Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިސޯޓްތަކުގެ އިސް މަޤާމުތައް

ރިސޯޓްތަކުގެ އިސް ބައެއް މަޤާމުތަކުގައި ހަމައެކަނި ދިވެހިން ބޭތިއްބުމަށް ހުށަހެޅި ގަރާރު ފާހެއް ނުވި

ގަރާރަށް ބަހުސްކުރެއްވި ބައެއް މެމްބަރުން ވަނީ ރިސޯޓްތަކުގެ އިސް މަޤާމުތަކުގައި ދިވެހިން ތިބުން އެދުނު ނަމަވެސް އެވަރަށް އަދި ދިވެހިން ތަމްރީން ނުވާ ކަމަށް ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 7 ޖޫން 2023 | ބުދަ 09:41
މެންބަރު ޖާބިރު

މެންބަރު ޖާބިރު

ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގެ ވަޒީފާތަކުގެ ތެރޭގައި ހިމެނޭ ރިޒޯޓު މެނޭޖަރުކަމާއި، އެޗް.އާރް މެނޭޖަރުކަމާއި، ޗީފް އެކައުންޓެންޓުގެ މަޤާމަށް ހަމައެކަނި ދިވެހިންނަށް އަދާކުރެވޭ މަޤާމެއްކަމަށް ކަނޑައެޅުމާބެހޭ ގޮތުން މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު ބަލައިނުގަނެ ތަޅުމުން ބޭރުކޮށްލައިފިއެވެ.

އެ ގަރާރު ބަަލައިގަންނަން ފެންނަ ކަމަށް ވޯޓުދެއްވީ 15 މެމްބަރުންނެވެ. އަދި ގަރާރު ބަލައިގަންނަން ނުފެންނަ ކަމަށް 28 މެމްބަރުން ވަނީ ވޯޓުދެއްވާފައެވެ. އެ ގަރާރު ހުށަހަޅުއްވަމުން ޖާބިރު ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވަޒީފާތަކުގެ ތެރޭގައި ހިމެނޭ، ރިޒޯޓު މެނޭޖަރުކަމާއި، އެޗް.އާރް މެނޭޖަރުކަމާއި، ޗީފް އެކައުންޓެންޓުގެ މަޤާމަށް ހަމައެކަނި ދިވެހިންނަށް އަދާކުރެވޭ މަޤާމެއްކަމަށް ކަނޑައެޅުން މުހިންމު ކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މި ގަރާރަށް ބަހުސްކުރައްވަމުން ޖާބިރު ވިދާޅުވީ ރިސޯޓްތަކުގެ އިސް ބައެއް މަޤާމުތަކުގައި ދިވެހިން ނެތުމަށް ވުރެ ބޮޑު ގައުމީ މައްސަލައެއް ނެތްކަމަށެވެ. އަދި އެ މައްސަލައިގައި ޖާބިރު ވަނީ ފަތުރުވެރިކަމަށް 50 އަހަރުވީއިރު ވެސް ރިޒޯޓު މެނޭޖަރުކަމާއި، އެޗް.އާރް މެނޭޖަރުކަމާއި، ޗީފް އެކައުންޓެންޓުގެ މަޤާމުގައި އަަދިވެސް ގިނަ އަަދަދެއްގެ ބިދޭސީން ތިބުމަކީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ފަތުރުވެރިކަމަކީ ދިވެހިންގެ އިގްތިސާދުގެ ބޮޑު ހިއްސާއެއް ކަަމަށް ވާއިރު ރިޒޯޓު މެނޭޖަރުކަމާއި، އެޗް.އާރް މެނޭޖަރުކަމާއި، ޗީފް އެކައުންޓެންޓުގެ މަޤާމުތަކުގައި ދިވެހިން ތިބުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

ގަރާރަށް ބަހުސްކުރެއްވި ބައެއް މެމްބަރުން ވަނީ ރިސޯޓްތަކުގެ އިސް މަޤާމުތަކުގައި ދިވެހިން ތިބުން އެދުނު ނަމަވެސް އެވަރަށް އަދި ދިވެހިން ތަމްރީން ނުވާ ކަމަށް ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު