Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އިންޑިއާގެ ރޭލު އެކްސިޑެންޓް

ރޭލު އެކްސިޑެންޓަށްފަހު ފިރިންނަށް ވީ ގޮތް ނޭނގި، އަނބިން މާޔޫސްކަމުގައި

މާއާއި ކަންޗާން މިހާރުވެސް ވަނީ އެކި ހޮސްޕިޓަލުތަކާއި ވަގުތީ މޯޗަރީތަކަށް ގޮސްފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 5 ޖޫން 2023 | ހޯމަ 15:41
ރޭލު އެކްސިޑެންޓަށްފަހު ފިރިންނަށް ވީ ގޮތް ނޭނގި، އަނބިން މާޔޫސްކަމުގައި

ރޭލު އެކްސިޑެންޓަށްފަހު ފިރިންނަށް ވީ ގޮތް ނޭނގި، އަނބިން މާޔޫސްކަމުގައި

މި ފަހުގެ ތާރީޚުގައި އިންޑިއާގައި ހިނގި އެންމެ ނުރައްކާތެރި ރޭލު އެކްސިޑެންޓް ހިނގިތާ 2 ދުވަސް ފަހެވެ. ސީމާ ޗޯދްރީއާއި ކަންޗާން ޗޯދްރީގެ މާޔޫސްކަން ހައްތަހާ ދިޔައީ ބޮޑުވަމުންނެވެ. ސީމާއާއި ކަންޗާންގެ ފިރިންނަށް ވީ ގޮތެއް އަދިވެސް ނޭނގޭއިރު، އެ ދެމީހުންގެ އުއްމީދު ދަނީ ފަނޑުވަމުންނެވެ.

ހުކުރު ދުވަހުގެ ރޭ 07:00ހާއިރު ހިނގި ރޭލު އެކްސިޑެންޓްގައި މަރުވި މީހުންގެ ހަށިގަނޑުތައް ޖަމާކޮށްފައިވާ ވިޔަފާރި މަރުކަޒުގައި ސީމާއާއި ކަންޗާން ހަރަކާތްތެރިވަމުން ދިޔައެވެ. ފިރިންގެ އައިޑީ ކާޑުތައް ހިފައިގެންނެވެ. ރޮއި، ގިސްލަމުންނެވެ. އެ ވިޔަފާރި މަރުކަޒަކީ، އެކްސިޑެންޓްގައި މަރުވި މީހުންގެ ހަށިތައް ބެހެއްޓުމަށް މޯގެއްގެ ގޮތުގައި، މި ވަގުތަށް ބޭނުންކުރަމުންދާ ތަނެވެ. އެއީ އާއިލާގެ އެކިއެކި މެންބަރުން ހާޒިރުވެ، އެ ހަށިގަނޑަކީ ކާކުގެ ހަށިގަނޑެއްކަން ކަށަވަރުކުރުމުގެ ހިތްދަތި މަސައްކަތް ކުރިއަށްދާ ތަނެވެ.

ސީމާއާއި ކަންޗާން މިހާރުވެސް ވަނީ އެކި ހޮސްޕިޓަލުތަކާއި ވަގުތީ މޯޗަރީތަކަށް ގޮސްފައެވެ. ފިރިންގެ ކުޑަނަމަވެސް ނިޝާނެއް ފެނޭތޯއެވެ. އެ ފިރިހެނުންނަކީވެސް އެކްސިޑެންޓްވި ރޭލުގައި ދަތުރުކުރަމުން ދިޔަ 2 މީހުންނެވެ.

އުމުރުން 38 އަހަރުގެ ސީމާ ކިޔައިދިންގޮތުގައި އެކްސިޑެންޓް ވީއިރު އޭނާގެ ފިރިމީހާ ދަތުރުކުރަމުން ދިޔައީ ޗެންނާއީއަށް ދިއުމަށެވެ. އެއީ ކޮންސްޓްރަކްޝަން މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރުމަށެވެ.

ކަންޗާންގެ ފިރިމީހާއަކީވެސް އެކްސިޑެންޓްވި ރޭލުން ދަތުރުކުރަމުން ދިޔަ މީހެކެވެ. އުމުރުން ގާތްގަނޑަކަށް 60ށް އަޅާފައިވާ އެ ފިރިހެން މީހާއަކީވެސް ޗެންނާއީގައި މަސައްކަތްކުރާ، ކޮންސްޓްރަކްޝަން ލޭބަރެކެވެ.

މިދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައިވެސް އިންޑިއާގައި ހިނގި އެންމެ ގެއްލުންދެނިވި ރޭލު އެކްސިޑެންޓް ވި ސަރަހައްދުގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް، އާދީއްތަ ދުވަހުވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

އެކްސިޑެންޓުގައި މަރުވި މީހުންގެ އަދަދު 280އަށްވުރެ މަތީގައި އުޅޭކަމަށް ކުރިން އިއުލާންކުރިނަމަވެސް، އެ އަދަދު ވަނީ މިހާރު ދަށްކޮށްފައެވެ.

ހާދިސާއާ ގުޅިގެން ވާހަކަފުޅުދައްކަވަމުން، އިންޑިއާގެ ރޭލު ދަތުރާބެހޭ ވަޒީރު ވަނީ، އާއިލާތަކަށް ބަދަލު ދެއްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން މަރުވި މީހުންގެ އާއިލާތަކަށް 1 މިލިއަން ރުޕީޒް، ސީރިއަސް ޒަޚަމްތައް ލިބުނު މީހުންނަށް 2 ލައްކަ ރުޕީޒް، އަދި ކުދިކުދި ޒަޚަމްތައް ލިބުނު މީހުންނަށް ބައި ލައްކަ ރުޕީޒް، ބަދަލުގެ ގޮތުގައި ދެއްވާނެކަން ވަޒީރު ވަނީ އިއުލާން ކުރައްވާފައެވެ.

އިންޑިއާގެ ރޭލު ދަތުރުފަތުރުގެ ނިޒާމަކީ ކޮންމެ ދުވަހަކުވެސް 13 މިލިއަނަށްވުރެ ގިނަ މީހުން، އެ ނިޒާމުގެ ތެރެއިން ޚިދުމަތް ހޯދާ ނިޒާމެއްކަމަށް އިންޑިއަން ރޭލްވޭޒްއިން ބުނެއެވެ. ނަމަވެސް، އިންޑިއާ ދައުލަތުގެ ފުރިހަމަ ބާރު އޮންނަ މި ނިޒާމުގެ ސަލާމަތާއި ރައްކާތެރިކަމާމެދު ގިނަ ބައެއްގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ.

ކުރިއަށް އޮތް 2024 ވަނަ އަހަރު ވާދަވެރި އިންތިޚާބަކާ ކުރިމަތިލައްވާ، އަދުގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވަނީ، ރޭލު އެކްސިޑެންޓު ހިނގި ސަރަހައްދަށް ޒިޔާރަތްކުރައްވައި، އެ ސަރަހައްދު ބައްލަވާލައްވާފައެވެ. އަދި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅޭ މީހުންނާއި، ޒަޚަމްވީ މީހުންނާވެސް މޯދީ ވަނީ ބައްދަލުކުރައްވާފައެވެ.

އޮރިއްސާ ސްޓޭޓްގައި ހުކުރު ދުވަހު ރޭލު އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީނަށް ފައިސާ ލިބިވަޑައިގެންނެވި ފަސް ގޮތް!

ރައީސް ޔާމީނަށް ފައިސާ ލިބިވަޑައިގެންނެވި ފަސް ގޮތް!

16 އޯގަސްޓު 2017
މަޖިލީހުގައި ނޫސްވެރިއެއްގެ ދައުރު ރޮޒެއިނާ އަދާކުރި ގޮތް ވަރަށް ފުރިހަމަ !

މަޖިލީހުގައި ނޫސްވެރިއެއްގެ ދައުރު ރޮޒެއިނާ އަދާކުރި ގޮތް ވަރަށް ފުރިހަމަ !

31 ޖުލައި 2017
ޔާމީނަށް ގޮތް ހުސްވެ ރައްޔިތުން ބަޑި ކުރިމައްޗަށް

ޔާމީނަށް ގޮތް ހުސްވެ ރައްޔިތުން ބަޑި ކުރިމައްޗަށް

19 ޖުލައި 2017
އަގްސާ މިސްކިތް އާދީއްތަ ދުވަހު އިޒްރޭލުން އަލުން ހުޅުވާލާނެބާ؟

އަގްސާ މިސްކިތް އާދީއްތަ ދުވަހު އިޒްރޭލުން އަލުން ހުޅުވާލާނެބާ؟

16 ޖުލައި 2017
ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

ސަރުކާރުން ހަދަނީ ހަދާނެ އެއްޗެއް! ރައްޔިތުން ގޮތް ހުސްވެފައި!

14 ޖޫން 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު