Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުކުޅަސް

އުކުޅަހުގެ 90 އިންސައްތަ ގެތަކާއި ރެސްޓޯރެންޓް އަދި ގެސްޓްހައުސް ޕްލާސްޓިކް ފުޅިން ސަލާމަތްވެއްޖެ: ކައުންސިލް ރައީސް

6 ޖޫން 2023 | އަންގާރަ 02:13

އެހެން ރަށްތަކުގައި އުކުޅަހަށްވުރެ ރަނގަޅަށް ކުނި ނައްތާލުމުގެ މަސައްކަތް ކުރާތީ އުފާވާ ކަމަށް ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 6 ޖޫން 2023 | އަންގާރަ 02:13
އުކުޅަހު ކައުންސިލުގެ ރައީސް ޝައުކަތު އިބްރާހީމް

އުކުޅަހު ކައުންސިލުގެ ރައީސް ޝައުކަތު އިބްރާހީމް

ޕްލާސްޓިކް ފުޅިއާ ދުރަށްދިއުމަށް ކުރި މަސައްކަތުން ރަށުގެ 90 އިންސައްތައަށްވުރެ ގިނަ ގެތަކާއި، ފިހާރަ، ގެސްޓްހައުސް އަދި ޓޫރިސްޓް ހޮޓާތައް ޕްލާސްޓިކް ފުޅިން ސަލާމަތްވެއްޖެ ކަމަށް އއ. އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޝައުކަތު މިފަދައިން ވިދާޅުވީ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ހޯމަ ދުވަހުގެ ރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން، ޕްލާސްޓިކާ ދުރަށް ދިއުމަށާއި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް އުކުޅަހުން ކޮށްފައިވާ މަސައްކަތްތަކަށް އޭނާ އަލިއަޅުއްވާލެއްވިއެވެ.

Advertisement - newsAdvertisement

ޝައުކަތު ވިދާޅުވީ ރާއްޖޭގައި އެންމެ ފުރަތަމަ ރޭވިފައިވާ އިންތިޒާމެއްގެ ތެރެއިން ރައްކާތެރި ގޮތުގައި ކުނި ނައްތާލުމުގެ މަސައްކަތް ފެށީ އުކުޅަހުން ކަމަށްވާއިރު އެ މަސައްކަތް އެގޮތަށް ފެށީ ލޯކަލް ޓޫރިޒަމަކީ ތިމާވެށި ވިއްކައިގެން ކުރެވޭ ވިޔަފާރިއެއްކަން ރައްޔިތުންނަށް ގަބޫލުކުރެވިގެން ކަމަށެވެ. އެ ދުވަހު ފެށި އެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިއަދު ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން ގިނަ ކުރިއެރުންތަކެއް ހޯދިއްޖެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝައުކަތު ވިދާޅުވީ ޕްލާސްޓިކާއި ތިމާވެށީގެ ކަންކަމަށް ރަށުގެ ރައްޔިތުން ހޭލުންތެރި ކަމަށާއި ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން ޕްލާސްޓިކް ފުޅި މަދުކުރުމަށް ކުރި މަސައްކަތް ވެސް ރަށުގައި ވަރަށް ކާމިޔާބު ކަމަށެވެ. އެގޮތުން ކައުންސިލުން ރަށުގެ މުއައްސަސާތަކަށް އާރުއޯ ޕްލާންޓް ހަދިޔާކޮށް، ބިއްލޫރި ފުޅި ހަދިޔާ ކުރި ކަމަށާއި އޭގެ ނަތީޖާ ވަރަށް ފުރިހަމަ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝައުކަތު އިތުރަށް ވިދާޅުވީ ޕްލާސްޓިކް ކޮތަޅުވެސް މަދުކުރުމަށް މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން، ގޭބިސީތަކަށް ފޮތި ކޮތަޅު ހަދިޔާ ކުރުމާއި އެ ކޮތަޅު ހިފައިގެން ދިއުމުން ފިހާރަތަކުން ޑިސްކައުންޓް ލިބޭ އިންތިޒާމުތައް ހަމަޖައްސާފައިވާކަން އޭނާ ފާހަަގަކުރެއްވިއެވެ.

އުކުޅަހު ކައުންސިލުން ޕްލާސްޓިކް ނައްތާލުމަށާއި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ކުރަމުން އަންނަ މަސައްކަތުގައި އެހެން ރަށްތަކުގެ ކައުންސިލްތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދޭކަން ފާހަގަކުރައްވާ ޝައުކަތު ވިދާޅުވީ މިއަދު އެހެން ރަށްތަކުގައި އުކުޅަހަށްވުރެ ރަނގަޅަށް އެ މަސައްކަތްތައް ކުރަމުން އައުމަކީ ރަށަށް ލިބޭ އުފަލެއް ކަމަށެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 މާރިޗު 2018

މުއާސަލާތީ ހިދުމަތްދޭ ފަރާތްތަކުން ކަސްޓަމަރުންގެ ބައެއް ސިއްރު މައުލޫމަތު ހާމަކުރާތީ ކަންބޮޑުވަން: ގެސްޓްހައުސް އެސޯސިއޭޝަން

11 މާރިޗު 2018
މުއާސަލާތީ ހިދުމަތްދޭ ފަރާތްތަކުން ކަސްޓަމަރުންގެ ބައެއް ސިއްރު މައުލޫމަތު ހާމަކުރާތީ ކަންބޮޑުވަން: ގެސްޓްހައުސް އެސޯސިއޭޝަން
30 ޖެނުއަރީ 2018

އޯ ލެވެލްގައި ބައިވެރިވި 77 އިންސައްތަ 5 މާއްދާއިން ފާސްވެފައި ވާކަމަށް ބުނެ ވަނީ އޮލޫވާލާފައި: އެމްޑީޕީ

30 ޖެނުއަރީ 2018
އޯ ލެވެލްގައި ބައިވެރިވި 77 އިންސައްތަ 5 މާއްދާއިން ފާސްވެފައި ވާކަމަށް ބުނެ ވަނީ އޮލޫވާލާފައި: އެމްޑީޕީ
01 ޑިސެމްބަރު 2017

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހިންނަވަރުގެ 75 އިންސައްތަ ގެތަކަށް ފެނުގެ އަސަރުކޮށްފި

01 ޑިސެމްބަރު 2017
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހިންނަވަރުގެ 75 އިންސައްތަ ގެތަކަށް ފެނުގެ އަސަރުކޮށްފި
07 އޮކްޓޯބަރު 2017

މާފަރު ގެސްޓްހައުސް ކައިރީގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފި

07 އޮކްޓޯބަރު 2017
މާފަރު ގެސްޓްހައުސް ކައިރީގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލައިފި
20 ސެޕްޓެމްބަރު 2017

އުކުޅަހުގެ ނަރުދަމާ މަޝްރޫއުގައި ސޮއިކުރުން – އާދަޔާ ޚިލާފު އިވެންޓެއް!

20 ސެޕްޓެމްބަރު 2017
އުކުޅަހުގެ ނަރުދަމާ މަޝްރޫއުގައި ސޮއިކުރުން – އާދަޔާ ޚިލާފު އިވެންޓެއް!
18 ޖޫން 2017

ވެލާނާ އެއާޕޯޓުގައި ހަދާ ރެސްޓޯރެންޓް އިމާރާތުގެ މަސައްކަތް ފަށައިފި

18 ޖޫން 2017
ވެލާނާ އެއާޕޯޓުގައި ހަދާ ރެސްޓޯރެންޓް އިމާރާތުގެ މަސައްކަތް ފަށައިފި
11 ޖޫން 2017

ކާނިވާ ސަރަހައްދުގައި ހުރި ބައެއް ކެފޭތަކައި ރެސްޓޯރެންޓްތައް ނަގަނީ

11 ޖޫން 2017
ކާނިވާ ސަރަހައްދުގައި ހުރި ބައެއް ކެފޭތަކައި ރެސްޓޯރެންޓްތައް ނަގަނީ
29 މެއި 2017

މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ

29 މެއި 2017
މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ
08 ފެބުރުއަރީ 2017

ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު

08 ފެބުރުއަރީ 2017
ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު
06 ފެބުރުއަރީ 2017

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް