Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެސީގެ މުސްތަޤުބަލު

ބާސެލޯނާ އަށް ގޮތެއް ނުހޯދި، މެސީ އެންމެ ފަހުން އިންޓަ މިއާމީ އަށް!

އެކަން ކުރިއަށް އޮތް ވަގުތުތަކުގެ ތެރޭގައި ރަސްމީކޮށް މެސީ އިއުލާން ކުރާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ޖޫން 2023 | ބުދަ 16:16
އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށްލަން ނިންމާފައިވާ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެންމެ ފަހުން އެމެރިކާ ލީގުގެ އިންޓަ މިއާމީ އަށް ބަދަލުވާން ނިންމައިފި އެވެ.

ޕީއެސްޖީއާއެކު ހަދާފައި އޮތް ދެ އަހަރުގެ އެއްބަސްވުން ހަމަވުމުން މެސީ ވަނީ އެ ކުލަބު ދޫކޮށްލައިފަ އެވެ. އެއާއެކު މެސީގެ ކުރީގެ ކުލަބު، ސްޕެއިންގެ ބާސެލޯނާ އިން ވަނީ އޭނާގެ ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ. އެކަމުގައި މެސީގެ ބައްޕަ ޖޯޖު މެންޑޭސް އާއި ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ ވަނީ ބައްދަލު ވެސް ކޮށްފަ އެވެ. އެ ބައްދަލުވުމަށްފަހު މެސީގެ ބައްޕަ ބުނީ، މެސީ ހުރީ ބާސެލޯނާާ އަށް ބަދަލުވާން ތައްޔާރަށް ކަމަށެވެ. ނަމަވެސް އެކަމުގައި ބާސެލޯނާ އިން ފުރިހަމަ ކުރަން ޖެހޭ ކަންކަން ހުރުމާއެކު، މެސީ ގެނެވޭނެކަމާ މެދު އޮތީ ސުވާލު އުފެދިފަ އެވެ.

ބާސެލޯނާގެ އިތުރުން ސައުދީ ލީގުގެ އަލް ހިލާލުން ވެސް ވަނީ މެސީ ހޯދުމަށް މަސައްކަތް ކޮށްފަ އެވެ. އެހެން ނަމަވެސް ބޭރުގެ ގިނަ މީޑިއާތަކުގައި ބުނެފައިވާ ގޮތުގައި، އިންގްލެންޑުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމްގެ އިންޓަ މިއާމީ އަށް ބަދަލުވާން މިހާރު މެސީ ވަނީ ނިންމައިފަ އެވެ. އެކަން ކުރިއަށް އޮތް ވަގުތުތަކުގެ ތެރޭގައި ރަސްމީކޮށް މެސީ އިއުލާން ކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެހެންކަމުން ކުރިއަށް އޮތް ސީޒަނުގައި މެސީ ފެންނާނީ އެމެރިކާ ލީގުންނެވެ. މެސީ ހޯދުމަށް ބާސެލޯނާ އިން ގަދައަޅާ ކުރަމުން އައި މަސައްކަތް ވަނީ ބޭކާރުވެފަ އެވެ.

އާޖެންޓީނާއާއެކު މިދިޔަ އަހަރު އޮތް ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރި ކުޅުންތެރިޔާ އިންޓަ މިއާމީ އަށް ބަދަލުވާން ނިންމައިފި ކަމަށް ބުނެފައިވީ ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް މިހާތަނަށް ހާމަވެފައެއް ނުވެ އެވެ. އިންޓަ މިއާމީން ވަނީ މީގެ ކުރިން ވެސް މެސީ ހޯދުމަށް އެކި ގޮތްގޮތުން މަސައްކަތް ކޮށްފަ އެވެ. މެސީ ވަނީ ފުޓުބޯޅައިގައި ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ. އެގޮތުން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑޯ އެވޯޑު އޭނާ ވަނީ ހަތް ފަހަރު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ޔޫރަޕުގެ ރަން ބޫޓު ވަނީ ހަ ފަހަރު ކާމިޔާބުކޮށްފަ އެވެ. މިއީ މި ދެ އެވޯޑުގެ ރެކޯޑެކެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

06 ފެބުރުއަރީ 2017
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
01 ފެބުރުއަރީ 2017

ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި

01 ފެބުރުއަރީ 2017
ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި
31 ޖެނުއަރީ 2017

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

31 ޖެނުއަރީ 2017
އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު