Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ޕީޖީގެ ނޫސްވެރިންގެ ބައްދަލުވުން

މޮރިޝަސްއަށް ފޮނުއްވި ސިޓީފުޅު، 241 ކޮމިޓީން ހޯދާނަން: އަސްލަމް

އަސްލަމް ވިދާޅުވީ، މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވައިލުމުގެ މަސައްކަތް ނަޝީދު އިސްވެހުންނަވައި ލަސްކުރައްވަމުންދާތީ، މަޖިލީހުން ކުރަންޖެހޭ މުހިންމު މަސައްކަތްތައް ހުއްޓިފައިވާކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 6 ޖޫން 2023 | އަންގާރަ 14:37
އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު، މުހައްމަދު އަސްލަމް

އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު، މުހައްމަދު އަސްލަމް

ރާއްޖެއާ މޮރިޝަސްއާ ދެމެދު ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލަ ބަލަމުންދަނިކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން ހޯދުމަށް ގަސްތުކުރައްވައިގެން ހުންނެވިކަމަށް، އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައީސް ސިޓީފުޅެއް ފޮނުއްވީ، ޗާގޯސްއާ، ރާއްޖޭގެ ދެކުނުގެ ސަރަހައްދެއް ފުށުއަރާކަމަށް ބުނެ މޮރިޝަސްއިން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ކުރިއަށްދަނިކޮށެވެ. އެއީ އދ.ގައި ދެން ނަގާ ވޯޓެއްގައި ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާކަމަށް ރާއްޖޭން ތާއީދުކުރާނެކަމަށް ވިދާޅުވެ، ކުރީގެ ސްޓޭންޑް ބަދަލުކުރައްވައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅެކެވެ.

Advertisement - newsAdvertisement

އިމުގެ މައްސަލަ ނިންމީ އެ ސިޓީފުޅަށް ރިއާޔަތްކޮށްގެން ކަމަށާއި އެހެންކަމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލިފައިވާކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ތުހުމަތުކުރަމުންނެވެ. އެ ސިޓީފުޅު މަޖިލީހާވެސް ހިއްސާކުރައްވާފައެއްނުވެއެވެ. އެހެންކަމުން އެ ސިޓީފުޅު ހާމަކުރުމަށް އިދިކޮޅުން އަންނަނީ ގޮވާލަމުންނެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ފާސްކުރުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮމިޓީތައް އުވާލުމާ ހަމައަށް 241 ކޮމިޓީގެ މުގައްރިރުކަމުގައި ހުންނެވި އަސްލަމް ވިދާޅުވީ، ރައީސް ފޮނުއްވި ސިޓީފުޅާ ގުޅިގެން ގޮތެއް ނުނިމިވަނީ ކޮމިޓީ ބައްދަލުވުމެއް ނުބޭއްވިގެންކަމަށެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވައިލުމުގެ މަސައްކަތް ނަޝީދު އިސްވެ ލަސްކުރަމުންދާކަމަށާއި، އެކަމުގެ ސަބަބުން މަޖިލީހުން ކުރަންޖެހޭ މުހިންމު މަސައްކަތްތައް ހުއްޓިފައިވާކަމަށެވެ.

އަސްލަމް ވިދާޅުވީ، ދާއިމީ ކޮމިޓީތައް އެކުލަވައިނުލެވި ލަސްވަނީ ޕާޓީތަކުން އެއްބަސްވުމަކަށް ނާދެވިގެން ކަމަށް ނަޝީދު ވިދާޅުވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް، ކޮމިޓީތައް އަލުން އެކުލަވައިލުމާ ގުޅޭގޮތުން ޕާޓީތަކާއެކު މަޝްވަރާކުރަން މިހާތަނަށް ބޭއްވީ އެންމެ ބައްދަލުވުމެއް ކަމަށާއި، އެބައްދަލުވުމުގައި މަޖިލީހުގައި ޕާޓީތައް ތަމްސީލުކުރާ ނިސްބަތުން ކޮމިޓީތަކަށް މެމްބަރުން އައްޔަންކުރަން އެމްޑީޕީގެ ފަރާތުން އެއްބަސްވެފައިވާކަމަށެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި ވާގޮތަށް ކޮމިޓީތަކުގެ ކޮމްޕޮޒިޝަން ކަނޑައަޅައި، އެކަން މަޖިލީހުގެ ތަޅުމުން ފާސްކުރަންޖެހޭ ކަމަށެވެ. އެ ކޮމްޕޮޒިޝަން މިއަދުވެސް ފާސްކުރެވޭނެ ކަމަށް ގަބޫލުކުރައްވާކަމަށާއި، ނަމަވެސް މިއަދުވެސް އެކަން ނުކުރައްވާ އޮތްކަމަށް އަސްލަމް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2017

އިކޮނޮމިކް މިނިސްޓަރު ފޮނުއްވި ލިސްޓަކަށް މިނިސްޓަރު މުއިއްޒު ފްލެޓް ދެއްވީ : މަހްލޫފް

21 ސެޕްޓެމްބަރު 2017
އިކޮނޮމިކް މިނިސްޓަރު ފޮނުއްވި ލިސްޓަކަށް މިނިސްޓަރު މުއިއްޒު ފްލެޓް ދެއްވީ : މަހްލޫފް
22 އޯގަސްޓު 2017

މުންދުއަށް ކޮމިޓީން ރުހުންދީފި، އިދިކޮޅު މެމްބަރުން ވިދާޅުވީ ނިންމުން ސައްހަ ނޫން ކަމަށް

22 އޯގަސްޓު 2017
މުންދުއަށް ކޮމިޓީން ރުހުންދީފި، އިދިކޮޅު މެމްބަރުން ވިދާޅުވީ ނިންމުން ސައްހަ ނޫން ކަމަށް
16 އޯގަސްޓު 2017

ފުލުހުން ރައްޔިތުންނަށް އަނިޔާކޮށް ފުރައްސާރަ ކުރާތީ، އެމައްސަލަ 241 ކޮމެޓީއަށް ހުށަހަޅައިފި

16 އޯގަސްޓު 2017
ފުލުހުން ރައްޔިތުންނަށް އަނިޔާކޮށް ފުރައްސާރަ ކުރާތީ، އެމައްސަލަ 241 ކޮމެޓީއަށް ހުށަހަޅައިފި
10 އޯގަސްޓު 2017

އަނަސްގެ މަރުގެ މައްސަލަ ގައުމީ ސަލާމަތުގެ ކޮމިޓީން ބޭރުކޮށްލައިފި

10 އޯގަސްޓު 2017
އަނަސްގެ މަރުގެ މައްސަލަ ގައުމީ ސަލާމަތުގެ ކޮމިޓީން ބޭރުކޮށްލައިފި
04 ޖުލައި 2017

އަދީބް ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީ ޔޫއެންގެ ވޯކިންގް ގްރޫޕާއި ޕްރިންސް ޒައިދްގެ އޮފީހަށް ފޮނުއްވައިފި

04 ޖުލައި 2017
އަދީބް ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީ ޔޫއެންގެ ވޯކިންގް ގްރޫޕާއި ޕްރިންސް ޒައިދްގެ އޮފީހަށް ފޮނުއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު