Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބާސެލޯނާގެ ޕްލޭނަށް ރުހުން ލިބިއްޖެ، މެސީ ގެނައުމުގެ ތައްޔާރީތައް ފަށައިފި

ބާސެލޯނާގެ ރައީސް އާއި މެސީގެ ބައްޕަ މިއަދު ވަނީ ބައްދަލުކޮށް މަޝްވަރާތައް ފަށާފައި

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 5 ޖޫން 2023 | ހޯމަ 15:25
ޑެމްބެލޭ، މެސީ އުރާލައިގެން: މެސީ ފެނުން ގާތީ ބާސެލޯނާއިން

ޑެމްބެލޭ، މެސީ އުރާލައިގެން: މެސީ ފެނުން ގާތީ ބާސެލޯނާއިން

ބާސެލޯނާއިން އެކުލަބުގެ މާލީ ކަންކަން ހަމަޖައްސަން ސްޕެނިޝް ލީގަށް ހުށަހެޅި ޕްލޭނަށް އެލީގުން ރުހުން ދިނުމާއެކު ކުރީގެ ކެޕްޓަން އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލަޔޮނަލް މެސީ ގެނައުމަށް ތައްޔާރުވާން ފަށައިފި އެވެ.

މީގެ ދެ އަހަރު ކުރިން މެސީ ބާސެލޯނާ ދޫކޮށްލަން ޖެހުނީ ސްޕެނިޝް ލީގުން އޭނާގެ ކޮންޓްރެކްޓް ރަޖިސްޓްރީ ނުކޮށްދިނުމުންނެވެ. ނަމަވެސް ފްރާންސްގެ ޕީއެސްޖީގައި މިދިޔަ ދެ ސީޒަން ހޭދަކުރުމަށްފަހު ދެން ކުޅޭނެ ކުލަބެއް ނުނިންމައިހުރި އާޖެންޓީނާގެ ކެޕްޓަން އަލުން ރަޖިސްޓްރީ ކުރެވިދާނެ ކަމަށް ސްޕެނިޝް ލީގުން މިއަދު ވަނީ ބާސެލޯނާ އަށް ޔަގީންކަންދީފަ އެވެ. މިއާއެކު މެސީގެ ބައްޕަ އަދި އެޖެންޓް ޖޯޖް މެސީ ވަނީ ބާސެލޯނާގެ ރައީސް ހުއާން ލަޕޯޓާގެ އަމިއްލަ ގޭގައި ބައްދަލުކޮށްފަ އެވެ. މި ބައްދަލުވުމަށްފަހު ވާހަކަ ދައްކަމުން ޖޯޖް މެސީ ބުނީ އޭނާގެ ދަރިފުޅު އެނބުރި ކުރީގެ ކުލަބަށް އައުމަށް އޭނާ ވެސް ހުރީ އެދިގެން ކަމަށެވެ. މިއީ ވުން ކައިރި ކަމެއްކަން ފުރަތަމަ ފަހަރަށް އޭނާ ވަނީ ބުނެފަ އެވެ.

މެސީގެ ގެނައުމަށާއި އައު ކުޅުންތެރިން ގަތުމަށް ބާސެލޯނާއިން ހުށަހެޅި ޕްލޭންގައިވާ ގޮތުން ބައެއް ކުޅުންތެރިން ވިއްކާލަންޖެހެ އެވެ. މި ގޮތުން މާދަމާ ޖަޕާނުގައި ކުޅޭ އެކުވެރިކަމުގެ މެޗަށް ފަހު ތިން ކުޅުންތެރިއަކު ވިއްކާލަން ވަނީ ނިންމާފަ އެވެ. ސްޕޭނުގެ މީޑިއާތަކުން ބުނާ ގޮތުގައި ވިއްކާލާ ލިސްޓުގައިވަނީ އަންސޫ ފަޓީ އާއި ފެރަން ޓޮރޭޒް އަދި ރަފީނިއާ އާއި ކެސިއޭ އެވެ.

މެސީ އަކީ ބާސެލޯނާއިން އަންނަ ސީޒަނަށް ގެނައުމަށް އެންމެ އިސްކަންދޭ ކުޅުންތެރިޔާ އެވެ. ސަބަބަކީ އޭނާ އަކީ އެކުލަބުގެ އެކަޑަމީން ފެށިގެން ކުޅެމުން އައި ކުޅުންތެރިއަކަށްވެފައި މެސީ ކުލަބުން ދާން ޖެހުނީ މަޖުބޫރީ ހާލަތެއް މެދުވެރިވެގެން ކަމަށްވުމެވެ. އަދި އޭނާގެ އެނބުރި ގެނައުމަކީ މާލީ ގޮތުން ވެސް ކުލަބަށް ނުހަނު ފައިދާހުރި ކަމަކަށްވާއިރު މިކަމަށް އެކުލަބުގެ ސަޕޯޓަރުން ކުރަމުންދާ ޕްރެޝަރެވެ. ސައުދީ އަރަބިއާއިން ބިލިއަން ޑޮލަރުގެ އަގުހުރި ހުށަހެޅުމެއް ލިބިފައިވީ ނަމަވެސް މެސީ ވެސް ކުޅޭނެ ކުލަބެއް ނުނިންމައި ހުރީ ބާސެލޯނާއިން ބުނާނެ އެއްޗެއްގެ އިންތޒާރުގަ އެވެ.

އޭނާގެ އިތުރުން ބާސެލޯނާއިން އަލަށް ގެންނަން ބޭނުންވާ ކުޅުންތެރިގެ ލިސްޓުގައި ވަނީ އިގްނާޒިއޯ މާޓިނޭޒާއި މެންޗެސްޓާ ސިޓީގެ ކެޕްޓަން އިކާއީ ގުންޑޮގަން އާއި އިޓަލީގެ ފިއޮރެންޓީނާގެ މޮރޮކޯ މިޑްފީލްޑަރު ސޮފްޔާން އަމްރަބްތެވެ.

އިތުރަށް ކިޔާލަން

24 މެއި 2017

ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި

24 މެއި 2017
ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި
22 މެއި 2017

ރާއްޖޭގެ ނެޓްބޯލް ދެ އަމްޕަޔަރަކަށް ބީ ބެޖް ސެޓްފިކެޓް ލިބިއްޖެ

22 މެއި 2017
ރާއްޖޭގެ ނެޓްބޯލް ދެ އަމްޕަޔަރަކަށް ބީ ބެޖް ސެޓްފިކެޓް ލިބިއްޖެ
17 މެއި 2017

ޕުޔޯލްގެ ނަޒަރުގައި ރޮނާލްޑޯއަށްވުރެ މޮޅީ މެސީ

17 މެއި 2017
 ޕުޔޯލްގެ ނަޒަރުގައި ރޮނާލްޑޯއަށްވުރެ މޮޅީ މެސީ
24 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި

24 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ފަހުވަގުތު މެސީ ކާމިޔާބުކުރި ލަނޑުން ބާސާ އިން ރެއާލް ބަލިކޮށްފި
15 އެޕްރީލު 2017

ރާއްޖޭގެ ދެ އަމްޕަޔަރުންނަށް ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުން ފުރުސަތު ލިބިއްޖެ

15 އެޕްރީލު 2017
ރާއްޖޭގެ ދެ އަމްޕަޔަރުންނަށް ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުން ފުރުސަތު ލިބިއްޖެ
05 އެޕްރީލު 2017

ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ

05 އެޕްރީލު 2017
ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ
03 އެޕްރީލު 2017

ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ

03 އެޕްރީލު 2017
ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ
29 މާރިޗު 2017

ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި

29 މާރިޗު 2017
ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި
25 ފެބުރުއަރީ 2017

ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް

25 ފެބުރުއަރީ 2017
ވިކްޓްރީގެ ކެޕްޓަން ބޭންޑް މެސީއަށް
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު