Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

މި ސަރުކާރުން އިގްތިސާދީ ގޮތުން ކުރާ އެއްވެސް ކަމެއް ދެއުޅިއެއް ނުވޭ، ކަންކަން ތަސައްވަރު ކުރާކަށް ނޭނގޭ - ހުސައިން މުހައްމަދު

15 އޯގަސްޓު 2025 | ހުކުރު 12:27

ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންނެވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްޤީކޮށް ޑޮލަރުގެ އަގު ތިރިކުރައްވާނެ ކަމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 15 އޯގަސްޓު 2025 | ހުކުރު 12:27
ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ

ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ

މި ސަރުކާރުން އިގްތިސާދީ ގޮތުން ކުރާ އެއްވެސް ކަމެއް ދެއުޅިއެއް ނުވާ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ވަޒީރުންނަށް ކަންކަން ތަސައްވަރުކުރާކަށް ނޭނގޭ ކަމަށް ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހުސައިން މުހައްމަދު ވިދާޅުވީ މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަމުން ގެންދެވީ، ތިމަންނަމެންނަށް ވެރިކަން ލިބިއްޖެއްޔާ ވަކި ގޮތަކަށް ކަންކަން ގެންދަވާނެ ވާހަކަ ކަމަށެވެ. އަދި ކުދި ވިޔަފާރިތައް ތަރައްޤީކުރާނެ ކަމާއި، މެދު ފަންތީގެ ވިޔަފާރިތަކަށް ތަރައްޤީކުރާނެ ވާހަކައާއި، ޑޮލަރުގެ އަގު ތިރިކުރާނެކަމަށް ބުނަމުންދިޔަ ކަމަށެވެ.

Advertisement - newsAdvertisement

ހުސައިން މުހައްމަދު ވިދާޅުވީ މި ހުރިހާ ވަޢުދުތަކެއްވިނަމަވެސް ފެންނަމުންދަނީ މިހާރުގެ ސަރުކާރުން އިޤްތިޞާދީ ގޮތުން ކުރާ އެއްވެސް ކަމެއް ދެ އުޅިއެއް ނުވާ ތަން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮލަރުގެ އަގު، ނޫނީ ޑޮލަރުގެ ރޭޓު ދަށްކުރުމަށްޓަކައި ކުރި ކަމަކީ، މަޖުބޫރުކޮށްގެން ރިސޯޓުތަކާއި އަދި އިތުރަށް ގެސްޓްހައުސްތަކުން ޑޮލަރު މަޖުބޫރުކޮށްގެން ދައުލަތަށް ނެގުން ކަމަށާއި، އެ ނަގައިގެން ޑޮލަރުގެ ރޭޓު ދަށްވުމުގެ ބަދަލުގައި އަށާރަ އަތް، ނަވާރަ، ވިހި ގޮސް އެކާވީހެން އަރާ މަންޒަރު ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވީމާ، އެނގޭ މިހާރުގެ މިހިރަ ރައީސުލްޖުމްހޫރިއްޔާއަށް ނޫނީ މިހާރުގެ މި ތިބަ ވަޒީރުންނަށް ވެސް ނޫނީ ސަރުކާރު ހިންގަން މިހާރު މި ތިބަ މީހުންނަށް ކުރެވޭ ކަމެއްގެ ނަތީޖާ ތަޞައްވުރުކުރަން ވެސް ނޭނގޭކަން. ކުރާން މި އުޅެނީ ކޮންކަމެއްކަން ވެސް ނޭނގޭކަން. އެހެންވީމާ، އަޅުގަނޑުމެން އޭރުގައި ވެސް ދެންނެވިން، މިހާރު މިހިރަ ރައީސުލްޖުމްހޫރިއްޔާއަށް އޭރުގައި އަޅުގަނޑުމެން ކެމްޕެއިން ތެރޭގައި ވެސް ފާހަގަކުރަމުންގެންދިޔައީ މިއީ ނާވަރަށް ނާޤާބިލު މީހެކޭ. އޭރުގައި މާލޭގެ މޭޖަރަކަށް ހުންނަވައިގެން ވެސް ރައްޔިތުންނަށް ކަމެއް ނުކޮށްދޭ. ކުރި ކަމަކީ ވައްކަންކުރުން. މާލޭގެ މަގުތަކުގެ މަގުތަކާ އެއްޗެހިތައް ރައްޓެހިންނާއި ކަޓުލިބޭ މީހުންނަށް ވިއްކުން. އިތުރު ކަމެއް ނުކުރެވޭ.
ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ

ހުސައިން މުހައްމަދު ވިދާޅުވީ މުއިއްޒު ރައީސަކަށް އައިސް، ކުރީގައި މިނިސްޓަރަކަށް ހުންނަވައިގެން ވެސް ކުރެއްވި މަސައްކަތަކީ މާފަންނުގައި ބޮޑު ސިންގާ ގެއެއް އެޅުއްވުން ކަމަށެވެ. އަދި ރައީސް މުއިއްޒުއަކަށް ޤައުމަކަށް، ރައްޔިތަކަށް ކަމެއް ކޮށްދޭން އެނގިވަޑައިނުގަންނަވާނެ ކަމަށާއި، ކުރެވޭނެ ކަމަކީ ޖީބު ބޮޑުކުރުމާއި، ރައްޓެހިންނަށް ކަޓުދިނުމާއި، އެ މީސްމީހުންނަށް އެއްޗެއް ހޯދައިދިނުން ކަމަށެވެ.

އޭނާ ވިދާޅުވީ ގިނަ ދިވެހި ރައްޔިތުންނަށް ފެނުނީ، ގިނަ ދިވެހި ރައްޔިތުންނަށް އަޑުއިވުނީ، ރައީސުލްޖުމްހޫރިއްޔާއަކަށް މިހާރު ހުންނެވި ޑޮކްޓަރ މުޢިއްޒު ދައްކަވަމުންގެންދިޔަ ވާހަކަތައް ކަމަށެވެ. ޑޮލަރުގެ ރޭޓު ދަށްކުރާނެ ވާހަކަ ވިދާޅުވި ކަމަށާއި، ނަމަވެސް ޑޮލަރު ރޭޓް ދަނީ ބޮޑުވަމުން ކަމަށް ވިދާޅުވިއެވެ. އަދި ކުދި އަދި މެދު ފަންތީގެ ވިޔަފާރ މިހާރު އޭރުގެ ސަރުކާރުން ޖޫރިމަނާކުރާ ވާހަކައާއި މީރާއިން އުނދަގޫކުރާ ވާހަކަތައް އެ ބޭފުޅުން ދައްކަމުންގެންދިޔަ ކަމަށާއި، އޭރުގެ މަޖިލީހުގައި ތިއްބެވި އިދިކޮޅު ޕާޓީގެ މެންބަރުން އަދި މިހާރުގެ މިނިސްޓަރުން ވެސް އެ ވާހަކަތައް ދައްކަމުންގެންދިޔަ ކަމަށެވެ. ނަމަވެސް މިހާރު މި ފެނުނީ މީރާއިން ދުވާލަކަށް އޮންނަ ޕެނެލިޓީ ދެގުނަކުރިތަން ކަމަށެވެ.

އެހެންވީމާ، ދުވާލަކަށް މިހާރުގެ ރޭޓުން ނަމަ ދިހައެއް ރުފިޔާ ވެއްޖެއްޔާމު، މިހާރު ދެން އެ މީހުން އޭތި ފާސްކުރުމުގެ ސަބަބުން ދުވާލަކަށް ވިހި ރުފިޔާއަށް ޖޫރިމަނާ ބޮޑުކުރީ. މި ޖޫރިމަނާ ބޮޑުކުރީމާ މީގެ ނަތީޖާއަކީ، ދައުލަތަށް އާމްދަނީ ލިބުނު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ މީހުން ކަރުގައި ހިފައި ފިއްތައިގެން އެ ލާރިކޮޅު ހޯދުން. މިހާރުވެސް ބޮޑެތި، ނޫނިއްޔާ ދައުލަތަށް ބޮޑު އަދަދުން ދައްކަންޖެހޭ، ފައިސާ ދައްކަންޖެހޭ ފަރާތްތަކުން އެ ފައިސާ ނުދައްކާ. މީރާއަކުން އެ ފަރާތްތައް ފަހަތަކުން ނުދުވޭ. މި ދުވަނީ މިތާ ކަންމަތީ ފިހާރައެއް ހިންގާ މީހުންނާ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރާ ފަރާތްތައް ފަހަތުން މީރާއިން މިހާރުވެސް އެ ފާރަލާ ކޮންމެ ދުވަހަކު ސިޓީ ފޮނުވައި، މޭވިފޮނުވައި މި ހައްދަވަނީ އެ ފަރާތްތަކަށް. އެހެންވީމާ، އެނގޭ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މި ޕްރޮޕޯސްކުރާ ސިޔާސަތުތަކަކީ މިއީ އިޤްތިޞާދީ ގޮތުން މިހާ ދަތި ދަނޑިވަޅެއްގައި ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޒޭންޖެހޭ ފައިސާ ނުދީން ދަނޑިވަޅެއްގައި އަނެއްކާ ޖޫރިމަނާ ބޮޑުކުރަނީ.
ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ

އޭނާ ވިދާޅުވީ މީގެ ނަތީޖާއަކީ، ދިވެހިރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މިހާރުވެސް ޕްރޮޖެކްޓެއް ނުލިބި ސަރުކާރުން ފައިސާ ނުލިބި ޖޫރިމަނާ ކޮށް ވިޔަފާރިތަކަށް އުނދަގޫކުރުން ކަމަށެވެ. އަދި މިއީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަލުން އިޤްތިޞާދު ކުރިއެރުވުމަށް ކުރެވޭ މަސައްކަ ކަމަށެވެ. އަދި މިހާރު ގޯސްވިޔަސް ފަހުގެ ތިން އަހަރު ރަނގަޅުކުރައްވާނޭ ކަމަށް ވިދާޅުވަމުން ދިޔަޔަސް އެއްގޮތަކަށްވެސް މިހާރު ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ކަންތައްތަކަކުން، ހައްދަވާ ޕޮލިސީތަކަކުން، އެއްވެސް ވަރަކަށް ޤައުމު ކުރިއަށް އޮތް ދުވަސްތަކެއް ވެސް ރަނގަޅުކުރުމުގެ އެއްވެސް ވިސްނުމެއް، ނޫނީ އެ މިސްރާބަށް ދާ މަންޒަރެއް ނުފެންނަ ކަމަށެވެ.

ހުސައިން މުހައްމަދު ވިދާޅުވީ ކުރިއަށް މި އޮތް ލޯކަލް ކައުންސީ އިންތިޚާބު މިހާރު ކުޑަތަންވަމުން ދާއިރު، ރައްޔިތުން ވިސްނަންޖެހޭ ކަމަށެވެ. އަދި ކައުންސިލު އިންތިޚާބު ސަރުކާރަށް ދީފިއްޔާ، މިހާރަށްވުރެ ހުދުމުޚުތާރުކަން ބޮޑުވެގެންދާނެ ކަމަށެވެ. އެހެންކަމުން ރައްޔިތުން ވިސްނައި، ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިޚާބުގައި މިހާރުގެ ސަރުކާރަށް ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ. މިއީ ރައްޔިތުންނަށް ދިމާވާ ދަތިތަކާއި ކުދި އަދި މެދުފަންތީގެ ފިޔަފާރިތަކަށް ދިމާވަމުންދާ ގޮންޖެހުންތަކަށް ނޫނެކޭ ބުނެވޭނެ ފުރުސަތު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް