Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ޕީޖީގެ ނޫސްވެރިންގެ ބައްދަލުވުން

ފަހުގެ ތާރީޚުގައި ނަޝީދު ފެންނަނީ ޑިމޮކްރެޓިކް ހަމަތަކާއި ދުރު ބޭފުޅެއްގެ ގޮތުގައި: އަސްލަމް

އަސްލަމް ވިދާޅުވީ އިސްލާހީ މަސައްކަތަށްވުރެ ބޮޑަށް އަމިއްލަވަންތަކަން ނަޝީދު އިސްކުރައްވާތަން ފެންނަކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 6 ޖޫން 2023 | އަންގާރަ 14:18
 އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ މުހައްމަދު އަސްލަމް

އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ މުހައްމަދު އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިފަހުގެ ތާރީޚުގައި ފެނިގެންދަނީ ޑިމޮކްރެޓިކް ހަމަތަކާ ދުރުބޭފުޅެއްގެ ގޮތުގައި ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުގެ މަގާމުން ވަކިކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް އެމްޑީޕީގެ ޕީޖީން ނިންމިކަން ހާމަކުރައްވާ ޕާލަމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ގިނަ މެމްބަރުންނާއެކު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އަސްލަމް ވަނީ ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުމަށް އެމްޑީޕީ ޕީޖީން ނިންމި ސަބަބުތައް ހާމަކޮށްދެއްވާފައެވެ. ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަސްލަމް ތަކުރާރުކޮށް ވިދާޅުވީ ރައީސް ނަޝީދަކީ ޒަމާންތަކަކަށް އިހުތިރާމާއި ލޯތްބާއެކު ބަލައިގަނެފައިވާ ސިޔާސީ ޝަހުސިއްޔަތެއްކަމަށެވެ.

ދެކެމުންދިޔައީ ނަޝީދަކީ ޑިމޮކްރަޓިކް ހަމަތައް ނަގަހައްޓަވާނެ އަދި ގަބޫލުކުރަމުންދިޔައީވެސް ރާއްޖޭގެ އިސްލާހީ މަސައްކަތުގައި އިސް ސަފުގައި މަސައްކަތްކުރައްވާ ބޭފުޅެއްގެ ގޮތުގައިކަމަށް އަސްލަމް ވިދާޅުވިއެވެ. ނަމަވެސް ފަހުގެ ތާރީޚުގައި ނަޝީދުގެ އަމަލުތައް ހުރި ގޮތުން އެއީ ބަލައިގަނެގެން މިތިބި އުސޫލުތަކާއި ޚިލާފަށް އަމަލުކުރައްވާ ބޭފުޅެއްގެ ގޮތުގައި ފާހަގަވަމުންދާކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އިސްލާހީ މަސައްކަތަށްވުރެ ބޮޑަށް އަމިއްލަވަންތަކަން ނަޝީދު އިސްކުރައްވާތަން ފެންނަކަމަށެވެ.

އަސްލަމް އިތުރަށް ވިދާޅުވީ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން އަބަދުވެސް ނަޝީދާ ދޭތެރޭ ޚާއްސަ ނަޒަރަކުން ބަލަމުންދާކަން އަބަދުވެސް ފާހަގަކުރެވޭކަމަށެވެ. އެއީ ނަޝީދަކީ އެމްޑީޕީ އުފެދިގެން މިހާހިސާބަށް އައިއިރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ އަދި ވަރަށް ގިނަ ބަޔެއްގެ ރުހުން ލިބިފައިވާ ބޭފުޅެއްވީމަ ކަމަށެވެ. މީގެއިތުރުން އެމްޑީޕީގެ ރައީސްކަމުގައި ނަޝީދު ހުންނެވުމުންވެސް ވަރަށް ގިނަ ކަންކަމުގައި ދޫދީފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މިފަދަ ކަންކަމާހެދި ނަޝީދާ މެދު ހިތުގައި އުފެދިފައިވާ ލޯތްބާ ގަދަރު ކުޑަވެގެންގޮސް މިއަދަކީ ދެން އިތުރަށް ނަޝީދު މަޖިލީހުގެ ރައީސްކަމުގައި ބައިންދައިގެން މަޖިލިސް އިތުރަށް ހިންގިދާނެކަމަށް ގަބޫލުނުކުރެވުނު ދުވަސްކަމަށެވެ. ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ނިންމީ އެހެންވެގެންކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ސޮއިކުރުމަށް ބޭނުންވާ އަގްލަބިއްޔަތު ކަމުގައިވާ 44 މެމްބަރުންގެ ސޮއިލިބޭނެކަމަށެވެ. އަދި އެއަދަދު 50ށް ވުރެ މަތިވާނެކަމަށް އަސްލަމް ވިދާޅުވިއެވެ. ސޮއި ހަމަވުމާއެކު އެމައްސަލަ ހުށަހަޅާނެކަމަށް އަސްލަމް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމަށް ސޮއި ހޯދަމުންދާއިރު ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރުނެތްކަމުގެ މައްސަލަވެސް ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
29 ޖެނުއަރީ 2017

ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި

29 ޖެނުއަރީ 2017
ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި
28 ޖެނުއަރީ 2017

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

28 ޖެނުއަރީ 2017
ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
27 ޖެނުއަރީ 2017

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް