ފެބުރުއަރީ 2017

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

21 ފެބުރުއަރީ 2017
ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް