Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަ ޑިމޮކްރެޓްސް

ދަ ޑިމޮކްރެޓްސް އުފެއްދުމަށް ހުށަހެޅި ފޯމްތަކުގެ މައުލޫމާތު ލީކުކޮށްފައެއް ނުވާނެ: އިލެކްޝަންސް ކޮމިޝަން

6 ޖޫން 2023 | އަންގާރަ 18:17

އެފަދަ އެއްވެސް ކަމަކީ އެ ކޮމިޝަންގެ ތެރޭގައި ހިނގާފައިވާ ކަމެއް ނޫން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 6 ޖޫން 2023 | އަންގާރަ 18:17
ދަ ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓްރީ ކުރަން ފޯމްތައް ހަވާލުކުރަނީ

ދަ ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓްރީ ކުރަން ފޯމްތައް ހަވާލުކުރަނީ

އަލަށް އުފައްދާ "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީ ކުރުމަށް ސޮއިކުރި 3565 މެންބަަރުންގެ ނަން ލިސްޓް ހިމެނޭ ލިސްޓް ލީކޮށްފައިނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން ބުނެފިއެވެ.

އަންގާރަ ދުވަހުގެ ރޭ އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ފޯމްތަކުގެ މައުލޫމާތު ލީކުކޮށްފައިވާކަމަށް ބުނެ ޚަބަރު ފަތުރަމުންދާ ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމަކީ އެ ކޮމިޝަންގެ ތެރޭގައި ހިނގާފައިވާ ކަމެއް ނޫން ކަމަށާއި އެފަދަ އެއްވެސް އަމަލެއް ކޮމިޝަންގެ އެއްވެސް މެމްބަރަކު ނުވަތަ މުވައްޒަފަކު ހިންގާފައިނުވާ ކަމަށް އެ ކޮމިޝަނުން ބުނެފައި ވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ރިޔާސީ އިންތިޚާބަށް ކޮމިޝަނުން ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި ކޮމިޝަނާއި ކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުންނަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ގެއްލޭގޮތަށް އެއްވެސް ފަރާތުން ކޮމިޝަނާއި މަތިކޮށް އެއްވެސް ވާހަކައެއް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން މިފަދައިން ބަޔާން ނެރެފައިވާއިރު އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް އަދި ޑިމޮކްރެޓްސްގެ އިސް ބޭފުޅެއް ކަމަށްވާ މުހައްމަދު ޝިފާޒް ވިދާޅުވީ ދައުރުވަމުންދާ ލިސްޓަށް ބަލާއިރު އެއީ ކޮމިޝަންގެ ތެރެއިން ބޭރުވި ލިސްޓެއްކަން ޔަގީން ކުރެވޭ ކަމަށެވެ. ޝިފާޒް ވިދާޅުވި ގޮތުގައި އެ ލިސްޓް ސަރުކާރުގެ ވެރީންނާއި ސިޔާސީ ބޭފުޅުން އެބަ ގެންގުޅުއްވައެވެ. އަދި ލިސްޓްގައި ހިމެނޭ ސަރުކާރުގެ ކުންފުނިތަކާއި އޮފީސްތަކުގައި ވަޒީފާ އަދާކުރާ މީހުންނަށް ގުޅާ ބިރު ދައްކަމުންދާ ކަމަށް ޝިފާޒް ވިދާޅުވެފައި ވެއެވެ. 

"ދަ ޑިމޮކްރެޓްސް" އިން މި ތުހުމަތުތައް ކުރަމުންދާއިރު އެ ޕާޓީއަށް ސޮއިކުރާ މެންބަރުންނަށް ސަރުކާރުން އަދި އެމްޑީޕީންވެސް ބިރު ނުދައްކާ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް