Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްޑޫ ބިން ހިއްކުން

އައްޑޫ ސިޓީ އިތުރަށް ތަރައްގީކުރުމަށް ބިން ބޭނުންވޭ، އެ މަޝްރޫއު ކުރިއަށްދާނެ: ސަރުކާރު

މިހާރު ހިއްކާފައިވާ ބިންތައް ބޭނުންކުރާނެ ގޮތުގެ ޕްލޭންތައް ކައުންސިލްގައި ހުންނާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 8 ޖޫން 2023 | ބުރާސްފަތި 14:09
އައްޑޫ ސިޓީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ

އައްޑޫ ސިޓީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ

އައްޑޫ ސިޓީ އިތުރަށް ތަރައްގީ ކުރުމަށް ބިން ބޭނުންވާކަމަށާއި، އެމަޝްރޫއު ކުރިއަށްދާނެކަމަށް ސަރުކާރުން ބުނެފިއެވެ.

އައްޑޫގެ ބިން ހިއްކުމުގެ ބިޔަ ބޮޑު މަޝްރޫއެއް ފަށާފައިވާތީ، އެކަމާ ބައެއް ފަރާތްތަކުން ދެކޮޅުހަދައި ''ސޭވް އައްޑޫ''ގެ ނަމުގައި ދަނީ ކެމްޕޭނެއް ކުރިއަށް ގެންދަމުންނެވެ. އަދި މި ކެމްޕޭން ކުރިއަށްގެންދަނީ އައްޑޫގެ ތިމާވެއްޓަށް ވަރަށް ބޮޑަށް ގެއްލުން ލިބޭތީ ކަމަށް، ކެމްޕޭން ކުރިއަށްގެންދާ ފަރާތްތަކުން ބުނެއެވެ. މިކެމްޕޭނާ ގުޅިގެން މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ، މީސްމީޑިއާގައި ބޭނުންކުރަމުންދާ ''ސޭވް އައްޑޫ'' ސްލޯގަންއަކީ ސަރުކާރާ ދެކޮޅަށް ގެންގުޅޭ ކެމްޕޭނު ސްލޯގަންއެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، އައްޑޫ ތަރައްގީކުރުމަށް ބިން ބޭނުންވާކަމަށާއި، އައްޑޫ ތަރައްގީކުރަނީ ވަކި ޕްލޭނެއްގެ ދަށުން ކަމަށެވެ.

މިއުވާން ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދަނީ ކައުންސިލާ ފުރިހަމައަށް މަޝްވަރާ ކުރުމަށްފަހު ކަމަށާއި، ތިމާވެއްޓަށްވެސް ބަލައިގެން ކަމަށެވެ. މިހާރު ހިއްކާފައިވާ ބިންތައް ބޭނުންކުރާނެ ގޮތުގެ ފުރިހަމަ ޕްލޭންތައް ކައުންސިލްގައި ހުންނާނެކަމަށް މިއުވާން ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ތަރައްގީއާއި އިގްތިސާދާ ގުޅިފައިވާ، ބިންހިއްކުމުގެ މަޝްރޫއު ރައީސް އިބްރާހީމް މުހައްމަދު ސާލިހު ރަސްމީކޮށް ފައްޓަވައިދެއްވީ 03 ޖޫން 2023ގައެވެ.

މި މަޝްރޫއުގެ ދަށުން އެ ސިޓީއަށް ޖުމުލަ 194.3 ހެކްޓަރުގެ ބިން އިތުރުކުރެވޭނެއެވެ. އަދި މި މަޝްރޫއުގެ ދަށުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްވެސް ކުރާނެއެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި

22 ޖެނުއަރީ 2017
ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
14 ޖެނުއަރީ 2017

އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

14 ޖެނުއަރީ 2017
އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު