Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިންޑިއާ ރޭލު އެކްސިޑެންޓް

އެންމެ ހަށިގަނޑަކަށް ދަޢުވާ ކުރާ 6 ޢާއިލާ: ޖަވާބު، ޑީއެންއޭގަ!

ޢާއިލާއަކުން ހަވާލުވެފައި ނުވާ 100 އެއްހާ މީހުންގެ ހަށިގަނޑު އަދިވެސް އެބަ އޮތް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 8 ޖޫން 2023 | ބުރާސްފަތި 06:18
އެންމެ ހަށިގަނޑަކަށް ދަޢުވާ ކުރާ 6 ޢާއިލާ: ޖަވާބު، ޑީއެންއޭގައި

އެންމެ ހަށިގަނޑަކަށް ދަޢުވާ ކުރާ 6 ޢާއިލާ: ޖަވާބު، ޑީއެންއޭގައި

މިދިޔަ 20 އަކަށް އަހަރު ދުވަހުގެ ތެރޭގައި އިންޑިއާގައި ހިނގި އެންމެ ނުރައްކާތެރި އެއް ރޭލު އެކްސިޑެންޓަށްފަހު، އެ ހާދިޘާގައި ޝިކާރައަކަށް ވީ މީހުންގެ ޢާއިލާތަކަށް އަދިވެސް ހަމަޖެހުމުގެ ނޭވާއެއް ލެވޭ ގޮތެއް ނުވެއެވެ. މުޙައްމަދު އިނާމުލް ޙައްޤު، އޭނާގެ އަޚެއްގެ ޚަބަރެއް ނުވެގެން އުޅޭތާ 4 ދުވަސްވެއްޖެއެވެ. އެކްސިޑެންޓްގައި މި ދުނިޔެއާ ވަކިވި ބޮޑުބެ ދަރިފުޅު ހަށިގަނޑުވެސް، ހޮސްޕިޓަލުން ނެރެވޭ ގޮތެއް އަދި ނުވެއެވެ.

އިނާމުލް ޙައްޤުގެ އަޚަކާއި، އޭނާއަށް ބޮޑުބެ ކިޔާ 2 ކުއްޖަކު ދަތުރު ކުރަމުން ދިޔައީ ހުކުރު ދުވަހުގެ ރޭ އޮރިއްސާގައި ހިނގި އެކްސިޑެންޓްގައި ޖެހުނު 3 ރޭލުގެ ތެރެއިން ކޯރޯމަންޑެލް އެކްސްޕްރެސްގެ ރޭލުގައެވެ.

ޖޫން 2 ވަނަ ދުވަހުގެ އެކްސިޑެންޓްގައި އިނާމުލް ހައްޤަށް އުފުލަން ޖެހިފައި ހިތާމަ 2 ގުނަ އިތުރެވެ. އޭނާގެ އަޚެއްގެ އިތުރުން، ބޮޑުބެ ދަރިއަކަށް ވީ ގޮތެއް އަދިވެސް ނޭނގެއެވެ. އެކްސިޑެންޓްގައި މަރުވި މީހުންގެ ހަށިގަނޑުތައް ބާއްވާފައި ވާ ތަނުގައި އޮތް ހަށިގަނޑަކީ، ނުފެނިގެން އުޅޭ ބޮޑު ދަރީގެ ހަށިގަނޑު ކަމަށް އިނާމުލް ޙައްޤު ބުނާ އިރު، އިތުރު އެހެން 5 ޢާއިލާއަކުން ދަނީ، އެ ހަށިގަނޑަކީ އެ ޢާއިލާތަކުގެ މެންބަރެއްގެ ހަށިގަނޑެއް ކަމަށް ވަކާލާތު ކުރަމުންނެވެ.

އޮރިއްސާގެ ހޮސްޕިޓަލުތަކާ މޯޗަރަކީތަކުގައި، ވަކި ޢާއިލާއަކުން ހަވާލުވެފައި ނުވާ 100 އެއްހާ މީހުންގެ ހަށިގަނޑު އަދިވެސް އެބަ އޮތެވެ. އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ، މަރުވެފައި ވާ މީހުންގެ ހަށިގަނޑުން ޑީއެންއޭ ސާމްޕަލް ނަގާފައެވެ.

ޢާއިލާތަކުން ދަނީ ގެއްލިފައިވާ ޢާއިލާގެ މެންބަރުންނާއި ލޯބިވާ މީހުން ހޯދުމަށް، ހޮސްޕިޓަލުތަކާއި މޯޗަރީތަކުގައި އަތްފުނާ އަޅަމުންނެވެ. ނަމަވެސް، ބައެއް ހަށިގަނޑުތަކަށް ލިބިފައި ވާ އަނިޔާތަކުގެ ބޮޑުކަމުން، އެއީ ކާކުކަން ދެނެގަތުން ވަނީ އިންތިހާއަށް ދަތިވެފައެވެ.

އިނާމުލް ޙައްޤު ހުރީ، ރޭލުން ދަތުރު ކުރި، އޭނާއަށް ބޮޑުބެ ކިޔާ 2 ކުދިންގެ ތެރެއިން، މަރުވެފައި އޮއްވާ ފެނުނު ކުއްޖާގެ ހަށިގަނޑުން ނެގި ޑީއެންއޭ ސާމްޕަލްއާއި، 6 ޢާއިލާއަކުން ދަޢުވާ ކުރާ ހަށިގަނޑުގެ ޑިއެންއާ ދިމާވާނެ ކަމުގެ ޢުއްމީދުގައެވެ.

އޮޑިއްސާ ސްޓޭޓްގައި ފަސެންޖަރުން އުފުލާ ރޭލެއް، ހުއްޓާފައި އޮތް މުދާ އުފުލާ ރޭލެއްގައި ޖެހި، ދަގަނޑުމަތިން ކަހާލައިގެން ގޮސް، ކުރިމަތިން އައި ފަސެންޖަރުން އުފުލާ އިތުރު ރޭލެއްގައި ޖެހި އެކްސިޑެންޓްވި ހާދިޘާގެ ތަޙުޤީޤުތައް އަދިވެސް ދަނީ ކުރިއަށެވެ.

މިހާތަނަށް ކުރިއަށް ގެންދިޔަ ތަޙުޤީޤުތަކުން އެނގިފައި ގޮތުގައި، ކަލްކަޓާއިން ފުރައިގެން ދެކުނަށް ވާ ގޮތަށް ޗެންނާއިއަށް ދުއްވަމުން ދިޔަ ކޯރޯމަންޑެލް އެކްސްޕްރެސްގެ ރޭލު، މައި ދަގަނޑުން ހަވާސާވެ، އަރިމަތީގައި ރޭލުތައް ޕާކު ކުރަން އޮންނަ ދަގަނޑަށް އެރީ ގަޑިއަކު 128 ކިލޯމީޓަރު ގަޑިއަކު 80 މޭލު ބާރުމިނުގައެވެ. އެރި ގޮތަށް، ހުއްޓާފައި އޮތް ކާގޯ ރޭލުގައި ޖެހުނީއެވެ.

ކާގޯ ރޭލުގައި ޖެހުމުގެ ސަބަބުން، ކޯރޯމަންޑެލް ރޭލުގެ އިންޖީނު ގެގަނޑާއި އިތުރު 4 ނުވަތަ 5 ބައެއް، ރޭލު ދަގަނޑުމަތިން ކަހާލައިގެން ގޮސް، ޔިޝްވަންތުޕޫރު-ހޯވްރާ ރޭލުގެ ފަހަތު 2 ބައިގައި ޖެހުނެވެ. ޔިޝްވަންތުޕޫރު-ހޯވްރާގެ ރޭލު ދަތުރު ކުރަމުން ދިޔައީ ރޭލުތައް ދަތުރު ކުރަން އޮންނަ މައިގަނޑު ދަގަނޑުތަކުގެ ތެރެއިން 2 ވަނަ މަގުން، ކޯރޯމަންޑެލްގެ ރޭލާ އިދިކޮޅަށް، ގަޑިއަކު 126 ކިލޯމީޓަރު ބާރު މިނުގައެވެ.

އިންޑިއާގެ ރޭލު ދަތުރުފަތުރާ ބެހޭ އިދާރާއިން ދަނީ، ހުކުރު ދުވަހުގެ ހާދިޘާގައި ފުރާނަ ގެއްލި ދިޔަ ކޮންމެ މީހެއްގެ ޢާއިލާއަށް، މާލީ ބަދަލުގެ ގޮތުގައި 1 މިލިއަން އިންޑިއަން ރުޕީޒް، ނުވަތަ 12000 އެމެރިކާ ޑޮލަރު ހަމަޖައްސާދެމުންނެވެ.

އިންޑިއާގެ ރޭލު ދަތުރުފަތުރުގެ ނިޒާމަކީ ކޮންމެ ދުވަހަކުވެސް 13 މިލިއަނަށް ވުރެ ގިނަ މީހުން، އެ ނިޒާމުގެ ތެރެއިން ޚިދުމަތް ހޯދާ ނިޒާމެއް ކަމަށް އިންޑިއަން ރޭލްވޭޒްއިން ބުނެއެވެ. ނަމަވެސް، އިންޑިއާ ދަޢުލަތުގެ ފުރިހަމަ ބާރު އޮންނަ މި ނިޒާމުގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ގިނަ ބައެއްގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދުނިޔޭގެ ބަޙުސަކީ "ކޯވިޑު19ގެ އެގްޒިޓު" ކޮބައިހެއްޔެވެ؟ ރައީސް ސޯލިޙުގެ ޖަވާބުން، "އެގްޒިޓު" އޮތީ، ފެންނާށެވެ!

ދުނިޔޭގެ ބަޙުސަކީ "ކޯވިޑު19ގެ އެގްޒިޓު" ކޮބައިހެއްޔެވެ؟ ރައީސް ސޯލިޙުގެ ޖަވާބުން، "އެގްޒިޓު" އޮތީ، ފެންނާށެވެ!

27 މާރިޗު 2020
ބިޝާމަށްވެސް ޖަވާބުދާރީވާން ފުރުސަތު ދޭންޖެހޭ!

ބިޝާމަށްވެސް ޖަވާބުދާރީވާން ފުރުސަތު ދޭންޖެހޭ!

22 ނޮވެމްބަރު 2019
އައިޝާގެ ޖަވާބުން ފުދިއްޖެ!

އައިޝާގެ ޖަވާބުން ފުދިއްޖެ!

14 މާރިޗު 2019
އޭސީސީއަށް ޖަވާބު ނުދެވުނު ސުވާލު: ޚިޔާނާތުގެ ފައިސާއަށް ދެންވީ ކިހިނެތް؟

އޭސީސީއަށް ޖަވާބު ނުދެވުނު ސުވާލު: ޚިޔާނާތުގެ ފައިސާއަށް ދެންވީ ކިހިނެތް؟

15 ފެބުރުއަރީ 2019
ޖަލުގައި ނެގި ފޮޓޯއަށް އިމްރާންގެ ޖަވާބު: އެއީ ގޯހެއް، ކުށެއް!

ޖަލުގައި ނެގި ފޮޓޯއަށް އިމްރާންގެ ޖަވާބު: އެއީ ގޯހެއް، ކުށެއް!

02 ޖެނުއަރީ 2019

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު