Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

އެގޮތަށް ފާސްކޮށްފައިވަނީ އަންގާރަ ދުވަހު ބޭއްވި ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ޖޫން 2023 | އަންގާރަ 07:41
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުން

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކޮށްފިއެވެ.

އެގޮތަށް ފާސްކޮށްފައިވަނީ އަންގާރަ ދުވަހު ބޭއްވި ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައެވެ. އެގޮތުން ބައްދަލުވުމަށް ހާޒިރުވި މެމްބަރުންގެ އަޣުލަބިއްޔަތުން ވަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅަން ފާސްކޮށްފައެވެ.

Advertisement - newsAdvertisement

އެމްޑީޕީއަށް ނިސްބަތްވާ 56 މެމްބަރުންގެ ތެރެއިން 42 މެމްބަރުން ޕީޖީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރެއިން36 މެމްބަރުން ވަނީ އިތުބާރު ނެތްކަމަށް ވޯޓު ދެއްވާފައެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅަން ފާސްކޮށްފައި މިވަނީ ހޯމަ ދުވަހާއި އަންގާރަ ދުވަހު ކުރިޔަށްދިޔަ ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހުގެ ޖަލްސާ ކުރިޔަށްދިޔަ ގޮތާއި ގުޅޭގޮތުން އެމްޑީޕީގެ ޕީޖީ ގްރޫޕުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ޖަލްސާ ކުރިޔަށްދިޔައީ އިދިކޮޅުން ބޭނުންވިގޮތަށްކަމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ބުނެއެވެ.

އެމައްސަލައިގައި ރިޔާސަތާއި އިދިކޮޅު ފަރާތްތަކުން އަމަލުކުރި ގޮތާމެދު އިންތިހާއަށް ކަންބޮޑުވުން އެބައޮތްކަމަށްވެސް ޕީޖީ ގްރޫޕުން ވަނީ ބުނެފައެވެ.

ހޯމަ ދުވަހު އިދިކޮޅު މެންބަރުން ވަނީ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސް އަޅާފައެވެ. މަޖިލީހުގެ ޖަލްސާ ފެށުމާއި އެކު އިދިކޮޅު ބައެއް މެންބަރުން ވަނީ މަޖިލީހުގެ ޖަލްސާގައި އަޑު ގަދަކުރައްވާފައެވެ. އަދި ދެ ފަހަރެއްްގެ މަތިން މަޖިލީހުގެ ޖަލްސާ މެދުކަނޑާލިއެވެ. 

މައްސަލަ ހުށަނޭޅި ގަޑިއެއްހާރު ހޭދަކުރަން ޖެހުނު އިރު މެންދުރުގެ ކެއުމަށް ފަހު ޖަލްސާގައި މައްސަލައިގެ ބަހުސް ކުރިއަށް ގެންދަން ފެށުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުންނާއި އިދިކޮޅު މެންބަރުން ވަނީ އަޑުގަދަކުރައްވާ މަޖިލީހުގެ ނިޒާމް ގެއްލުވާލާފައެވެ.

އެއަށްފަހު އަންގާރަ ދުވަހުގެޖަލްސާވެސްދިޔައީ ހަމަ އެފަދަ ގޮތަކަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް، މަޖިލީހުގެ މެންބަރުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މެމްބަރުން ވަނީ ގޮވާލައްވާފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު