Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

ޓުޗެލް ބޭނުންވަނީ ރަފީނިއާ ބަޔާނަށް ގެންނަން

6 ޖޫން 2023 | އަންގާރަ 08:51

ރަފީނިއާ ބާސެލޯނާއާއެކު ހަދާފައިވާ ފަސް އަހަރު ދުވަހުފެ އެއްބަސްވުން ހަމަވާނީ 2027 ވަނަ އަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ޖޫން 2023 | އަންގާރަ 08:51
ބާސެލޯނާ އަށް ކުޅެމުން އަންނަ ރަފީނިއާ

ބާސެލޯނާ އަށް ކުޅެމުން އަންނަ ރަފީނިއާ

ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ބަޔާން މިއުނިކުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބޭނުންވަނީ ބާސެލޯނާ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ރަފީނިއާ އެ ޓީމަށް ގެންނަން ކަމަށް ޖަރުމަނުގެ ނޫސްތަކުގައި ބުނެފި އެވެ.

ރަފީނިއާ ބާސެލޯނާއާއެކު ހަދާފައިވާ ފަސް އަހަރު ދުވަހުފެ އެއްބަސްވުން ހަމަވާނީ 2027 ވަނަ އަހަރު އެވެ. އޭނާ ބާސެލޯނާ އަށް ބަދަލުވީ ލީޑްސް ޔުނައިޓެޑު ދޫކޮށެވެ. ރަފީނިއާ އެ ޓީމުގައި ހުރި ދުވަސްވަރު ވެސް ޓުޗެލް އޭނާ ގެންނަން ބޭނުންވި އެވެ. އެހެންކަމުން ޓުޗެލްގެ ކުރީގެ ކުލަބު ޗެލްސީން އޭރު އޭނާ ހޯދުމުގެ މަސައްކަތް ވެސް ކުރި އެވެ. ނަމަވެސް ޗެލްސީގެ މައްޗަށް ކުރި ހޯދީ ބާސެލޯނާ އިންނެވެ. އެހެންކަމުން އޭރުން ފެށިގެން ވެސް ރަފީނިއާ އަކީ ޓުޗެލް ގަޔާވާ ކުޅުންތެރިޔެކެވެ. ޚާއްސަކޮށް ރަފީނިއާގެ ކުޅުމުގެ ވައްޓަފާޅި އާއި އޭނާގެ ހުނަރާ މެދު އޭރު ވެސް ޓުޗެލް ހިތްހަމަ ޖެހެ އެވެ. އެހެންކަމުން ރަފީނިއާ ބަޔާނަށް ގެނައުމަކީ ޓުޗެލް މިވަގުތު އެންމެ ބޭނުންވާނެ އެއް ގޮތް ކަމަށް ރިޕޯޓުތަކުގައި ވަނީ ބުނެފަ އެވެ. ރަފީނިއާ ހޯދުމަށް ޓުޗެލް ބޭނުންވަނީ، ބަޔާންގެ ޑިފެންޑަރު ބެންޖަމިން ޕަވާޑް ބާސެލޯނާ އަށް ދޫކޮށްލުމަށް ފަހު އެވެ. އެއީ ޕަވާޑް އަކީ ބާސެލޯނާ އިން ގެންނަން ބޭނުންވާ ކުޅުންތެރިޔަކަށް ވުމުން ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ރަފީނިއާ ވަނީ ބާސެލޯނާ އަށް 50 މެޗު ކުޅެދީ 10 ލަނޑު ޖަހައިފަ އެވެ. ޓުޗެލްއެކޭ އެއްފަދައިން ރަފީނިއާ އަކީ ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ވެސް ބޭނުންވާ ކުޅުންތެރިޔެކެވެ. އެހެންކަމުން ޓުޗެލް ރަފީނިއާ ހޯދުމަށް ބޭނުންވި ނަމަވެސް، ރަފީނިއާ ދޫކޮށްލުމަށް ޒަވީ ބޭނުންނުވާ ކަމަށް ވަނީ ބުނެފަ އެވެ. ބާސެލޯނާގައި ކާމިޔާބު ސީޒަނެއް ހޭދަ ކުރުމަށް ފަހު، ކުރިއަށް އޮތް ސީޒަނަށް ޒަވީ ކުރިމަތިލާއިރު އޭނާ ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި ރަފީނިއާ ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެންމެ ހިނގާ

1

އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި

2

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

3

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

4

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

5

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

އިތުރަށް ކިޔާލަން

11 މެއި 2017

މާޒީގެ ވާހަކަ ދައްކަން ބޭނުމެއް ނެތް، ޓީސީއަތުން ބޭނުންވަނީ މޮޅެއް: ސެކުލޮސްކީ

11 މެއި 2017
މާޒީގެ ވާހަކަ ދައްކަން ބޭނުމެއް ނެތް، ޓީސީއަތުން ބޭނުންވަނީ މޮޅެއް: ސެކުލޮސްކީ
11 މެއި 2017

ރޫނީ އަދިވެސް ބޭނުންވަނީ ޔުނައިޓެޑްގައި މަޑުކުރަން

11 މެއި 2017
ރޫނީ އަދިވެސް ބޭނުންވަނީ ޔުނައިޓެޑްގައި މަޑުކުރަން
22 އެޕްރީލު 2017

ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ

22 އެޕްރީލު 2017
ޕީއެސްޖީގެ މަރްކީނިއޮސް ގެންނަން ޔުނައިޓެޑުން 70 މިލިއަން ޕައުންޑު ހުށަހަޅަނީ
28 މާރިޗު 2017

ބޭނުންވަނީ މޮޅު ކުޅުމަކާ އެކު ރަނގަޅު ނަތީޖާއެއް: ސްޓެވާޓް

28 މާރިޗު 2017
ބޭނުންވަނީ މޮޅު ކުޅުމަކާ އެކު ރަނގަޅު ނަތީޖާއެއް: ސްޓެވާޓް
25 މާރިޗު 2017

ބާސާ އަށް އިސްކޯ ގެންނަން އިނިއެސްޓާ އަދި ސުއަރޭޒް ބޭނުންވޭ!

25 މާރިޗު 2017
ބާސާ އަށް އިސްކޯ ގެންނަން އިނިއެސްޓާ އަދި ސުއަރޭޒް ބޭނުންވޭ!
09 މާރިޗު 2017

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ
04 މާރިޗު 2017

މޮރީނޯ ބޭނުންވަނީ ރޫނީ އާއި އިބްރަހަމޮވިޗް މެންޔޫގައި މަޑުކުރުވަން

04 މާރިޗު 2017
މޮރީނޯ ބޭނުންވަނީ ރޫނީ އާއި އިބްރަހަމޮވިޗް މެންޔޫގައި މަޑުކުރުވަން
07 ފެބުރުއަރީ 2017

ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް

07 ފެބުރުއަރީ 2017
ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް
10 ޖެނުއަރީ 2017

ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ

10 ޖެނުއަރީ 2017
ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް