Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޓީވަން ޖެރާޑް

ޕްރެމިއާ ލީގަށް އައުމަށް ލެސްޓާގެ ކޯޗުކަން ޖެރާޑަށް ދެނީ

ޖެރާޑް އެންމެ ފަހުން ކޯޗުކޮށްދިނީ އެސްޓަންވިލާ އަށް

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 5 ޖޫން 2023 | ހޯމަ 04:44
ކޯޗު ސްޓީވަން ޖެރާޑް: ލެސްޓާގެ ކޯޗުކަން އޭނާ އަށް ދޭން ދަނީ މަޝްވަރާކުރަމުން

ކޯޗު ސްޓީވަން ޖެރާޑް: ލެސްޓާގެ ކޯޗުކަން އޭނާ އަށް ދޭން ދަނީ މަޝްވަރާކުރަމުން

ރެލިގޭޓްވެފައިވާ ލެސްޓާ ސިޓީގެ ކޯޗުކަން ސްޓީވަން ޖެރާޑަށް ދޭން މަޝްވަރާތައް ފަށައިފި އެވެ.

ލިވަޕޫލާއި އިނގިރޭސި ކުރީގެ ކެޕްޓަން ޖެރާޑް ކޯޗެއްގެ ގޮތުގައި އެންމެ ފަހުން ފެނިގެންދިޔައީ އެސްޓަންވިލާގަ އެވެ. އެކުލަބު އޭނާގެ ކޯޗުކަމުން އޭނާ މިދިޔަ އަހަރު ކުރީކޮޅު ވަކިކުރީ ކުޅުނު 40 މެޗުގެ ތެރެއިން 13 މެޗުން މޮޅުވެ، އަށް މެޗު އެއްވަރުވެ، ބާކީ އޮތް 19 މެޗުން ބަލިވެ ރެލިގޭޝަން ޒޯނަށް ހުށަހެޅުމުންނެވެ.

ނަމަވެސް ޖެރާޑަކީ އޭގެ ކުރިން ސްކޮޓްލޭންޑްގެ ރޭންޖާސްގައި ރަނގަޅު މަސައްކަތްތަކެއް ކުރި ކޯޗެވެ. ތިން އަހަރު ތެރޭގައި އޭނާ ވަނީ ޓީމު އަލުން ބިނާކޮށް، ސްކޮޓިޝް ލީގު ކާމިޔާބުކޮށްދީފަ އެވެ.

ޕްރެމިއާ ލީގު 2015 ވަނަ އަހަރު ކާމިޔާބުކުރިތާ އަށް އަހަރު ފަހުން ލެސްޓާ ރެލިގޭޓްވުމާއެކު އެކުލަބުން މަސައްކަތް ކުރަމުންދަނީ އެއް ފަހަރުން އަލުން ޕްރެމިއާ ލީގަށް އައުމަށެވެ. މި މަސައްކަތުގައި ލެސްޓާ އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޓީމުގެ މުހިންމު ކުޅުންތެރިން ކުލަބު ދޫކޮށްދާން ތައްޔާރަށް ތިބުމެވެ. މީގެ ތެރޭގައި ޖޭމްސް މެޑިސަން އާއި ޔޫރީ ޓިއެލެމަންސް ވަނީ ކުލަބު ދޫކޮށްދާން ނިންމައިފަ އެވެ. ހާވޭ ބާންސް ވެސް އެހެން ކުލަބަކަށްދާން ބޭނުންވާއިރު، ޑިފެންޑަރު ކަގްލާ ސޯންޗޫ ވަނީ އެތްލެޓިކޯ މެޑްރިޑަށް ބަދަލުވާން ނިންމައިފަ އެވެ.

އިތުރަށް ކިޔާލަން

20 މެއި 2017

އާޖެންޓީނާ ޓީމުގެ ކޯޗުކަން ވަނީ ހުށަހަޅާފައި، މިފަހަރު ރިޖެކްޓުނުކުރާނަން: ސަމްޕޯލީ

20 މެއި 2017
އާޖެންޓީނާ ޓީމުގެ ކޯޗުކަން ވަނީ ހުށަހަޅާފައި، މިފަހަރު ރިޖެކްޓުނުކުރާނަން: ސަމްޕޯލީ
25 އެޕްރީލު 2017

ނިއުކާސަލް އެނބުރި ޕްރެމިއަރ ލީގަށް

25 އެޕްރީލު 2017
ނިއުކާސަލް އެނބުރި ޕްރެމިއަރ ލީގަށް
24 އެޕްރީލު 2017

ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި

24 އެޕްރީލު 2017
ޕްރިމިއާ ލީގަށް އަމާޒުހިފާ ތިނަދޫ އަށް ސްޕެއިންގެ ތިން ކުޅުންތެރިން ގެނެސްފި
18 އެޕްރީލު 2017

34 އަހަރުގެ މެދުކެނޑުމަކަށް ފަހު ޕްރެމިއަރ ލީގަށް ބްރައިޓަން ޕްރޮމޯޓް ވެއްޖެ

18 އެޕްރީލު 2017
34 އަހަރުގެ މެދުކެނޑުމަކަށް ފަހު ޕްރެމިއަރ ލީގަށް ބްރައިޓަން ޕްރޮމޯޓް ވެއްޖެ
11 އެޕްރީލު 2017

ވެލެންސިއާގެ ޓާގެޓަކީ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުން: ފެސްކޯ

11 އެޕްރީލު 2017
ވެލެންސިއާގެ ޓާގެޓަކީ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުން: ފެސްކޯ
06 އެޕްރީލު 2017

ޕްރެމިއާ ލީގު: އާސެނަލް އަދި ޓޮޓެންހަމް މޮޅުވިއިރު، ލިވަޕޫލް އެއްވަރުވެއްޖެ

06 އެޕްރީލު 2017
ޕްރެމިއާ ލީގު: އާސެނަލް އަދި ޓޮޓެންހަމް މޮޅުވިއިރު، ލިވަޕޫލް އެއްވަރުވެއްޖެ
04 އެޕްރީލު 2017

ޗެމްޕިއަންސް ލީގަށް ދާނެ ގޮތަކާ މެދު މިދަނީ ވިސްނަމުން: މޮރީނިއޯ

04 އެޕްރީލު 2017
ޗެމްޕިއަންސް ލީގަށް ދާނެ ގޮތަކާ މެދު މިދަނީ ވިސްނަމުން: މޮރީނިއޯ
14 މާރިޗު 2017

ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ

14 މާރިޗު 2017
ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ
11 ފެބުރުއަރީ 2017

ވިކްޓްރީގެ ޓާގެޓަކީ ތައްޓަކާއެކު ލީގަށް ކޮލިފައިވުން: ޝާޒް

11 ފެބުރުއަރީ 2017
ވިކްޓްރީގެ ޓާގެޓަކީ ތައްޓަކާއެކު ލީގަށް ކޮލިފައިވުން: ޝާޒް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު