Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިންޑިއާ ރޭލު އެކްސިޑެންޓު

ދަރިފުޅު މަރުވި ޚަބަރު ގަބޫލުކުރަން ދެކޮޅުހެދި ބައްޕަގެ ހިތްވަރަށް ހަމަ ސާބަސް!

އާދީއްތަ ދުވަހުވެސް ދަރިފުޅުގެ ހެޔެއް ނެތް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 7 ޖޫން 2023 | ބުދަ 12:14
ދަރިފުޅު މަރުވި ޚަބަރު ގަބޫލުކުރަން ދެކޮޅުހެދި ބައްޕަގެ ހިތްވަރަށް ހަމަ ސާބަސް!

ދަރިފުޅު މަރުވި ޚަބަރު ގަބޫލުކުރަން ދެކޮޅުހެދި ބައްޕަގެ ހިތްވަރަށް ހަމަ ސާބަސް!

ހާސްކަމާއި މާޔޫސްކަމުގެ ވަގުތުގައި މީހަކު ބުނާ އެއްޗެއް ގަބޫލު ނުކުރެވުމަކީ އެކަމުގައި ބައެއް ފަހަރު ފައިދާވެސް އޮންނަ ކަމެކެވެ. ޖޫން 2 ވަނަ ދުވަހު، އިންޑިއާގެ އޮރިއްސާ ސްޓޭޓްގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގެ ހާދިސާއާ ގުޅިގެންވެސް އެފަދަ ކަމެއް މި ވަނީ ހިނގާފައެވެ. ދެލޯ ނޭދި އެދޭ އެންމެ ލޯބިވާ ދަރިފުޅު، މި ދުނިޔެއާ ވަކިވެގެން ދިއުމަކީ މަޔަކު ނުވަތަ ބަފައަކަށް މި ދުނިޔެމަތީގައި ކުރިމަތިލާން ޖެހޭނެ އެންމެ ހިތްދަތި އެއް ކަންތަކޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. ބޮޑު އެކްސިޑެންޓެއްގައި ދަރިފުޅު މަރުވެއްޖެކަމުގެ ޚަބަރު ލިބުމުން އެކަން ގަބޫލުކުރަން އެ ބައްޕަވެސް ފުރަތަމަ ދެކޮޅު ހެދިއެވެ. އެކަމުގެ ފައިދާ ބައްޕައަށް ކިތަންމެހާވެސް ރަނގަޅަކަށް ކުރިއެވެ.

ރޭލު އެކްސިޑެންޓްގައި، އުމުރުން 24 އަހަރުގެ ފިރިހެން ދަރިފުޅު، ބިސްވަޖީތު މާލިކު މަރުވެއްޖެކަމަށް ގަބޫލުކުރުން ވީ، ހީލާރާމް މާލިކަށް މާ ފަސޭހަ ކަމަކަށް ނޫނެވެ. ފިހާރައެއްގެ ސޭޓެއްގެ ގޮތުގައި މަސައްކަތްކުރާ ހީލާރާމްއަށް އެކްސިޑެންޓްގެ ޚަބަރު ލިބުނީ، ރޭލު ސްޓޭޝަނަށް ދަރިފުޅު ގެންގޮސްދިނުމަށްފަހު އެނބުރި އައިތާ މާ ގިނަ އިރުތަކެއް ނުވެއެވެ. ދެވަނަ ވިސްނުމަކަށްވެސް ނުގޮސް، ހީލާރާމް އޭނާގެ ފޯނު ނަގައި، ދަރިފުޅަށް ގުޅިއެވެ. އޭނާ ހީކުރިގޮތަށް، ދަރިފުޅުގެ ފޯނަށް ޖަވާބު ދިނެވެ. މަރުނުވާ ކަމަށާއި، ނަމަވެސް އިންތިހާއަށް އަނިޔާވެ، ވޭނުގައި އޮތް ކަމަށް ބުންޏެވެ.

ހީލާރާމް ދަންނަ އެމްބިއުލާންސް ދުއްވާ މީހަކަށް ގުޅައިގެން އޭނާ ގެނެސް، ޅިޔަނާއެކު 230 ކިލޯމީޓަރުގެ ދިގު ދަތުރު ފެށިއެވެ. ނުބަލާކަށް ހޮސްޕިޓަލެއް ނެތެވެ. ނަމަވެސް ދަރިފުޅު ފެންނަ ގޮތެއް ނުވިއެވެ. އުއްމީދު ކަނޑައެއް ނުލައެވެ. އެކަކު ގާތުން އަނެކަކު ގާތުން، ދެން ދާންވީ ތަން އޮޅުން ފިލުވަމުން ދިޔައީއެވެ. އެއްވެސް ހޮސްޕިޓަލަކުން ނުފެނިއްޖެނަމަ، ގަބުރުތައް ބަހައްޓާފައިވާ ސްކޫލަށް ދިއުމަށް މީހަކު ބުންޏެވެ. ނަމަވެސް، ދަރިފުޅު މަރުނުވާ ކަމަށް ހީލާރާމްގެ ހިތް ދިޔައީ ބުނަމުންނެވެ. އެކަމަކުވެސް، އެ ސްކޫލު ބަލަންވެސް ދިޔައީއެވެ.

ވަގުތީ މޯގެއްގެގޮތުގައި ބޭނުންކުރަމުން ދިޔަ ސްކޫލުގައި ބަހައްޓާފައިވާ ގަބުރުތައް ބެލުމުގެ ފުރުސަތެއް އެންމެ ފުރަތަމަ ހީލާރާމްމެންނަކަށް ނުދިނެއެވެ. ނަމަވެސް މަސްރަހު ބަދަލުވެގެން ދިޔައީ، ގަބުރުތަކުގެ ތެރެއިން "ގަބުރެއް"ގެ ކަނާތް ތުރުތުރުއަޅާ މަންޒަރު، އެތަނުގައި ހުރި މީހަކަށް ފެނުނު ހިސާބުންނެވެ. ހީލާރާމްމެންނަށް ތިބެވުނީ ސީދާ އެ ދިމާގައިކަމުން، އެ މަންޒަރު ސާފުކޮށް ފެނުނެވެ. އަދި އެއީ ބިސްވަޖީތުގެ އަތްކަން އެމީހުންނަށް ޔަގީންކުރެވުނެވެ. އެފަދަ ހާލެއްގައި، ކޮންމެ މީހަކުވެސް ބޭނުންވާނީ އެމީހަކު އެންމެ ލޯބިވާ މީހާއާ އެއްފަހަރު ނަމަވެސް ބައްދަލުކޮށްލުމަށެވެ.

އެހައިހިސާބުން ބިސްވަޖީތުގެ ހާލު ބެލިއިރު، އޭނާގެ ހެޔެއް ނެތެވެ. އޮތީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ. ހީލާރާމް، އޭނާގެ ދަރިފުޅު އެމްބިއުލާންސަށް ލައިގެން ސިއްހީ ފަރުވާގެ ކަންކަން ހަމަޖައްސަން އަވަސްވެގަތެވެ. އާދީއްތަ ދުވަހުވެސް ދަރިފުޅުގެ ހެޔެއް ނެތެވެ. ނަމަވެސް، އޭރު ގިނަ ސާޖަރީތަކެއް ހަދައިފިއެވެ.

3 ރޭލު ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މީހުން ސަލާމަތްކުރަން އުޅުނު މީހުންނަށް، ބިސްވަޖީތު މަރުވެފައި އޮތް ކަމަށް ހީވުން އެކަށީގެންވާ ކަމަށާއި، އެއީ އެފަދަ ހާލެއްގައި ވެދާނެ ގޮތެއް ކަމަށް ފޮރެންސިކް މެޑިސިންގެ ޕްރޮފެސަރެއް ކަމަށް ވާ ދާސް ވަނީ ފާހަގަ ކޮށްފައެވެ. މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ގިނަ މީހުންނަކީ، ސިއްހީ ފަރުވާއާގުޅޭ ތަޖުރިބާތައް ލިބިފައިނުވާ މީހުންކަންވެސް ފާހަގަކުރަން ޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

19 ފެބުރުއަރީ 2018
މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ 3 އަހަރު: އިންސާފް ވީތަނެއް ނޭނގޭ

މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ 3 އަހަރު: އިންސާފް ވީތަނެއް ނޭނގޭ

28 ޖެނުއަރީ 2018
ސިއްހީ އިހުމާލުގެ ސަބަބުން ދަރިފުޅު އަޑުއިވުމުން މަރުހޫމްވެފައި، އިންސާފަށް އެދި ބައްޕައަކު ސަލާމް ޖަހަނީ!

ސިއްހީ އިހުމާލުގެ ސަބަބުން ދަރިފުޅު އަޑުއިވުމުން މަރުހޫމްވެފައި، އިންސާފަށް އެދި ބައްޕައަކު ސަލާމް ޖަހަނީ!

15 ޖެނުއަރީ 2018
ކުޑަގޮޅީގައި އަމީތުގެ ހިތްދަތި ތަޖުރިބާ: ޖަލަށް މުއްދަތު ޖެހީ ދަރިފުޅުގެ އުފަންދުވަހު!

ކުޑަގޮޅީގައި އަމީތުގެ ހިތްދަތި ތަޖުރިބާ: ޖަލަށް މުއްދަތު ޖެހީ ދަރިފުޅުގެ އުފަންދުވަހު!

22 އޯގަސްޓު 2017
"އުފާވެރި ޚަބަރު، ފެންނަ އެދޭ މަންޒަރު، އަނިޔާވެރިކަން ނިމެނީ!"

"އުފާވެރި ޚަބަރު، ފެންނަ އެދޭ މަންޒަރު، އަނިޔާވެރިކަން ނިމެނީ!"

01 ޖުލައި 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު