Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

މިއީ އުނދަގޫ ޙާލަތެއް: ލަޕޯޓާ

މެސީއާ ގުޅޭ ގޮތުން މީޑިއާތަކުން ކުރަމުން އަންނަ ސުވާލުތަކުގައި އަބަދު ވެސް ލަޕޯޓާ ދެއްވަނީ ކުރު ޖަވާބެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 ޖޫން 2023 | ހޯމަ 06:32
ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ

ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ

ކުރީގެ ކެޕްޓަން ލިއޮނަލް މެސީ އަނބުރާ ގެނައުމަށް ކުރަމުން އަންނަ މަސައްކަތުގައި މިއީ އުނދަގޫ ޙާލަތެއް ކަމަށް އެ ކުލަބުގެ ރައީސް ޖޯން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށްލަން މެސީ ނިންމުމާއެކު، އޭނާ ދެން ދާނީ ކުރީގެ ކުލަބު ބާސެލޯނާ އަށް ކަމަށް އަޑުތައް ފެތުރެމުން ދަނިކޮށެވެ. ނަމަވެސް އެކަމުގައި ބާސެލޯނާ އަށް އަލި މަގެއް ފެންނާނީ އެ ކުލަބުގެ މާލީ ހާލަތު ރަނގަޅު ވެގެން ކަމަށް މީޑިއާތަކުން ބުނެ އެވެ. އެކަމާ ގުޅިގެން އާދިއްތަ ދުވަހު ސްޕެއިންގެ މީޑިއާއަކާ ވާހަކަ ދައްކަވަމުން ލަޕޯޓާ ވިދާޅުވީ، މިއީ އުނދަގޫ ވަގުތެއް ކަމަށާއި، ކަންތައް ވެގެންދާނެ ގޮތެއް ބެލުން މުހިންމު ކަމަށެވެ. މެސީއާ ގުޅޭ ގޮތުން މީޑިއާތަކުން ކުރަމުން އަންނަ ސުވާލުތަކުގައި އަބަދު ވެސް ލަޕޯޓާ ދެއްވަނީ ކުރު ޖަވާބެކެވެ. އެކަމުގެ ތަފްސީލަކަށް ދާން ލަޕޯޓާ ބޭނުންފުޅެއް ނުވެ އެވެ. އޭނާ ވަނީ ބާސެލޯނާ އިން އަލުން މެސީ ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. ލަޕޯޓާ ވިދާޅުވީ، އެ ވާހަކަ އޭނާ އަންނަނީ މީގެ އެތައް ދުވަހެއް ކުރިން ދައްކަމުން ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ ކުރިއަށް އޮތް ސީޒަނުގައި މެސީ ބާސެލޯނާ އިން ފެނޭތޯ ކުރެވެހެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން އަންނަ ކަމަށެެވެ. ހަމައެއާއެކު އެކަމުގެ މަސައްކަތް ކުރަމުން އަންނަ މީހުންނަށް އިތުރު ކަމެއް ކުރާކަށް މަޖުބޫރު ނުވާ ކަމަށެވެ. މެސީ ގެނެވޭނެ ކަމުގެ ކިހާ އުންމީދެއް އޮތްތޯ ސުވާލު ކުރުމުން ލަޕޯޓާ ވިދާޅުވީ، އެކަމުގައި ޖަވާބެއް ދެއްވަން ބޭނުންނުވާ ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ އެކަމާ ގުޅުން ހުރި ކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި ހާމަވަމުން ދާނެ ކަމަށެވެ.

ބާސެލޯނާ އިން މެސީ ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، މެސީ އަލުން ގެނައުމަކީ އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ވެސް ވަނީ އެކަމަށް ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ބުނެފަ އެވެ. ބާސެލޯނާގެ އިތުރުން ބައެއް އެހެން ކުލަބުތަކުން ވެސް އަންނަނީ މެސީ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ސައުދީ ޕްރޯ ލީގުގެ ކުލަބުތަކާއި، އެމެރިކާ ލީގުގެ ކުލަބުތައް ހިމެނެ އެވެ. ނަމަވެސް މިވަގުތަށް މެސީ އަށް ރަސްމީ ހުށަހެޅުމެއް އޮތީ ސައުދީގެ އަލް ހިލާލުން އެކަންޏެވެ. އެ ކުލަބުން އަންނަނީ އެކަމުގެ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް

ރާއްޖެ އަށް އެންމެ ގިނަ މެޑަލް ލިބުނީ މިދިޔަ އަހަރު، މިއީ އުފާކުރަންޖެހޭ ކަމެއް: އިރުތިޝަމް

08 އެޕްރީލު 2017
ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ

ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ

22 މާރިޗު 2017
ފަލަސްތީން ކުޅުނު މެޗުތައް ބަލައިފިން، ބަލިކުރަން އުނދަގޫވާނެ: ރާއްޖޭ ކޯޗު

ފަލަސްތީން ކުޅުނު މެޗުތައް ބަލައިފިން، ބަލިކުރަން އުނދަގޫވާނެ: ރާއްޖޭ ކޯޗު

20 މާރިޗު 2017
މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

11 މާރިޗު 2017
މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ

މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ

11 މާރިޗު 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު