Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައްޖަށް މީހުން ގެންދިއުން

ހައްޖު ކިއު ވަރަށް ދިގު، 5000ށް ވުރެ ގިނަ މީހުން ލިސްޓުގައި އެބަތިބި

9 ޖޫން 2023 | ހުކުރު 08:53

2029 ވަނަ އަހަރު ހައްޖަށް ދާން ބޭނުންވާ މީހުންނަށް އެފުރުސަތު މިހާރު ވަނީ ހުޅުވާލާފައި

އަމްނާ އިމާދު
އަމްނާ އިމާދު | 9 ޖޫން 2023 | ހުކުރު 08:53
ހައްޖުވެރިންތަކެއް

ހައްޖުވެރިންތަކެއް

ހައްޖު ކިއު ވަރަށް ދިގު ކަމަށާއި، 5000ށް ވުރެ ގިނަ މީހުން ލިސްޓުގައި އެބަތިބި ކަމަށް ހައްޖު ކޯޕްރޭޝަނުން ބުނެފިއެވެ.

ރާއްޖެޓީވީގައި ވާހަކަދައްކަވަމުން ހައްޖު ކޯޕަރޭޝަންގެ ކޯޕަރޭޓް އެފެއާޒްގެ މެނޭޖަރު އާއިޝަތު ޤާހިރު ވިދާޅުވީ ހައްޖު ކިޔު ވަރަށް ދިގު ކަމަށާއި، މިހާރު 2029 ވަނަ އަހަރު ހައްޖަށް ދާން ބޭނުންވާ މީހުންނަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. 2029 ވަނަ އަހަރު ހައްޖަށް ދިއުމަށް މިހާރު އެއްކޮށް ފައިސާ ދައްކައިފިނަމަ ނުވަތަ 75 އިންސައްތަ ފައިސާ ދައްކައިފިނަމަ ކިޔުގައި ނަން ނޯޓު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކޮވިޑް-19ގެ ހާލަތަށް އިޝާރާތްކުރައްވައި އާއިޝަތު ވިދާޅުވީ ދެއަހަރު ފަހަތަށް ޖެހެން ޖެހުނު ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ކޯޓާ ލިބުނީ ވަރަށް މަދުން ކަމަށާއި، ހައްޖަށް ދެވޭނެ ކަމަށް އުންމީދު ކުރި ގިނަ ބަޔަކަށް ވެސް ނުދެވުނު ކަމަށެވެ. އަދި ވިދާޅުވީ މިދިޔަ އަހަރުގެ އުސޫލުތައް ހުރި ގޮތުން 60 އަހަރުން މަތީގެ މީހުންނަށް ހައްޖަށް ދިއުމަށް ވިސާ ނުލިބުނު ކަމަށާއި، މިއަހަރު އެ މީހުންނަށް ފުރުސަތުދީފައިވާ ކަމަށެވެ.

މީގެ އިތުރުން އާއިޝަތު ވިދާޅުވީ މިއަހަރު ހައްޖަށްދާ މީހުންގެ ތެރެއިން ގިނައީ އުމުރުން ދުވަސްވީ މީހުން ކަމަށެވެ. އެހެންކަމުން ޚާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ހައްޖުގެ ކިޔުގައި 5000ށްވުރެ ގިނަ މީހުން ތިބިއިރު ކޯޓާ އިތުރު ކުރުމަށް ވެސް ސައުދީ ސަރުކާރާއެކު މަޝްވަރާ ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި ސައުދީ ސަރުކާރުން ކޯޓާ އިތުރުކޮށްދެނީ ވެސް އެ ގައުމެއްގައި ދިރިއުޅޭ މުސްލިމުންގެ އާބާދީއަށް ބެލުމަށްފަހު އެވެ. މިދިޔަ އަހަރު މަދުން ކޯޓާ ލިބުނު ނަމަވެސް އާއްމު ގޮތެއްގައި ކޯޓާ ދޭ މިންވަރަށް މި އަހަރު ކޯޓާ ދޫކޮށްފައިވާކަން މިނިސްޓްރީން ފާހަގަކުރިއެވެ.

މީގެ އިތުރުން ކޯޓާގެ 5 އިންސައްތަ ޚާއްސަކުރަނީ ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ތަހައްމަލް ކުރާ މީހުންނަށެވެ. އެގޮތުން މިއަހަރު ވެސް އެފުރުސަތު ހުޅުވާލާ އިވެލުއޭޓް ކުރުމަށްފަހު، ކިޔުގެ ތަރުތީބު އެފަދަ މީހުންނަށާއި، އެހީތެރިޔާއަށް ފުރުސަތު ދީފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
29 ޖެނުއަރީ 2017

ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

29 ޖެނުއަރީ 2017
ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް