Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން

އަލަށް ހެދި ޑިޓެންޝަން ސެންޓަރު އޮޕަރޭޝަނަށް: ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް އަނެއްކާވެސް ފަށައިފި

9 ޖޫން 2023 | ހުކުރު 11:20

މި ޑިޓެންޝަން ސެންޓަރަކީ 200 މީހުންގެ ޖާގައިގެ ސެންޓަރެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 9 ޖޫން 2023 | ހުކުރު 11:20
ބިދޭސީންތަކެއް: ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ޑީޕޯޓު ކުރުމުގެ ކުރިން ހައްޔަރު ކޮށްފައި ބައިތިއްބާނެ ސެންޓަރު ވަނީ ހުޅުވާލައިފައި

ބިދޭސީންތަކެއް: ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ޑީޕޯޓު ކުރުމުގެ ކުރިން ހައްޔަރު ކޮށްފައި ބައިތިއްބާނެ ސެންޓަރު ވަނީ ހުޅުވާލައިފައި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހެދި ޑިޓެންޝަން ސެންޓަރު އޮޕަރޭޝަނަށް ގެނެސް، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް އަލުން ފަށައިފިއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ވަނީ މިދިޔަ އާދީއްތަ ދުވަހު މި "އިމިގްރޭޝަން ޑިޓެންޝަން ސެންޓަރ" އަކީ އިމިގްރޭޝަން ޤާނޫނާ ޚިލާފުވެގެން ރާއްޖެއިން ފޮނުވާލަންޖެހޭ ފަރާތްތައް ބަންދުކުރާ މަރުކަޒެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. މި ސެންޓަރު ހިންގާނީ އިމިގްރޭޝަނުގެ ދަށުންނެވެ.

Advertisement - newsAdvertisement

އިމިގްރޭޝަނުން ބުނި ގޮތުގައި މި ޑިޓެންޝަން ސެންޓަރާއެކު ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ އެ ފަރާތްތަކުގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތްވަނީ ފަށައިފައެވެ. މި މަސައްކަތް ފަށާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.

މި މަސައްކަތް 2019 ވަނަ އަހަރު ފެށީ އިކޮނޮމިކް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އާއި މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެންނެވެ. މި މަސައްކަތުގެ ދަށުން ކޮވިޑުގެ ތެރޭގައި 18،000 އަށްވުރެ ގިނަ ބިދޭސީން ރާއްޖޭން ވަނީ ފޮނުވާލާފައެވެ. ނަމަވެސް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ އަދިވެސް ރާއްޖޭގައި ހައްލުނުވެ އޮތް މައްސަލައެއް ކަމުން އަލުން މި މަސައްކަތް ފުޅާ ދާއިރާއެއްގައި މިހާރު ފެށީއެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުޙައްމަދު އަހުމަދު ހުސައިން (ހަނަފީ) ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިމަތިވި ގިނަ ހުރަސްތަކެއް ގިރާކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، "ނެޝަނަލް ޓާސްކްފޯސް އޮން އިޝޫސް ރިލޭޓެޑް ޓު މައިގްރެންޓް ވާކާސް" ގެ ޗެއަރ ގެ ހައިސިއްޔަތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ކަމާގުޅުންހުރި އެހެނިހެން މިނިސްޓަރުންނާއި މުއައްސަސާތަކުގެވެރިންގެ ލަފާ އާއި މަޝްވަރާގެ މަތިން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، އިމިގްރޭޝަން ޑިޓެންޝަން ސެންޓަރު އޮޕަރޭޝަނަށް ގެނެސް ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ފެށީ ވަރަށް ޖޯޝާއެކުގައި ކަމަށެވެ. އަދި އެ މަސައްކަތް ކާމިޔާބު ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިމިގްރޭޝަނުން އަލަށް ހުޅުވި މި ޑިޓެންޝަން ސެންޓަރަކީ 200 މީހުންގެ ޖާގައިގެ ޑިޓެންޝަން ސެންޓަރެކެވެ. މިއީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ރާއްޖެއިން ފޮނުވާލެވެންދެން އެމީހުން ބައިތިއްބާނެ ވަސީލަތެއް މިހާތަަނަށް ސަރުކާރުގައި ގާއިމް ކުރެވިފައި ނެތުމުގެ ސަބަބުން އެކަމަށް ހައްލެއް ހޯދުމަށް ހުޅުވި ސެންޓަރެކެވެ. އެގޮތުން، ކުރިން ރާއްޖޭގައި ހުރި އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގައި އެއްފަހަރާ ބެއިތިއްބެނީ 40 ވަރަކަށް މީހުން ކަމަށް މީގެ ކުރިން މިނިސްޓަރު ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

ފައްޔާޒު މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ޚާރިހީ ގުޅުންތަކުގެ ކޮމިޓީގައި މައުލޫމާތު ދެއްވަމުން ވިދާޅުވީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފެއްތުމަށް ވޮލަންޓިއަރކޮށް ރެގިއުލަރައިޒްކުރަން ހުޅުވާލުމުން ވާނެވަރު މިހާރު ވެފައި ކަމަށާއި، ދެން އިތުރަށް ހައްލު ކުރެވޭނީ ގަވާއިދާ ޚިލާފަށް އުޅޭ މީހުން ހައްޔަރުކޮށްގެން ކަމަށެވެ. ނަމަވެސް އެފަދަ ވަސީލަތްތައްކެއް ރާއްޖޭގައި ނެތުމުން ދަތިތަކާ ދިމާވާ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން އިމިގްރޭޝަންގެ އައު ޑިޓެންޝަން ސެންޓަރު ހުޅުވައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހައްޔަރުކުރަން ފެށުމަށްފަހު އެފަދަ ބިދޭސީން ގެންގުޅޭ ދިވެހިންނަށް ފިޔަވަޅު އަޅަން ފައްޓަވާނެ ކަމަށް ވެސް ކޮމިޓީގައި ފައްޔާޒު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

23 މާރިޗު 2017

އަލަށް ޓެކްސީ ހުއްދަ ހޯދުމުގެ ފުރުސަތު މުއްދަތެއް ނެތްގޮތަށް އިތުރުކޮށްފި

23 މާރިޗު 2017
އަލަށް ޓެކްސީ ހުއްދަ ހޯދުމުގެ ފުރުސަތު މުއްދަތެއް ނެތްގޮތަށް އިތުރުކޮށްފި
06 މާރިޗު 2017

ދޫނިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި

06 މާރިޗު 2017
ދޫނިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި
25 ފެބުރުއަރީ 2017

ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް

25 ފެބުރުއަރީ 2017
ތިނަދޫގައި އަޅާ އިސްލާމިކް ސެންޓަރުގެ ޕްރޮޖެކްޓް އެއްކޮށް މިސަރުކާރުން މިވަނީ ބަދަލުކޮށްފަ: ގަސަމް
17 ފެބުރުއަރީ 2017

ކޮންވެންޝަން ސެންޓަރު ހަލާކުކޮށްލަން އެއުޅެނީ، ހޮސްޕިޓަލެއް ވެސް ނާޅާނެ: ޔަސްރިފް

17 ފެބުރުއަރީ 2017
ކޮންވެންޝަން ސެންޓަރު ހަލާކުކޮށްލަން އެއުޅެނީ، ހޮސްޕިޓަލެއް ވެސް ނާޅާނެ: ޔަސްރިފް
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
29 ޖެނުއަރީ 2017

ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

29 ޖެނުއަރީ 2017
ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
19 ޖެނުއަރީ 2017

ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!

19 ޖެނުއަރީ 2017
ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް