Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުނި މެނޭޖުކުރުން

22 ރަށެއްގެ ކުނި މެނޭޖުކުރާ މެޝިނަރީ ފޯރުކޮށްދޭން ލަންކާ ކުންފުންޏަކާ ހަވާލުކޮށްފި

މި މަސައްކަތް ހަވާލުކޮށްފައިވަނީ 7.6 މިލިއަން ރުފިޔާއަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 6 ޖޫން 2023 | އަންގާރަ 11:56
އެންވަޔަރަމަންޓް މިނިސްޓްރީއާއި ލަންކާ ކުންފުންޏާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން

އެންވަޔަރަމަންޓް މިނިސްޓްރީއާއި ލަންކާ ކުންފުންޏާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން

ރާއްޖޭގެ 22 ރަށެއްގެ ކުނި މެނޭޖުކުރުމަށް ބޭނުންވާ މެޝިނަރީ ފޯރުކޮށްދިނުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގައި އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ލަންކާގެ ސޯ އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އާމިނަތު ޝައުނާއެވެ. އަދި ސޯ އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު ބަނޑުލަ ޖަޔަރަތުނައެވެ.

މިއީ، އެންވަޔަރަމަންޓް މިނިސްޓްރީއާއި ވޯލްޑް ބޭންކު ގުޅިގެން ކުރިއަށްގެންދާ "މޯލްޑިވްސް ކްލީން އެންވަޔަރަމަންޓް" ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހަވާލުކޮށްފައިވަނީ މ. ފ. ދ. ތ. ލ. އަތޮޅުގެ ރަށްތަކުގެ ކުނި މެނޭޖުކުރުމަށް ބޭނުންވާ މެޝިނަރީ ފޯރުކޮށްދިނުމުގެ މަސައްކަތެވެ.

ލަންކާ ކުންފުނި މެދުވެރިކޮށް މި ފަސް އަތޮޅުގެ 22 ރަށަށް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ އިކުއިޕްމަންޓުތަކުގެ ތެރޭގައި؛ މަލްޓި-ޕަރޕަސް މިނީ ބޭލަރ، ސިންގަލް ފީޑް ގްލާސް ބޮޓްލް ކްރަޝަރ، ކުނި ކަލެކްޓުކުރުމަށް ބޭނުންކުރާނެ އެކި ވަރުގެ ޑަސްބިން، ޕީ.ޕީ.އީ ކިޓު އަދި އެހެނިހެން ބައެއް އާލާތްތައް ހިމެނެއެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 4 މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމާގޮތަށެވެ.

މި މަޝްރޫއުގެ މަސައްކަތް ސޯ އިންޖިނިއަރިންގއާ ހަވާލުކޮށްފައިވަނީ 7.6 މިލިއަން ރުފިޔާއަށެވެ.

މިނިސްޓަރު ޝައުނާ ވިދާޅުވީ، ރާއްޖޭގައި ކުނި މެނޭޖުކުރުމަކީ ދިމާވެފައިވާ ބޮޑު ގޮންޖެހުމަކަށްވާއިރު އެކަމަށް އަވަސް ހައްލެއް ބޭނުންވާ ކަމަށެވެ. އެގޮތުން، ރާއްޖޭގެ ހުރިހާ ރަށެެއްގައި ކުނި މެނޭޖުކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ރަށު ފެންވަރުގައި ކުނި މެނޭޖުކުރުމަށް ކައުންސިލްތަކަށް އެހީތެރިކަން ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނިގޮތުގައި މި އިކުއިޕްމަންޓުތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ރަށްތަކަކީ މައިގަނޑުގޮތެއްގައި މިހާރު ކުންޏާއި މެނޭޖުކުރާ މަރުކަޒެއް ހުންނަ، ނުވަތަ އެފަދަ މަރުކަޒެއް ހެދުމުގެ އަމަލީ މަސައްކަތް މިހާރު ކުރެވެމުންދާ، ނުވަތަ ޕްރޮކިއުމަންޓް މަރުހަލާގައިވާ ރަށްތަކެވެ. އަދި މި މަޝްރޫއުގެ ސަބަބުން، ރަށުގައި އުފެދޭ ކުނިތައް އެކަށީގެންވާ ނިޒާމެއްގެ ދަށުން ކުނި މެނޭޖުކުރާ މަރުކަޒަށް ގެނެއުމުގެ މަސައްކަތައް އެހީތެރިވެދީ، ގިނަ އަދަދެއްގެ ދަގަނޑު، ޕްލާސްޓިކު އަދި ކަރުދާސްފަދަ ކުނިތައް ބޭލްކޮށް، ވޮލިއުމް ރިޑިއުސްކޮށް، ރަށުން ބޭރުކުރެވެންދެން ރައްކާކޮށްފައި ބެހެއްޓުމުގެ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް ބުންޏެވެ.

މީގެ އިތުރުން ބިއްލޫރި ފުޅި ފަދަ ކުނިތައް މެޝިނުން މުގުރައި އެހެނިހެން ކަންކަމަށް އެ ބޭނުންކުރުމުގެ މަގުވެސް ފަހިވެގެންދާނެ ކަމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމުގެ މަސައްކަތާ ދިމާއަށް މި ސަރުކާރުން މިސްރާބު ޖަހާފައިވާ ދުރު މަންޒިލަށް ވާސިލުވުމަށް ލިބިދޭ ނުހަނު ބޮޑު ބާރަކަށް ވެގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

ރަށްރަށުގައި ކުނި އުފުލުމަށް ބޭނުންވާ އުޅަނދުތައް ހޯދުމުގެ މަސައްކަތްވެސް މިނިސްޓްރީން ފަށާފައިވާއިރު، މި މަޝްރޫއުގެ ދަށުން ފޯރުކޮށްދޭ ތަކެތި ހިންގައި ބެލެހެއްޓުމާއި އަދި ރަނގަޅަށް މެއިންޓެއިން ކުރުމަކީ ރަށްރަށު ކައުންސިލްތަކުގެ ޒިންމާއެކެވެ. މިކަން ކުރުމަށް ސަރުކާރުން މިހާރު ވަނީ ރަށު ކައުންސިލްތަކަށް ގްރީން ފަންޑުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައެވެ.  

އިތުރަށް ކިޔާލަން

04 މެއި 2017

ތިން ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރަން އެންވާރަމެންޓް މިނިސްޓްރީގެ ފަރާތުން ބަޔަކާ ހަވާލު ކޮށްފި

04 މެއި 2017
ތިން ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރަން އެންވާރަމެންޓް މިނިސްޓްރީގެ ފަރާތުން ބަޔަކާ ހަވާލު ކޮށްފި
02 މެއި 2017

ވިލާއަށް ދޫކޮށްފައި އޮތް ތިން ރަށެއްގެ މައްސަލައިގައި ދަށު ކޯޓުން އިއްވި ހުކުމްތައް ބާތިލް ކޮށްފި

02 މެއި 2017
ވިލާއަށް ދޫކޮށްފައި އޮތް ތިން ރަށެއްގެ މައްސަލައިގައި ދަށު ކޯޓުން އިއްވި ހުކުމްތައް ބާތިލް ކޮށްފި
18 އެޕްރީލު 2017

ބާރަ ރަށެއްގެ އީއައިއޭ ރިޕޯޓް ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި

18 އެޕްރީލު 2017
ބާރަ ރަށެއްގެ އީއައިއޭ ރިޕޯޓް ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި
26 މާރިޗު 2017

ހަ ރަށެއްގެ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް 14.3 މިލިޔަން ރުފިޔާ އަށް މަގުހަދާ ކުންފުންޏަށް

26 މާރިޗު 2017
ހަ ރަށެއްގެ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތް 14.3 މިލިޔަން ރުފިޔާ އަށް މަގުހަދާ ކުންފުންޏަށް
15 މާރިޗު 2017

ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު

15 މާރިޗު 2017
ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު
18 ފެބުރުއަރީ 2017

މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި

18 ފެބުރުއަރީ 2017
މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި
14 ފެބުރުއަރީ 2017

ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ

14 ފެބުރުއަރީ 2017
ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
25 ޖެނުއަރީ 2017

ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

25 ޖެނުއަރީ 2017
 ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު