Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަޖިލީހުގެ ޖަލްސާތައް

މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް މެންބަރުން ނަޝީދަށް ގޮވާލައިފި

ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ކޮމިޓީއަށް ހުށަހަޅަން ފޮނުއްވި މައްސަލަ ތަޅުމަށް ހުށަހަޅާ ވޯޓަށް އެހި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 6 ޖޫން 2023 | އަންގާރަ 07:13
މުހައްމަދު ނަޝީދު- ރައްޔިތުންގެ މަޖިލީހުގެ ރައީސް

މުހައްމަދު ނަޝީދު- ރައްޔިތުންގެ މަޖިލީހުގެ ރައީސް

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް، މަޖިލީހުގެ މެންބަރުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ގޮވާލައްވައިފިއެވެ.

މެންބަރުން ނަޝީދަށް މިގޮތަށް ގޮވާލައްވާފައިވަނީ އަންގާރަ ދުވަހުގެ ޖަލްސާގައި މަޖިލީހަށް ހުށަހެޅުނު އިމްތިޔާޒާއި ބެހޭ މައްސަލައިގައި އަމަލުކުރެއްވި ގޮތުންނެވެ. ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ހުށަހެޅުއްވި އިމްތިޔާޒާއި ބެހޭ މައްސަލައިގައި، ކޮމިޓީން އެ މައްސަލަ ބައްލަވައިދެއްވުމަށް ހުށަހެޅުމުން، މަޖިލީހުގެ ރައީސް ނަޝީދު ވަނީ އެ މައްސަލަ ތަޅުމަށް ހުށަހަޅުއްވާ މަޖިލީހުން ފެންނަ ގޮތަކާއި މެދު ވޯޓެއް ނަންގަވާފައެވެ.

Advertisement - newsAdvertisement

މި މައްސަލައާއި ގުޅިގެން މެންބަރުން ވަނީ މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތަވާ މަޖިލިސް ކުރިއަށް ގެންދިއުމަށް ރިޔާސަތުގައި އެދިވަޑައިގަންނަވާފައެވެ. ނަމަވެސް އިމްތިޔާޒު މައްސަލަ ބަލައިގަތުމަށް ވޯޓުން ފާސް ނުވުމުންވެސް، ރިޔާސުން ވަނީ އެ މައްސަލަ ކޮމިޓީގައި ކުރިއަށް ގެންދެވޭނެކަމަށް ވިދާޅުވެފައެވެ.

މި މައްސަލައާއި ގުޅިގެން ނިޒާމީ ނުކުތާއެއް ނަންގަވާ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 180 ވަނަ މާއްދާގައި ބުނެފައިވަނީ ގާނޫނު އަސާސީގެ 190 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކުގެ ބާރުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންތައްތަކާއި ހިލާފުވެގެން ނޫންގޮތަކަށް އިމްތިޔާޒު މައްސަލައެއް ނުނެގޭނެކަމަށެވެ.

މެންބަރު ޝަރީފްގެ ވާހަކަ މެދުކަނޑާލައްވަން ނަޝީދު މަސައްކަތް ކުރެއްވުމުން ވެސް ޝަރީފް ވާހަކަ ކުރިއަށް ގެންދެވުމުން، އެ ފުރުސަތު ދެއްވުމާއެކު ޝަރީފް ވިދާޅުވީ އިމްތިޔާޒުގެ މައްސަލައެއް ހުށަހެޅޭނީ ގާނޫނާ އެއްގޮތަށް ކަމަށެވެ.

ނަމަވެސް ރިޔާސަތުން ވަނީ އިމްތިޔާޒާއި ބެހޭ މައްސަލަ ހުށަހަޅަން ފަރެސްމާތޮޑާ ދާއިރާގެ މެންބަރަށް ފުރުސަތު ދެއްވާފައެވެ.

ނަމަވެސް މަރަދޫ ދާއިރާގެ މެންބަރު ވަނީ އަނެއްކާ ވެސް ނިޒާމީ ނުކުތާއެއް ނަންގަވާ ވިދާޅުވީ އިމްތިޔާޒުގެ މައްސަލައެއް މިވަގުތު މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތެއް ނެތްކަމަށެވެ. އަދި އިމްތިޔާޒުގެ މައްސަލައަކީ ކޮބައިކަމާއި، އިމްތިޔާޒުގެ މައްސަލައަކަށް ވަނީ ކީއްވެގެންކަން ވިދާޅުވެދެއްވަން ޖެހޭ ކަމަށެވެ. ނަމަވެސް ރިޔާސަތުން ވަނީ ނިޒާމީ ނުކުތާ ބަލައިނުގަތުމަށް ނިންމަވާފައެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިމްތިޔާޒު މައްސަލަ ހުށަހަޅުއްވަން ފުރުސަތު ދެއްވުމުން، އެ މައްސަލަ ހުށަހަޅުއްވާފައިވެއެވެ. އެ މައްސަލައިގައި ބުނެފައިވަނީ މި މައްސަލަ ކޮމިޓީއަށް ހުށަހެޅުމަށް ދަންނަވާ ކަމަށެވެ. ނަމަވެސް ކޮމިޓީއަށް ހުށަހެޅުމަށް އެދިފައިވާ އިމްތިޔާޒުގެ މައްސަލަ ރިޔާސަތުން ވަނީ ވޯޓަށް އަހާފައެވެ.

ރިޔާސަތުން މި މައްސަލައިގައި ވިދާޅުވެފައިވަނީ އިމްތިޔާޒާއި ބެހޭ މައްސަލައާއި ގުޅުންހުރި ސިޓީއެއްވެސް ލިބިފައިވާ ކަމަށާއި، މި މައްސަލަ ކޮމިޓީއަށް ހުށަހެޅެން އޮތްކަން މެންބަރަށް އެނގިވަޑައިގަންނަވާ ކަމަށާއި، ދެންމެ ހުށަހެޅުއްވީ ތަޅުމަށް ކަމަށާއި، ތަޅުމުން ފާސްވެއްޖެނަމަ ދާނީ ކޮމިޓީއަށް ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ވިދާޅުވީ ތަޅުމުގައި އިއްވި މައްސަލަ ހުށަހެޅީ ކޮމިޓީއަށް ކަމަށާއި، ކޮމިޓީން މައްސަލަ ބަލައިދެއްވުމަށް އެދިފައިވާނެ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން އަނެއްކާ ވެސް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ވަނީ ދެކަމެއް ފޮނުވާފައިވާނެކަމަށް ވިދާޅުވެފައެވެ. އެއިރު ރައީސް ނަޝީދަށް ތާއިދުކުރައްވާ މެންބަރު އަލީ އާޒިމް ފަރެސްމާތޮޑާ ދާއިރާ މެންބަރު ކައިރިއަށް ވަޑައިގެން ވަކި ގޮތަކަށް ހުށަހެޅުއްވިކަމަށް ވިދާޅުވުމަށް އެދިވަޑައިގެންނެވި ކަމަށް "ރާއްޖެއެމްވީ" އާއި ވާހަކަ ދެއްކި މަޖިލިސް މެންބަރަކު ވަނީ ވިދާޅުވެފައެވެ.

އަދި ކޮމިޓީއިން މައްސަލަ ބެލުމަށް ފަހުން ހުށަހެޅި ސިޓިއަކީ ވެސް އާޒިމް ލިޔުއްވައިގެން ފަރެސްމާތޮޑާ ދާއިރާ މެންބަރު ލައްވައި ސޮއިކުރި ސިޓިއެއްކަމަށް މައުލޫމާތު ދެއްވި މެންބަރު ވިދާޅުވިއެވެ.

ނަމަވެސް އެކަމަށް ރައްދު ދެއްވާ ރިޔާސަތުން ވިދާޅުވީ މައްސަލަ މަޖިލީހުގެ ގަވާއިދުގެ 186 ވަނަ މާއްދާގެ ދަށުން އެކަމަށް އެދިވަޑައި ނުގަންނަވާ ކަމަށެވެ.

ގަވާއިދާ ހިލާފަށް މައްސަލަ ކުރިއަށް ގެންދާކަމަށް ބުނެ މެންބަރުން ހުށަހެޅި މައްސަލައަށް ރިއާޔަތް ނުކުރައްވާ ނެންގެވި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ ތެރެއިން 48 މެންބަރުންގެ އަގުލަބިއްޔަތުން ވަނީ މައްސަލަ ބަލައި ނުގަތުމަށް ވޯޓު ދެއްވާފައެވެ. މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ 20 މެންބަރުންނެވެ.

ވޯޓުގެ ނަތިޖާއާއި ގުޅިގެން ރިޔާސަތުން ވިދާޅުވީ މި މައްސަލަ ފާސްކުރުމަށް މި ނުކުތާގައި/ މާއްދާގައި މުޅި މަޖިލީހުގެ އަގުލަބިއްޔަތު ބޭނުންވާނެ ކަމަށެވެ. ނަމަވެސް މި މައްސަލަ ފާސް ނުވާ ކަމަށެވެ. އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުށަހަޅުއްވާފައިވާ ގޮތަށް އިމްތިޔާޒު ކޮމިޓީއަށް މައްސަލަ ހުށަހަޅުއްވާނެކަމަށެވެ.

އެމްޑީޕީން މެންބަރުންތަކެއް ވަކިވެވަޑައިގަތުމާއި ގުޅިގެން މަޖިލީހުގެ ކޮމިޓީތައް އެކުލަވާލެވިފައި ނުވާތީ، މިވަގުތު ކޮމިޓީތައް ކުރިއަށް ނުދެއެވެ. ރިޔާސަތުން ވިދާޅުވީ ބަންޑާރަ ނައިބާއި ގުޅުންހުރި މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި، އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ބަހުސްކުރެއްވުމަށް މެންބަރުންނަށް ފުރުސަތު ދެއްވިއެވެ.

ނަމަވެސް މެންބަރުން ވަނީ ގަވާއިދާ ހިލާފަށް މަޖިލިސް ކުރިއަށް ގެންދަވާތީ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ރިޔާސަތަށް ތަކުރާރުކޮށް ދަންނަވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި

މަޖީދިއްޔާ ސްކޫލުގެ ސްޓޫޑަންޑް ކައުންސިލް މެންބަރުން ހުވާކޮށްފި

12 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު