Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދުނިޔޭގެ ތިމާވެށީގެ ދުވަސް

މަނާކުރި ޕްލާސްޓިކްގެ ބާވަތްތަކުގެ ތެރެއިން 12 ބާވަތެއްގެ ޕްލާސްޓިކް ވަނީ އެއްކޮށް ފޭސް އައުޓް ކުރެވިފަ: މިނިސްޓަރު

ޕްލާސްޓިކުގެ މައްސަލަ ހައްލުކުރުމަށް އެންމެ ފުރަތަމަ ސިޔާސަތު ކަނޑައަޅައި، އެންމެ ކުރީގައި ސިޔާސަތު ތަންފީޒުކުރަމުން އަންނަ ގައުމަކީ ރާއްޖެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 5 ޖޫން 2023 | ހޯމަ 17:57
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ

ކުނި މެނޭޖުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ނ) ގައި ވާ ގޮތުގެ މަތިން، ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ސިންގަލް- ޔޫޒް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓުގައި ހިމެނޭ 13 ބާވަތުގެ ޕްލާސްޓިކުގެ ތެރެއިން 12 ބާވަތެއްގެ ޕްލާސްޓިކް މިހާރު ވަނީ އެއްކޮށް ބޭނުންކުރުން ހުއްޓާލެވިފައިކަމަށް، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް އއ. އުކުޅަހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޕްލާސްޓިކު ކުންޏަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމަށެވެ. މިކަން ހައްލުކުރުމަށް އެންމެ ފުރަތަމަ ސިޔާސަތު ކަނޑައަޅައި، އެންމެ ކުރީގައި ސިޔާސަތު ތަންފީޒުކުރަމުން އަންނަ ގައުމަކީ ރާއްޖެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއިން ވަނީ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލަން ނިންމާފައިކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، މީގެ ދެ އަހަރެއްވަރު ކުރިން 13 ބާވަތެއްގެ ޕްލާސްޓިކް ބޭނުންކުރުމާއި، ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުން ހުއްޓާލުމުގެ ފޭސް އައުޓް ޕްލޭނެއްކުރިކަމަށެވެ. މިވީ ދެ އަހަރު ދުވަހުގެ ތެރޭގައި އޭގެތެރެއިން 12 ބާވަތެއްގެ ޕްލާސްޓިކް ބޭނުންކުރުން އެއްކޮށް ހުއްޓާލާފައިވާއިރު، އެކަމުގެ ނޭދެވޭ އަސަރު ދިރިއުޅުމަށް ނުކުރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ނުކޮށް މިތަކެތި ބޭނުންކުރުން މިއަދު ހުއްޓާލެވިފައިވާކަމަށެވެ.

ތިލަފުށީގައި ކުނީގެ ނިޒާމު މެނޭޖްކުރުމުގެ މަސައްކަތްކުރަމުންދާއިރު ފާއިތުވި 30 އަހަރު ވަންދެން ރާއްޖޭގެ ހުރިހާ ރަށަކުން ކުނި ޖަމާވަމުންދިޔަ ދިޔުން ނިމުމަކަށް ގެނެވި، އެތަނުން އަރަމުންދިޔަ ދުން ނިއްވައިލެވުމަކީ އިގްތިސާދަށާއި ސިއްހީ ނިޒާމަށްވެސް ލިބުނު ކުރިއެރުމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

07 ޖޫން 2017

ލޯންޗު އެކްސިރެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އައިސީޔޫގައި މިހާރު އޮތީ އެންމެ މީހެއް!

07 ޖޫން 2017
ލޯންޗު އެކްސިރެންޓްގައި އަނިޔާވި މީހުންގެ ތެރެއިން އައިސީޔޫގައި މިހާރު އޮތީ އެންމެ މީހެއް!
31 މެއި 2017

ލޯންޗް އެކްސިޑެންޓް:11 މީހުންގެ ތެރެއިން ދެ މީހުން ސީރިއަސް ހާލަތުގައި

31 މެއި 2017
ލޯންޗް އެކްސިޑެންޓް:11 މީހުންގެ ތެރެއިން ދެ މީހުން ސީރިއަސް ހާލަތުގައި
26 އެޕްރީލު 2017

ރާއްޖެޓީވީ ޖޫރިމަނާކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި

26 އެޕްރީލު 2017
ރާއްޖެޓީވީ ޖޫރިމަނާކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި
06 އެޕްރީލު 2017

ފައިސާ ގޯނި ހިފައިގެން ފައިސާ ބެހި ކަމަށް ބުނާ މައްސަލަ ބަލަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން: އޭސީސީ

06 އެޕްރީލު 2017
ފައިސާ ގޯނި ހިފައިގެން ފައިސާ ބެހި ކަމަށް ބުނާ މައްސަލަ ބަލަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިން: އޭސީސީ
05 އެޕްރީލު 2017

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް

05 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް
30 މާރިޗު 2017

ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން:ފުލުހުން

30 މާރިޗު 2017
ތައްޔިބާމެދު އަމަލުކުރަމުން ގެންދަނީ ބައިނަލްއަގްވާމީ އިމުގެ ތެރެއިން:ފުލުހުން
09 މާރިޗު 2017

މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ

09 މާރިޗު 2017
މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ
08 މާރިޗު 2017

އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ

08 މާރިޗު 2017
އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ
15 ފެބުރުއަރީ 2017

ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

15 ފެބުރުއަރީ 2017
ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު