Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖޭޕީން ރައީސް އާއެކު ކޯލިޝަން ނުހެދުން

ކޯލިޝަން ނުހަދާނެކަން ގާސިމް ރަސްމީކޮށް ރައީސަށް އަންގަވައިފި

9 ޖޫން 2023 | ހުކުރު 02:43

ޖޭޕީގެ ކައުންސިލުގެ ނިންމުން ތަންފީޒުކުރުމުގައި ސާބިތުވެ ހުރިކަމަށް ގާސިމް ރައީސަށް ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 ޖޫން 2023 | ހުކުރު 02:43
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއެކު ކޯލިޝަން ނުހަދާނެކަން ޖުމްހޫރީ ޕާޓީން ރަސްމީކޮށް ރައީސަށް އަންގަވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އެކަން ރަސްމީކޮށް ރައީސަށް އަންގަވާފައި މިވަނީ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ އާއެކު ކޯލިޝަން ހެދުމަށް އެދިވަޑައިގެން ރައީސް ފޮނުއްވި ދައުވަތަށް ދެއްވި ޖަވާބުގައެވެ. ރިޔާސީ އިންތިހާބުގައި އެމްޑީޕީ އިން ކޯލިޝަން ހެދުމުގެ ބާރު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އަށް ދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވަނީ ފެބްރުއަރީ މަހުއެވެ. އޭގެފަހުން ރައީސް ވަނީ ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމުގެ ދައުވަތު މިހާރު ވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ފޮނުއްވާފައެވެ.

Advertisement - newsAdvertisement

އެދައުވަތަށް ރަސްމީކޮށް ޖަވާބު ދެއްވަމުން ޤާސިމް ރައީސަށް ފޮނުއްވި ސިޓީގައި ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގަޔާއި 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓް ހޮވުމަށް އިޚުލާސްތެރި މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އަދި އެ ދެފަހަރު ވެސް ޖޭޕީން އެމްޑީޕީގެ ކެންޑިޑޭޓަށް ބައިއަތު ހިފައި ރާއްޖޭގެ ވެރިކަމަށް ގެނައުމަށް ތާއީދުކުރީ ރާއްޖޭގެ ސަރަހައްދާއި، މިނިވަންކަމާއި، އިސްތިގުލާލާއި، ދިވެހިންގެ ދީން ރައްކާތެރިކޮށް، ރާއްޖޭގެ ސްޓްރަޓެޖިކް އެސެޓްތަކާއި ރާއްޖޭގެ އިގްތިޞާދު ހިމާޔަތްކޮށް ކުރިއަރުވައި، ރައްޔިތުންގެ މެދުގައި އިންސާފު ގާއިމުކޮށް، ދިވެހިންގެ މެދުގައި އިޖުތިމާއީ ހަމަޖެހުން އާލާކޮށް، ގައުމަށް ތަރައްގީ އާއި ކުރިއެރުން ގެނެސްދީ، ހަމަޖެހޭ، އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ވައުދުވެ ދިން ޔަގީންކަމުގެ މައްޗަށްކަމަށެވެ.

ނަމަވެސް ރައީސް ޞާލިހުގެ ޒައާމަތުގައި އެކަންކަމާމެދު މިހާތަނަށް އަމަލުކުރެއްވި ގޮތުންނާއި ކަންކަން ހިނގަމުންދާ ގޮތުން، ފެބްރުއަރީ މަހު ބޭއްވި ޖޭޕީގެ ކޮންގްރެސްގައި ވަނީ ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ފަރާތުން ކެންޑިޑޭޓެއް ނެރުމަށް ކޮންގްރެސްގެ އިއްތިފާގުން ފާސްކޮށްފައި ކަމުގައެވެ. އަދި ޖޭޕީގެ ކައުންސިލަށް ގަރާރު ހުށަހެޅުމުން ކައުންސިލުން ވެސް ވަނީ އިއްތިފާގުން ގަރާރު ފާސްކޮށް ގަރާރުގައިވާ ހުށަހެޅުން ގަބޫލުކޮށް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަންޖެހޭ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކީ ޤާސިމް ކަމަށް ކަނޑައަޅައި އެކަން ފާސްކޮށްފައިކަމަށެވެ.

އެހެންކަމުން ޖޭޕީގެ ކައުންސިލުގެ ނިންމުން ތަންފީޒުކުރުމުގައި ސާބިތުވެ ހުރިކަމަށް ޤާސިމް ރައީސަށް ފޮނުއްވި ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ކައުންސިލުން އިންތިޚާބުގައި ވަކިން ވާދަކުރުމަށް ނިންމުމާއެކު ސަރުކާރުގެ އެކި މަގާމުގައި ތިބި ޖޭޕީގެ ބައެއް މެންބަރުން ވަނީ ޖޭޕީން ވަކިވެ ރައީސް ޞާލިހަށް ތާއީދުކޮށްފައެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މިއުވާން މުހައްމަދު މީގެ ކުރިން ވިދާޅުވެފައި ވަނީ ޖޭޕީގެ ސްލޮޓްތަކުގައި ސަރުކާރުގެ މަގާމުތަކުގައި ތިބި މެންބަރުން މަގާމުތަކުން ވަކިނުކޮށް ބައިތިއްބާފައި ތިބީ ވެސް ޖޭޕީއިން އިންތިހާބަށް ވަކިން ނުކުންނަކަން ރަސްމީކޮށް ރައީސްއަށް އަންގާފައި ނުވާތީ ކަމަށެވެ. 

މި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރަކީ ޤާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ އެވެ. މީގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު އާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އަދި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ މިނިސްޓަރު ކަމުގައި ތިއްބަވަނީ ޖޭޕީގެ ސްލޮޓްތަކުގައެވެ.

އޭގެ ތެރެއިން މިނިސްޓަރު މައުސޫމް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސާލިހަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ.

ޤާސިމަށް ރަސްމީކޮށް ރިޔާސީ ޓިކެޓް އަރުވަން ބާއްވާ ޚާއްސަ ޖަލްސާއެއް ހުކުރު ދުވަހުގެ ރޭ އޮންނާނެ ކަމަށް ޖޭޕީން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

27 މާރިޗު 2017

މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެމްބަރުން، ހަތަރު ޕާޓީންގެ ތާއިދާއި އެކު އިތުރު ދައުރަކަށް ހޮވައިދޭނަން: ގާސިމް

27 މާރިޗު 2017
މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެމްބަރުން، ހަތަރު ޕާޓީންގެ ތާއިދާއި އެކު އިތުރު ދައުރަކަށް ހޮވައިދޭނަން: ގާސިމް
22 މާރިޗު 2017

ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި

22 މާރިޗު 2017
ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި
21 މާރިޗު 2017

ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު

21 މާރިޗު 2017
ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު
21 މާރިޗު 2017

ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި

21 މާރިޗު 2017
ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި
20 މާރިޗު 2017

ގާސިމްގެ ވާހަކަފުޅަށް މަރުޙަބާ، އެކަކު އަނެކެއްގެ ކިބައި ހިތްވަރު ލިބި ކާމިޔާބު ހޯދާނަން: ނަޝީދު

20 މާރިޗު 2017
ގާސިމްގެ ވާހަކަފުޅަށް މަރުޙަބާ، އެކަކު އަނެކެއްގެ ކިބައި ހިތްވަރު ލިބި ކާމިޔާބު ހޯދާނަން: ނަޝީދު
20 މާރިޗު 2017

2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު

20 މާރިޗު 2017
2018 ގެ ރިޔާސީ ވޯޓްގައި ގާސިމްގެ ނަން އޮންނާނެ: އަބްދުﷲ ރިޔާޒު
20 މާރިޗު 2017

މެމްބަރުން އެނބުރި ވަޑައިގެންފި ނަމަ ގައުމުގެ ހުރިހާ ކަމެއް އެއްފަހަރާ ހަމަޖެހޭނެ: ގާސިމް

20 މާރިޗު 2017
މެމްބަރުން އެނބުރި ވަޑައިގެންފި ނަމަ ގައުމުގެ ހުރިހާ ކަމެއް އެއްފަހަރާ ހަމަޖެހޭނެ: ގާސިމް
09 މާރިޗު 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން އެމްޔޫއޯއިން ރަސްމީކޮށް ފަށައިފި

09 މާރިޗު 2017
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން އެމްޔޫއޯއިން ރަސްމީކޮށް ފަށައިފި
27 ފެބުރުއަރީ 2017

އެމްޔޫއޯއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް މާޗް 9 ގައި ފަށަނީ

27 ފެބުރުއަރީ 2017
އެމްޔޫއޯއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް  މާޗް 9 ގައި ފަށަނީ
31 ޖެނުއަރީ 2017

ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި

31 ޖެނުއަރީ 2017
ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް