Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޓިކްޓޮކް

ރާޅު ތަކުގެ ތެރެއިން މޫދުން ފޯނު ހޯދި ފަތުރުވެރިޔާގެ ޓިކްޓޮކް ވީޑިއޯ ވައިރަލްވެއްޖެ

16 އޯގަސްޓު 2025 | ހޮނިހިރު 13:01

މޫސުން ގޯސްވެފައި އޮއްވާ ޓިކްޓޮކް ވީޑިއޯއެއް ނަގަން އުޅެނިކޮށް މޫދަށް ވެއްޓުނު ފޯނު ހޯދި ފަތުރުވެރިޔާގެ ވީޑިއޯ މިހާރު ވަނީ އިންޓަނެޓުގައި ވައިރަލްވެ، 96،000 އަށްވުރެ ގިނަ ފަހަރު މީހުން ބަލާފައެވެ.

ޓިކްޓޮކް ވީޑިއޯއެއް ރެކޯޑުކުރަން އުޅެނިކޮށް ފޯނު ކަނޑަށް ވެއްޓި ރާޅުގަދަ ކަނޑުން އަނބުރާ ހޯދި ގޮތުގެ ވީޑިއޯ ވައިރަލްވެއްޖެ

ރާއްޖެ އެމްވީ | 16 އޯގަސްޓު 2025 | ހޮނިހިރު 13:01
ރާއްޖޭގެ ރިސޯޓެއްގެ ވިލާއެއް ކައިރީގައި ޑެކް މަތީގައި އިށީނދެގެން އިން އަންހެނަކު.

ރާއްޖޭގެ ރިސޯޓެއްގެ ވިލާއެއް ކައިރީގައި ޑެކް މަތީގައި އިށީނދެގެން އިން އަންހެނަކު.

ޓިކްޓޮކް ވީޑިއޯއެއް ރެކޯޑުކުރަން އުޅެނިކޮށް ފޯނު މޫދަށް ވެއްޓި، ރާޅުގަނޑުގެ ތެރެއަށް އެރިގެން ފޯނު ހޯދި ފަތުރުވެރިއެއްގެ ވީޑިއޯ މިހާރުވަނީ ސޯޝަލް މީޑިއާގައި ވައިރަލްވެފައެވެ.

ޖުލައި 13 ވަނަ ދުވަހު ޓިކްޓޮކް ޔޫސަރ georginagrigg88@ ޝެއަރކުރި މި ވީޑިއޯ މިހާރުވަނީ 96،000 އަށްވުރެ ގިނަ ފަހަރު ބަލާފައެވެ. މި ވީޑިއޯގައި ދައްކާގޮތުން، އޭނާ ދެ ހަފްތާގެ ޗުއްޓީއެއްގައި ރާއްޖޭގައި ހުރި ވިލާއިން ނުކުތް ކޮންމެ ފަހަރަކު ޓިކްޓޮކަށް ވީޑިއޯ ނަގަމުން ގޮސްފައިވެއެވެ.

"އެ ދުވަހުގެ މެންދުރުފަހު ވިއްސާރަވެ، ވައިގަދަވި ނަމަވެސް، ކުރީ ދުވަސްތަކާ އަޅާބަލާއިރު މާބޮޑު ތަފާތެއް ނެތުމުން އާދައިގެ މަތިން ވީޑިއޯ ނެގުމަށް ނިންމީ،" އޭނާ ބުނެފައިވެއެވެ. "ނަމަވެސް ދޮރު ހުޅުވާލި ވަގުތު ޓްރައިޕޮޑް ވެއްޓި، ފޯނު މޫދަށް ވެއްޓި، ޓްރައިޕޮޑާއި ލައިޓް ރާޅާއެކު ގޮސްފައިވާކަން ފާހަގަ ކުރެވުނު."

ފުރަން އޮތީ ޖެހިގެން އައި ދުވަހު ކަމަށްވެފައި، ގައުމަށް އެނބުރި ގޮސް ޓެކްސީ ޑްރައިވަރާ ގުޅޭނެ ގޮތެއް ނެތުމުންނާއި، މަސައްކަތަށް ނުކުންނަން ޖެހޭތީ، ފޯނު ހޯދުމަކީ ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި އޭނާ ދެކުނެވެ. މޫދު އަޑީގައި ފޯނު އޮތްތަން ފެންނަން އޮތުމާއެކު، ބިކިނީ އަށް ބަދަލު ކޮށްލައި، ލައިފް ޖެކެޓް އަޅައިގެން އޭނާ ނިންމީ މޫދަށް ފުންމާލާށެވެ. ފުންމާލުމަށް ފަހު ބިމުގައި ފައި ކާއްތަނިކޮށް، ފައިގައި ފޯނު ޖެހުނު ކަމަށް އޭނާ ބުންޏެވެ. އޭނާ ފޯނު މައްޗަށް ނެގީ ފައިގެ އިނގިލިތަކުން ހިފައިގެން ކަމަށް ބުނެފައިވެއެވެ.

"ހައިރާންވި ކަމަކީ ފޯނު ނެގިއިރުވެސް މަސައްކަތް ކުރަމުންދިޔަކަން. އިންސްޓަގްރާމް ނޯޓިފިކޭޝަނެއްގެ އަޑު އިވުނު. އެއީ ޙަޤީޤަތުގައިވެސް ވަރަށް ބޮޑު ނަސީބެއް،" އޭނާ ބުނެފައިވެއެވެ.

"އަދިވެސް މި ހާދިސާގެ ޝޮކުން އަރައި ނުގަނެވޭ. އަހަރެންނަށް ފަތަން އެނގޭ ނަމަވެސް، ވިއްސާރައިގެ ސަބަބުން ރާޅު ގަދަވެފައި އޮތުމުން، ރާޅާއެކު ހިނގައިދާނެ ކަމުގެ ބިރު އޮތް،" އޭނާ ވީޑިއޯގެ ކެޕްޝަންގައި ލިޔެފައިވެއެވެ.

ފޯނު ސަލާމަތްކުރުމުގެ އިތުރުން، އިސްތަށިގަނޑާއި މޭކަޕްވެސް ލޮނުން ނުތެމި ސަލާމަތްވިކަން އޭނާ ފާހަގަކޮށްފައިވެއެވެ. އަދި އެރޭ ރީތިކޮށް ހެދުން އަޅައިގެން ޑިނަރ ގޮސް، ރާއްޖޭގައި ހޭދަކުރި އެންމެ ފަހު ރޭ ފުރިހަމަކަމާއެކު ނިންމާލެވުނު ކަމަށް ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

2

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

3

އިއްޔެ ސިއްރުކުރި ހަގީގަތްތައް މިއަދު އަމިއްލަ ދުލުން ބޭރުވަނީ، އޭރު އެ ވާހަކަތައް ނުދެއްކީ ކީއްވެ؟

4

ރަޝިޔާގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅެނީ 'ޔުނައިޓެޑް ރަޝިޔާ'

5

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

އިތުރަށް ކިޔާލަން

02 އޮކްޓޯބަރު 2017

ސެލީނާ ޖެއިޓްލީ އަށް ލިބުނު އެއްމާބަނޑު ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު މަރުވެއްޖެ

02 އޮކްޓޯބަރު 2017
ސެލީނާ ޖެއިޓްލީ އަށް ލިބުނު އެއްމާބަނޑު ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު މަރުވެއްޖެ
29 ޖޫން 2017

ބަރުދަނުގައި 9 ކިލޯހުރި ދިރޭ އިއްސެއް ލަގެޖެއްގެ ތެރެއިން ނަގައިފި

29 ޖޫން 2017
ބަރުދަނުގައި 9 ކިލޯހުރި ދިރޭ އިއްސެއް ލަގެޖެއްގެ ތެރެއިން ނަގައިފި
27 މެއި 2017

ރައީސް ޓްރަމްޕްގެ އައި ފޯނުގައި އެންމެ އެޕެއް!!!

27 މެއި 2017
ރައީސް ޓްރަމްޕްގެ އައި ފޯނުގައި އެންމެ އެޕެއް!!!
19 އެޕްރީލު 2017

ނަޗްބަލިޔޭގެ ދިވަންކާ ތްރްޕަތީއަށް ރިހާސަލްތެރެއިން އަނިޔާވެއްޖެ

19 އެޕްރީލު 2017
ނަޗްބަލިޔޭގެ ދިވަންކާ ތްރްޕަތީއަށް ރިހާސަލްތެރެއިން އަނިޔާވެއްޖެ
28 މާރިޗު 2017

ގެއްލިގެން ހޯދި މީހާ ފެނުނީ ބޮޑު ހަރުފައެއްގެ ބަނޑުތެރެއިން

28 މާރިޗު 2017
ގެއްލިގެން ހޯދި މީހާ ފެނުނީ ބޮޑު ހަރުފައެއްގެ ބަނޑުތެރެއިން
27 ފެބުރުއަރީ 2017

ޒަމާނީ ބަދަލުތަކާ އެކު ނޮކިއާގެ އިހުގެ ފޯނުތައް މާކެޓަށް

27 ފެބުރުއަރީ 2017
ޒަމާނީ ބަދަލުތަކާ އެކު ނޮކިއާގެ އިހުގެ ފޯނުތައް މާކެޓަށް
16 ފެބުރުއަރީ 2017

ފޭސްބުކްގައި މަންމަ ޝެއާ ކޮށްފައިވާ ޕޯސްޓްތަކުގެ ބަދަލު ޒައިރާ އަށް!

16 ފެބުރުއަރީ 2017
ފޭސްބުކްގައި މަންމަ ޝެއާ ކޮށްފައިވާ ޕޯސްޓްތަކުގެ ބަދަލު ޒައިރާ އަށް!
09 ފެބުރުއަރީ 2017

އިންޑިއާ އަންހެނެއްގެ ބޮލުތެރެއިން ދިރޭ ކުރަތްޕެއް ޑޮކްޓަރުން ނަގައިފި

09 ފެބުރުއަރީ 2017
އިންޑިއާ އަންހެނެއްގެ ބޮލުތެރެއިން ދިރޭ ކުރަތްޕެއް ޑޮކްޓަރުން ނަގައިފި
20 ޖެނުއަރީ 2017

ރައީސްގައި ހިމެނޭ ލަވަތައް ލަވަ ޗާޓުތަކުގެ ކުރީގައި

20 ޖެނުއަރީ 2017
ރައީސްގައި ހިމެނޭ ލަވަތައް ލަވަ ޗާޓުތަކުގެ ކުރީގައި
08 ޖެނުއަރީ 2017

ފޮޓޯގްރާފަރުންގެ ކެމެރާތަކުގެ ފްލޭޝްގެ ސަބަބުން ދަރިފުޅުގެ ލޮލަށް އަސަރުކުރި: ޝާހިދް ކަޕޫރު

08 ޖެނުއަރީ 2017
ފޮޓޯގްރާފަރުންގެ ކެމެރާތަކުގެ ފްލޭޝްގެ ސަބަބުން ދަރިފުޅުގެ ލޮލަށް އަސަރުކުރި: ޝާހިދް ކަޕޫރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް